ވޮލީ އެސޯސިއޭޝަން އިން ޖަވާބެއް ނުދޭ، ކްލަބްގެ މަސްލަހަތާ މެދު ނުވިސްނާ: ސިޓީ

Nov 4, 2024, 5:58 AM
 ވޮލީ އެސޯސިއޭޝަން އިން ޖަވާބެއް ނުދޭ، ކްލަބްގެ މަސްލަހަތާ މެދު ނުވިސްނާ: ސިޓީ

ސިޓީ ސްޕޯޓްސް ކްލަބުން ހުށަހެޅި މައްސަަލަ އަށް ޖަވާބެއް ނުދީ ކަމުގެ އަސްލު އޮޅޭގޮތަށް، ކްލަބްގެ މަސްލަހަތާއި ކުޅުންތެރިންނާ މެދު ނުވިސްނައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަމަލުކުރަމުން އަންނަ ގޮތާ މެދު ސިޓީން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ސެމީ ފައިނަލް މެޗުގެ ކުރިން، ސިޓީން ވަނީ ދިވެހި ސިފައިންގެ ކްލަބުން ގަވާއިދާ ހިލާފަށް ކުޅުންތެރިން ކުޅުވާ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅޭގޮތުން ސިޓީ ސްޕޯޓްސް ކްލަބުން އެސޯސިއޭޝަނަށް ފޮނުވި ސިޓީ އަށް ޖަވާބެއް ނުދެ އެވެ. ސިޓީން މައްސަލަ ހުށަހެޅީ ކޮލިފިކޭޝަން ބުރުގައި އެހެން ޓީމަކަށް ކުޅުނު ދެ ކުޅުންތެރިއަކު، މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފަައިނަލް ބުރުގައި ސިފައިންގެ ޓީމަށް ކުޅެފައިވާތީ އެވެ.

ސިޓީގެ މި މައްސަލައާ ގުޅޭގޮތުން، އެސޯސިއޭޝަންގެ ބަހެއް ހޯދަން، ތަކުރާރުކޮށް، "އަދަދު ސްޕޯޓްސް" އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އެެ ގޮތުން، ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެކުއެކީގައި ފުރަމުން އަންނަ، މުހައްމަދު ސައީދުގެ ބަހެއް ހޯދަން ކުރި މަސައްކަތުގައި ވެސް އަލިމަގެއް ނުފެނުނުއިރު،، "ޕީއެސްއެމް ސްޕޯޓްސް" އަށް ވިއޭއެމްގެ އޮފިޝަލަކު ވަނީ މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

އެ ގޮތުން ވީއޭއެމްގެ އޮފިޝަލް ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ސިފައިންގެ ކްލަބްގެ އެ މައްސަލައިގެ ވާހަކަ ފެތުރުމުން އެސޯސިއޭޝަނުން އިސްނަގައިގެން އެ މައްސަލަ ބެލި ކަމަށެވެ. އަދި ސިޓީން މައްސަލަ ހުށަހެޅި ކުޅުންތެރިން މި މުބާރާތުގައި ސިފައިންގެ ޓީމުން ސިޓީއާ ދެކޮޅަށް ކުޅުނު، ސެމީ ފައިނަލް މެޗުގައި ކުޅެފައިނުވާތީ، އެ ދެ ޓީމުގެ މެޗަށް މީގެ ސަބަބުން އަސަރެއް ނުކުރާ ކަމަށް ވެސް އެ އޮފިޝަލް ބުނެފައިވެ އެވެ.

ދެން، އޮފިޝަލް ބުނީ، ސިޓީގެ މައްސަލަަ އަށް އެސޯސިއޭޝަނުން ޖަވާބުދާރީ ނުވަނީ އިޖުރާއަތް ފުރިހަމަކޮށްފައިނުވާތީ ކަމަށެވެ. އެ ގޮތުން، މައްސަލަ ހުށަހަޅާއިރު، ދައްކަންޖެހޭ 500 ރުފިޔާ ނުދައްކާތީ ސިޓީ އަށް ޖަވާބުދާރީ ނުވި ނަމަވެސް، ސިފައިންގެ ޓީމަށް ގަވާއިދާ ހިލާފަށް ކުޅުނު ކުޅުންތެރިން ޓީމުން އުނިކޮށް، 3000 ރުފިޔާ އިން ޖޫރިމަނާކޮށް، މައްސަލަ އިތުރަށް ބެލުމަށް ވެސް ނިންމާފައިވާ ކަމަށް ޕީއެސްއެމް ސްޕޯޓްސްގައި ވޮލީގެ އެ އޮފިޝަލާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފަ އެވެ.

ސިޓީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިޖުރާއަތް ފުރިހަމަނުވާ ކަމަށް ވެސް އެސޯސިއޭޝަނުން ބުނެނުދީ އެ ކްލަބްގެ ހައްގެއް ނިގުޅައިގަނެފައިވާތީ އެވެ. އަދި ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައި އޮތް ޓީމަކަށް ފައިނަލުގައި ކުޅެން ފުރުސަތު ލިބޭ ގޮތަށް އެސޯސިއޭޝަނުން ފިޔަވަޅު އެޅުމަކީ، އެއްގޮތަކަށް ވެސް ގަބޫލުނުކުރެވޭ ކަމެއް ކަމަށް ސިޓީން ވަނީ ބުނެފަ އެވެ.

އެސޯސިއޭޝަން ކަޕްގައި ކްލަބް އެޗްޑީސީ އާއި ސިފައިން ކުޅޭ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox