އިންޑިއާ ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން ބާއްވާ 'އެކަތަ' އަސްކަރީ ތަމްރީނު ފަށައިފި

އަސްކަރީ ހަރަކާތުގެ ތެރެއިން އިންޑިއާގެ ކަނޑުގެ ސިފައިން އަދި ދިވެހި ސިފައިން --- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

އަސްކަރީ ހަރަކާތުގެ ތެރެއިން އިންޑިއާގެ ކަނޑުގެ ސިފައިން އަދި ދިވެހި ސިފައިން --- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

އިންޑިއާގެ ކަނޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ އަސްކަރީ ތަމްރީނު, 'އެކަތަ' ގެ ހަތްވަނަ ބުރު ފަށައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މި ހަރަކާތުގެ ސަބަބުން ދެ ގައުމުގެ އަސްކަރީ ގާބިލުކަން ވަރުގަދަވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ނަމަވެސް މި ތަމްރީނު ކުރިއަށްދަނީ ކޮން ސަރަހައްދެއްގައި ކަމެއް އަދި ހަރަކާތް ކުރިއަށްދާނެ މުއްދަތެއް އެ ޕޯސްޓުގައި ބުނެފައެއް ނުވެ އެވެ.

ދިވެހި ސިފައިން އަދި ދިފާއީ ވުޒާރާއިންވެސް މި ހަރަކާތާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. އާންމުކޮށް ދިވެހި ސިފައިން ބައިވެރިވާ އަދި އެހެން ގައުމުތަކުގެ ރާއްޖެ އައިސްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ސިފައިން އާންމުކުރެ އެވެ.

މި މަހު ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ ބޭއްވި ރަސްމީ ބައްދަލުވުންތަކަށްފަހު އެކުލަވާލި ވިޝަން ޑޮކިއުމެންޓުގައި އަސްކަރީ ގުޅުން ބަދަހިކުރުން ހިމެނެ އެވެ.

އެ ޑޮކިއުމެންޓުގައިވާ ގޮތުން ކަނޑުމަތީގެ އަދި ސަލާމަތީ ކަންކަން ކުރިއެރުވުމުގައި، ސިފައިންނާއި، ދިވެހި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް، އިންޑިއާގެ ދިފާއީ ޕްލެޓްފޯމްތައް (އަސްކަރީ އުޅަނދުތައް) އަދި އެސެޓްތައް ރާއްޖެއަށް ފޯރުކޮށްދޭނެ އެވެ. އަދި ދެ ގައުމު ގުޅިގެން އަސްކަރީ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ އެވެ.

މިއީ މީގެ ކުރިންވެސް ސިލްސިލާކޮށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމުން މިއީ ވިޝަން ޑޮކިއުމެންޓުގެ ދަށުން ގެންދާ ހަރަކާތެއްކަން ކަށަވަރެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox