އައިލެންޑް އޭވިއޭޝަނުގެ ލޯނުތަކުގެ މައުލޫމާތު ދޭން ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގެ ބޯޓެއް: އެ ކުންފުނީގެ ލޯނުތަކުގެ މައުލޫމާތު ދޭން ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންގެ ބޯޓެއް: އެ ކުންފުނީގެ ލޯނުތަކުގެ މައުލޫމާތު ދޭން ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ލޯނުތަކާއި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުގެ އިސްވެރިން ހާޒިރުކޮށް މައުލޫމާތު ހޯދަން މަސައްކަތް ކުރާ ސަބް ކޮމިޓީގައި ހިމެނެނީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު، މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، އަދި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.

ބައްދަލުވުން ސިއްރުކުރަން ހުށަހަޅުއްވަމުން މެންބަރު އިބްރާހިމް ވިދާޅުވީ، މި މަސައްކަތުގެ ސާފު ތަފުސީލާ ހަމައަށް ނުދެވެނީސް މީޑިއާ ގެނެސްގެން 'ސަކަރާތް ގަނޑެއް' ޖެހުމުގެ ބަދަލުގައި ބައްދަލުވުން ސިއްރުކުރަން ހުށަހަޅާ ކަމަށެވެ.

މި ހުށަހެޅުމާ އެއްގޮތަށް ކޮމިޓީ ސިއްރުކުރަން ނިންމަވަމުން ސަބް ކޮމިޓީގެ މުގައްރިރު އަޝްރަގު ވިދާޅުވީ އެގޮތަށް ނިންމަނީ މިއީ ސަބް ކޮމިޓީއެއް ކަމުން ކަމަށާއި މައި ކޮމިޓީ ކުރިއަށް ގެންދާނީ ހުޅުވާލައިގެން ކަމަށެވެ.

އެސްއޯއީ ކޮމިޓީގެ މި ސަބް ކޮމިޓީއަކީ އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސްގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުންފުންޏާ ގުޅޭ މައްސަލަތައް ބެލުމަށާއި ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ސަބް ކޮމިޓީ އެކެވެ.

މިއަދު އެ ކޮމިޓީއަށް ހާޒިރުކުރި އައިލެންޑް އޭވީއޭޝަނަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ވަމުންދާ އެއް ކުންފުންޏެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އެކަނިވެސް 71 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox