ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އަބްދުﷲގެ މެޔަށް ތަދެއް އަރައިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
އަބްދުއްރަހީމް ހޮސްޕިޓަލްގައި މިއަދު ހަވީރު އެޑްމިޓުކުރީ، މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރީ ޕީއެންސީގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި އިންނަވަނިކޮށް ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
އަބްދުއްރަހީމްގެ މެޔަށް ތަދު އެރީ ގޭހުގެ އުނދަގުލުގެ ސަބަބުން ކަމަށާއި ފަރުވާ އަށް ފަހު މިރޭ 10:00 ހާއިރު ހޮސްޕިޓަލުން ދޫކޮށްލައިފި ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
ހިތުގެ އާލާސްކަންފުޅު ހުންނަ އަބްދުއްރަހީމްގެ ހިތުގެ ހިނގުން ރަނގަޅު ކުރަން ޕޭސްމޭކަރެއް ލައްވާފައި ހުރެ އެވެ. ޕޭސްމޭކަރަކީ ހާޓް ރޭޓާއި ރިދަމް ރެގިއުލޭޓް ކުރަން ލައްވާ އިލެކްޓްރޯނިކް ޑިވައިސްއެކެވެ.
މީގެ ކުރިންވެސް ވަނީ މެޔަށް ތަދު އަރައިގެން އަބްދުއްރަހީމް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދީފަ އެވެ.














