ފްލެޓު ލިސްޓު އެކުލަވައިލުމުގައި ނުފޫޒެއް ނެތް، އިއުލާނު ކުރާނީ ހަމަ ނުވާ ޝަރުތުގެ ތަފުސީލާ އެކު: ހައިދަރު

ހައުސިން މިނިސްޓަރު އަލީ ހައިދަރު؛ އޭނާ ވިދާޅުވީ މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި ލިސްޓު އިއުލާނު ކުރެވޭނެ ކަމަށް -- ފޮޓޯ: ހައުސިން މިނިސްޓަރީ

ހައުސިން މިނިސްޓަރު އަލީ ހައިދަރު؛ އޭނާ ވިދާޅުވީ މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި ލިސްޓު އިއުލާނު ކުރެވޭނެ ކަމަށް -- ފޮޓޯ: ހައުސިން މިނިސްޓަރީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ލިސްޓު އެކުލަވައިލުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށާއި އެ ލިސްޓު އާންމު ކުރާއިރު، ޝަރުތު ހަމަ ނުވާ މީހުންގެ ހަމަ ނުވަނީ ކޮން ޝަރުތެއްކަން ވެސް ބަޔާން ކުރާނެ ކަމަށް ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހައިދަރު ވިދާޅުވީ ފުލެޓު ލިސްޓު އެކުލަވައިލުމުގައި ބަލާނީ އިއުލާނު ކުރި ޝަރުތުތަކަށާއި ކަނޑައެޅިފައި ހުރި އުސޫލުތަކަށް ކަމަށެވެ.

"އަޅުގަނޑަށް ހަމަ ފުރިހަމަ ޔަގީންކަން ދެވިދާނެ އެއްވެސް ނުފޫޒެއް މިއަށް ނުވަދެ އަޅުގަނޑުމެން ހަމަ މީގައި ޝަރުތުތަކަށާއި ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަލައިގެން ނޫންގޮތަކަށް އަޅުގަނޑުމެން ހަމަ އެއްވެސް އެއްޗެއް ނުނިންމާނަން އިނގޭތޯ" ހައިދަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އިއުލާނު ކުރަން ހައުސިން މިނިސްޓަރީން މީގެ ކުރިން ނިންމީ މި މަސް ނިމުމުގެ ކުރިންނެވެ. ނަމަވެސް ހުރިހާ ފޯމުތައް ރީ-އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ލިސްޓު އާންމު ކުރުން މިހާރު ވަނީ އަންނަ މަހުގެ ދެވަނަ ހަފުތާއަށް ފަސްކޮށްފަ އެވެ.

ފުލެޓު ލިސްޓު އާންމު ކުރާ ތާރީހަށް ބަދަލު ގެނައީ ސަރުކާރުން ބޭނުންވާ ބަޔަކަށް ފުލެޓު ދިނުމުގެ މަގުސަދުގައި ކަމަށް ބުނެ އާންމުންގެ ފަރާތުން އަމާޒުވަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ހައިދަރު ވިދާޅުވީ ޝަރުތު ހަމަ ނުވާ މީހުންނަށް އެ މީހުންގެ ޝަރުތު ހަމަ ނުވާ ސަބަބު ވެސް ލިސްޓުގައި ބަޔާން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިސާލަކަށް ޝަރުތު ހަމަ ނުވާ ކަމަށްވަންޏާ ކޮން ޝަރުތެއްކަން ހަމަ ނުވަނީ ވެސް އަޅުގަނޑުމެން ފާހަގަކޮށްފައި ބަހައްޓާނަން އިނގޭތޯ؟ އެއީ މިހައިތަނަށް ކަން ކޮށްފައި އޮތް ގޮތެއް ނޫން އެއީކީ، އެހެންވީމާ އެނގޭނެ ކީއްވެގެންކަން، ކަނޑައެޅިގެން އެންމެންނަށް ވެސް އެނގޭނެ ކީއްވެގެންކަން ޝަރުތު ހަމަނުވެފައި އެއޮތީ އިނގޭތޯ؟" ހައިދަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.

އޭގެ ފަހުން އޭސީސީން ހިންގި ތަހުގީގަށް ފަހު މިދިޔަ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ފެބްރުއަރީ 5، ގައި އެ ކޮމިޝަނުން އިއުލާނުކުރި އެވެ.

އޭސީސީން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް 19.7 ޕަސެންޓު ފޯމުގެ މައްސަލަ ހުރި ކަމަށް އޭސީސީން ބުންޏެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް ކަމަށާއި އެއީ ޖުމުލަ ފޯމުތަކުގެ 70 ޕަސެންޓު ކަމަށް އޭސީސީން އެ ދުވަހު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox