ސަރުކާރުން މިނިވަން މީޑިއާ ނިމުމަކަށް ގެނެސްފި: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އެވޯޑު ކަންތަކާ އެމްއެމްސީ މަޖިލީހަށް ހާޒިރު ކުރާ ހިސާބުން މިނިވަން މީޑިއާ ނިމިއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އެވޯޑު ކަންތަކާ އެމްއެމްސީ މަޖިލީހަށް ހާޒިރު ކުރާ ހިސާބުން މިނިވަން މީޑިއާ ނިމިއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ މިނިވަން މީޑިއާ ނިމުމަކަށް އައިސްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިނިވަންކަމާ އެކު އެއްޗެއް ބުނެލަން ކެރޭ ދެތިން މީޑިއާ ވެސް ނެތް ކަމަށާއި ކުރިއަށް އޮތް ތަނުގައި ފައިސާގެ ގޮތުންނާއި ބިރުވެރިކަން ފަތުރައިގެން މީޑިއާތައް އަޅުވެތި ކުރާތަން ފެންނަމުންދާ ކަމަށެވެ.

"މީޑިއާތައް ބަލަހައްޓަން އޮތް ކައުންސިލްގެ ހުރި ރައީސްގެ ވަޒީފާ ގެއްލިގެން މިދިޔައީ. ލަދުހަޔާތް ކުޑަކަން ބައްލަވާ މީޑިއާ ކައުންސިލްގެ ރައީސް، މީޑިއާ ފްރީޑަމްއޭ ކިޔާއިރު މީޑިއާ ކައުންސިލްގެ ރައީސްގެ ވަޒީފާ އެ ވަކިކުރީ. ދެން ކޮން ކަމެއްތޯ އެބޭފުޅުން ނުކުރައްވާނީ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްއެމްސީގެ ރައީސް އަދި ޕީއެސްއެމްގެ ނިއުސް އޮޕަަރޭޝަންސް މެނޭޖަރުގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ އިއްޔެ ޕީއެސްއެމްގެ ވަޒީފާއިން ވަކި ކުރީ، ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފުލާގައި "އަދަދު" އަށް ތަހުގީގީ ދާއިރާއިން އެވޯޑު ލިބުނު ޑޮކިއުމެންޓްރީގެ ތަންކޮޅެއް އެ ޓީވީން ލައިވް ކުރެވުމުންނެވެ.

ފައްޔާޒް ވިދާޅުވީ ރައްޔިތުން ވޭތުވެދިޔަ އަހަރުތަކުގައި ހޯދާފައިވާ މިނިވަންކަމާއި ބާރުވެރިކަން މަޑުމަޑުން ނިގުޅައިގަންނަމުންދާ ކަމަށާއި ޕީޕީއެމްގެ ފިކުރު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް އޮޅުވާލައި ޑިމޮކްރަސީގެ ނަމުގައި ދޮގާއި މަކަރާއި އަނިޔާވެރިކަަން އިސްކުރާ ކަމަށެވެ.

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކާ މުޅިން ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ މި ފަސް އަހަރު ކުރީ ސަރުކާރު ބޮލުގައި ކަންކަން އެޅުވުމުގައި ހޭދަ ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ތިބީ 1،000 ސިޔާސީ މުވައްޒަފުން ކަމަށާއި ނަމަވެސް މި ސަރުކާރުގެ ފުރަތަމަ 11 މަސް ނިމުނުއިރު ސިޔާސީ މުވައްޒަފުންގެ އަދަދު ދެގުނަވެ މިހާރު 2،300 މުވައްޒަފުން އެބަ ތިބި ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"ވެރިކަމާ ބަޔަކު ހަވާލުވަނީ ރައްޔިތުންގެ އުންމީދުތަކެއް އޮވެގެން އެ އުންމީދުތަކުގެ ކުލަ ޖައްސާނެ ކަމުގެ ވައުދުވެގެން މި އަންނަނީ. ކީއްވެތޯ އޭރު ވައުދު ނުވީ ނޫނެކޭ ނުވާނެއޭ ރައްޔިތުންގެ އުންމީދުތައް މާ ބޮޑޭ، ތިކަމެއް ނުވާނެއޭ. އެހެން ކިޔާފަކާއެއް ނޫން ވެރިކަމާ ހަވާލުވީ. ވެރިކަމާ ހަވާލުވީ އަޅުގަނޑުމެން ކުރި ކަންކަމަށްވުރެ މާ ރަނގަޅަށް ކަންކަން ކުރާނެ ކަމަށް ހުރިހާ ވާހަކައެއް ދައްކާފައި،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކުން ރާއްޖެއަށް ލިބިފައި ހުރި ކުރިއެރުންތަކުން ފަހަތަށް ގޮސް ގައުމު އަނބުރާ 19 ވަނަ ގަރުނަށް އެނބުރި ދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ.

މިގޮތުން، ސަރުކާރުން ގޯހުން ގޯހަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް އަޑު އުފުލައި އެކަންކަން ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ނުކޮށްފިނަމަ ގައުމުގައި ދެން މިނިވަންކަމާ އެކު ނޫޅެވޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox