ރާއްޖެއާ ދެކޮޅަށް ލެސްޓާގެ ހަމްޒާ އަށް ނުކުޅެވޭނެ

Nov 4, 2024, 1:37 AM
ރާއްޖެއާ ދެކޮޅަށް ލެސްޓާގެ ހަމްޒާ އަށް ނުކުޅެވޭނެ

ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ، ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅެން ފުރިހަމަވާންޖެހޭ ކަންކަން ކުރިއަށްގެންދާއިރު، މި މަހު ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅޭ އެކުވެރިކަމުގެ މެޗުތައް ހަމްޒާ އަށް ގެއްލުނީ އެކި ސަބަބުތަކާ ހެދި ކަމަށް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެެވެ.

މީގެ ދެ އަހަރު ކުރިން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހަމްޒާގެ އާއިލާއާ މަޝްވަރާކޮށްގެން އޭނާ ބަންގްލަދޭޝް ޓީމަށް ކުޅުވަން މަސައްކަތް ފަށައިފަ އެވެ. ގިނަ އަހަރުތަކެއްގެ މަޝްވަރާ އަށް ފަހު، ހަމްޒާ މިހާރު ވަނީ ބަންގްލަދޭޝަށް ކުޅެން ނިންމައިފަ އެެވެ.

ހަމްޒާ، 26، އަކީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި އޭނާއާ އާއިލީ ގޮތުން އެފްރިކާގެ ގްރެނާޑާއާ ވެސް ގުޅުން އެބައޮތެވެ. ހަމްޒާ، ބަންގްލަދޭޝަށް ކުޅުވަން ކުރާ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މިދިޔަ ޖޫން މަހު އޭނާ ވަނީ ލަންޑަންގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ އަށް އެ ގައުމުގެ ޕާސްޕޯޓް ހައްދަން ހުށަހަޅައިފަ އެވެ. ބަންގްލަދޭޝްގެ ސިޔާސީ ހަމަނުޖެހުންތަކާ ހެދި އެ ކަންކަން ދިގުލައިދިޔަ ނަަަމަވެސް މިހާރު އެކަން ވަނީ ނިމިފަ އެވެ. އަދި ހަމްޒާ އަށް ބަންގްލަދޭޝްގެ ޕާސްޕޯޓް ވަނީ ހަވާލުކޮށްފަ އެވެ.

މި ވަގުތު އަނިޔާއެއްގައި ހުރި ހަމްޒާ އަށް މި މަހު 13 އާއި 16 ވަނަ ދުވަހު ބަންގްލަދޭޝް އިން ރާއްޖެއާ ކުޅޭ މެޗުތައް ގެއްލޭނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެެވެ. އެކަމަކު، ފިޓްކޮށް ހުރި ނަމަވެސް މި މެޗުތަކުގައި ހަމްޒާ އަށް ކުޅެވުމުގެ ފުރުސަތު ނެތެވެ.

"ފީފާގެ ޕްލޭޔާސް ސްޓެޓިއުޓްސް ކޮމިޓީން އަންނަނީ ހަމްޒާގެ ކަންކަން ބަލަމުން. އަހަރެމެންނަށް އަންގާފައިވަނީ ހަމްޒާ އަށް ބަންގްލަދޭޝް އަށް ކުޅެވޭ ވަރަށް އަދިވެސް ލިޔެކިޔުންތައް ހަމަކުރަން. އަހަރެމެން މި އަންނަނީ ހަމްޒާގެ އާއިލާ އާއި އޭޖެންޓާ މަޝްވަރާކޮށްގެން އެކަން ކުރަމުން،" ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އިމްރާން ހުސެއިން ތުޝާރު ވިދާޅުވި އެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ހަތް މެޗު ކުޅެފައިވާ ހަމްޒާ، ބަންގްލަދޭޝަށް ކުޅެން ނިންމީ އިނގިރޭސި ސީނިއާ ޓީމުން އޭނާ އަށް ފުރުސަތު ނުލިބޭނެކަން ޔަގީންވުމުންނެވެ.

ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަނުން މިހާރު ވަނީ، ފީފާގައި ހަމްޒާ، ބަންގްލަދޭޝް ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން ފަށައިފަ އެވެ. އެ ގޮތުން، އެންމެ ފުރަތަމަ ކަމަކަށް ބަންގްލަދޭޝް އިން ބޭނުންވާނީ، އިނގިރޭސި އެފްއޭގެ ނޯ އޮބްޖެކްޝަން ސެޓްފިކެޓް (އެންއޯސީ) އެވެ. އެންއޯސީގެ ކަންކަން ވެސް އަދި އެއްކޮށް ފުރިހަމަނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox