ގާނޫނުން ލާޒިމް ކުރާ އަދަދަށްވުރެ ވެސް މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކަނޑާލުމުން ފާޑުކިޔުން އަމާޒުވަނީ

މިނިސްޓަރު ޒަމީރު ބަޖެޓު ހުށަހަޅުއްވަނީ: ގާނޫނުގައި ބުނަނީ ދައުލަތުގެ އާމްދަނީއަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ޖަހަންޖެހޭނެ ކަމަށް -- ފޮޓޯ: މަޖިލިސް

މިނިސްޓަރު ޒަމީރު ބަޖެޓު ހުށަހަޅުއްވަނީ: ގާނޫނުގައި ބުނަނީ ދައުލަތުގެ އާމްދަނީއަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލްތަކުގެ ބަޖެޓުގެ ގޮތުގައި ޖަހަންޖެހޭނެ ކަމަށް -- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމް ކުރާ މިންވަރަށް ވެސް ފައިސާ ހިމަނާފައިނުވާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގެ 9. ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، ބަޖެޓުގައި ދައުލަތުގެ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލުތަކަށް ހާއްސަ ކުރަންޖެހެ އެވެ.

މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ޖުމުލަ އާމްދަނީގެ ގޮތުގައި ޖަހާފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަނީ މި ފައިސާގެ ތެރެއިން ވަކި ކަމަކަށް ކަނޑައަޅާފައި ހުންނަ ފައިސާ އާއި ބިމު ކުލިން ލިބޭ އާމްދަނީ އަދި ޓްރަސްޓް ފަންޑް އާމްދަނީ އުނިކުރުމަށް ފަހު އެވެ.

"އަދަދު" އިން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި މި ގޮތަށް އުނިކުރަން ޖެހޭ ބައިތައް އުނިކުރުމަށް ފަހު ޖެހޭ އާމްދަނީއަކީ 27.9 ބިލިއަން ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.3 ބިލިއަން ރުފިޔާ އެވެ. މި ފައިސާގެ ތެރެއަށް އިތުރުކުރަން ޖެހެނީ ރިސޯޓުތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ 40 ޕަސެންޓެވެ. އެއީ 747.7 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން މަދުވެގެން 2.1 ބިލިއަން ރުފިޔާ ކައުންސިލްތަކަށް އެހީދޭން ބަޖެޓުގައި ޖަހަން ޖެހެ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ފައިސާ ބޭނުންވުމުން ކައުންސިލްތަކުން މިނިސްޓްރީއަށް އެދޭ ގޮތަށް ނިޒާމު ބަދަލު ކުރުން ކަމަށެވެ. އެކަމަކު، އެގޮތަށް ނިޒާމު ބަދަލު ކުރުން ގާނޫނާ ހިލާފު ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"އެންމެ މަދުވެގެން ގާނޫނުން ބުނާ މިންވަރު ދޭންޖެހޭ. މިއީ ޕީއެންސީގެ މެންބަރުން މަޖިލީހަށް ވައްދައިގެން އުޅޭ ވިސްނުމެއް. އެކަމަކު ގާނޫނުން މިގޮތަށް އަމަލު ކުރުން ތަނެއް ނުދޭ،" ނިޔާޒް ވިދާޅުވި އެވެ.

ވެއެތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ ބަޖެޓު ބޮޑުވާ މިންވަރަކުން ކައުންސިލްތަކުގެ ބަޖެޓު ވެސް ދިޔައީ ބޮޑު ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ، 2022 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ، 2023، ވަނަ އަހަރު 1.8 ބިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދިނުމަށް ބަޖެޓުގައި ޖެހި އެވެ.

ކައުންސިލްތަކަށް ލިބޭ ފައިސާ ކުޑަ ކުރުމުން އެކަމަށް ފާޑުވިދާޅުވި އަނެއް ބޭފުޅަކީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ ބަޖެޓުގެ ގޮތުގައި ޖަހާފައި އޮތް 68,020,040 ރުފިޔާއިން ކައުންސިލް މުވައްޒަފުންގެ މުސާރަ ވެސް ހަމަޖެއްސޭނެކަން ނޭނގޭ ކަމަށެވެ.

"ހުށައެޅިފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަ ވެސް ދެވޭނެ ގޮތެއް ނުވިސްނޭ. ރާއްޖޭގެ މާލީ ހާލަތު ސަރުކާރުން ހާމަނުކުރާއިރު އަދި ހަރަދު ކުޑަކުރުމަށް އަމުދުން ފިޔަވަޅެއް ނާޅާއިރު މިޒާތުގެ މާލީ ސިޔާސަތަކީ ތަފާތުކުރުމާއި އޮޅުވާލުން ކަމަށް ގަބޫލުކުރަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ މި އަހަރު އެއްކޮށް ވެސް އަތޮޅުތަކުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކޮށް އަންނަ އަހަރު ކައުންސިލްތަކަށް ދޭންޖެހޭ ފައިސާ ކުޑަކޮށްލުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އަތޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގާކޮޅެއް ވެސް ގުޑުވާނުލެވި 2024 ވަނައަހަރު ދައުލަތުގެ ބަޖެޓްއަށް ހުށައެޅި 50 ބިލިއަނެއްހާ ރުފިޔާ ހުސްވެ އަދި ކުރިއާލާ އެއްވެސް އިޝާރާތެއް ނެތި ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓް ކުޑަކޮށް މަޖްލީހަށް ހުށައަޅާފައި ވުމަކީ ކަންބޮޑުވުން އޮތް ކަމެއް،" އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox