މީކާއީލް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އޭސީސީއަށް ނުފޫޒު ފޯރުވަން ކަމަށް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: ޑިމޮކްރަސީއާ ދެކޮޅު އިސްލާހުތަކަށް މަޖިލިސް މެންބަރުން އެއްބާރުލުން ނުދޭން އޭނާ މިއަދު ގޮވާލެއްވި ---- ފޮޓޯ: މަޖިލިސް އިދާރާ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: ޑިމޮކްރަސީއާ ދެކޮޅު އިސްލާހުތަކަށް މަޖިލިސް މެންބަރުން އެއްބާރުލުން ނުދޭން އޭނާ މިއަދު ގޮވާލެއްވި ---- ފޮޓޯ: މަޖިލިސް އިދާރާ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ބޭނުންވަނީ އެ ކޮމިޝަނަށް ނުފޫޒު ފޯރުވަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭސީސީ އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް ސަރުކާރަށް ނުފޫޒު ފޯރުވޭ ގޮތަށް, އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދިނުމަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން މީކާއިލް އެ ބިލު ސިފަކުރެއްވީ ރާއްޖޭގެ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން އަނެއްކާވެސް މިދަނީ އޭސީސީގެ ރައީސަކަށް ހުންނަ މީހަކު ހައްލާލަން އޭނާއަށް ރިޝްވަތު ދިނުމުގެ ގޮތުން ރައީސުލްޖުމްހުރިއްޔާ ހުށަހަޅުއްވައިގެން އޭނާއަށް ރެހެންދި ފުލެޓު ދިން ޒަމާނަށް އަޅުގަނޑުމެން ރުޖޫއަވާންތޯ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ސުވާލުކޮށްލަން އެބަޖެހޭ،" އިދިކޮޅު އެމްޑީޕީގެ މީކާއިލް ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ބިލުގެ ދިފާއަށް ވާހަކަ ދައްކަވަމުން އޭސީސީން މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވިއިރު، އޭސީސީން އެމީހުންނާ މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމަކީ ރާއްޖޭގައި އެތައް ބައެއްގެ މަސައްކަތުން އުފެދިފައި އޮތް ޑިމޮކްރެޓިކް ނިޒާމަށް ގޮންޖަހަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި އެ ކޮމިޝަނުން ގިނަ މަޝްރޫއުތަކެއް ހުއްޓާލަން ލިޔުން ނެރުނު ކަމަށާއި އެކަމާ ގުޅިގެން އޭސީސީއާ ދެކޮޅަށް ފިޔަވަޅު ނޭޅީ އަދި ނުފޫޒު ފޯރުވުމަށް ގާނޫނު ބަދަލުނުކުރީ ވެސް އެމްޑީޕީގެ ސަރުކާރަށް އެޅޭ ވަގުތީ ހުރަހަކަށްވުރެ ޑިމޮކްރަޓިކް ނިޒާމަކީ މުހިންމު ކަމެއް ކަމަށް އެމްޑީޕީން ދެކޭތީ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

އެހެންކަމުން، ގައުމުގެ ރައީސް އައްޔަންކުރާ ރައީސުންނާއި ނައިބުންނަށް ނޫނީ ކޮމިޝަންތައް ނުހިންގޭނެ ކަމަށް ސަރުކާރުގެ މަޖިލިސް މެންބަރުން ދެކެނީ، ރައީސް އައްޔަންކުރާ މީހުންގެ ވިސްނުމަށް އާދަޔާ ހިލާފު ބަދަލެއް އަންނަނީތޯ ވެސް މީކާއިލް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"2024 ވަނަ އަހަރު އަޅުގަނޑު ލަދުގަނޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަނެއްކާވެސް އިއްޒަތްތެރި ރައީސް 90 ގެ އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ފަދަ ބިލުތައް އަނެއްކާވެސް މި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާކަމީ ލަދުވެތިކަމެއް،" އޭނާ ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މިއީ ބޯދާ ޑިމޮކްރަސީއާ ބީރައްޓެހި ބިލުތަކެއްގެ ފެށުން ކަމަށާއި ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މި މަންޒަރު ފެނިގެންދިޔަ ކަމަށެވެ. އަދި އާހިރުގައި އޭރު ސަރުކާރުން ހުށަހެޅި ބިލުތަކަށް ތާއީދުކޮށް ވާހަކަދެއްކި ބައެއް މެންބަރުން އާހިރުގައި މަޖިލީހުގެ ފާރުމަތިން އެއްލައިލި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި، ޑިމޮކްރަސީއާ ބީރަށްޓެހި ފަހަތަށް އެޅޭ ފިޔަވަޅުތަކަށް ރައްޔިތުން ހޮވާފައި ތިބި މަޖިލިސް މެންބަރުން އެއްބާރުލުން ނުދިނުމަށްވެސް މީކާއިލް މިއަދު ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox