90 ޕްލަސް ގޯލްޑް ކަޕް: ޓީމުތަކުގެ ތައްޔާރީތައް ވަރުގަދަ!

Oct 28, 2024, 11:45 AM
2022 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގެ ތެރެއިން، ވެލެންސިއާގެ ކޯޗު ކުޑަހީނާ: އެ ފަހަރުގެ ފައިނަލް އަލިފުށީގައި ކުޅުނުއިރު، ކުޑަހީނާ އަންނަނީ މި ފަހަރުގެ ގޯލްޑް ކަޕަށް އަލިފުށި ޓީމު ތައްޔާރުކުރަން އެ ރަށަށް ގޮސް ޕްރެކްޓިސްތައް ކުރިއަށްގެންދަމުން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2022 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގެ ތެރެއިން، ވެލެންސިއާގެ ކޯޗު ކުޑަހީނާ: އެ ފަހަރުގެ ފައިނަލް އަލިފުށީގައި ކުޅުނުއިރު، ކުޑަހީނާ އަންނަނީ މި ފަހަރުގެ ގޯލްޑް ކަޕަށް އަލިފުށި ޓީމު ތައްޔާރުކުރަން އެ ރަށަށް ގޮސް ޕްރެކްޓިސްތައް ކުރިއަށްގެންދަމުން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަ ކުރުމުގެ ބޭނުމުގައި "ގޯލްޑް ކަޕް"ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު 22 ޓީމު ވާދަކުރާއިރު، ޓީމުތަކުން ވަރުގަދަ އަށް އަންނަނީ ތައްޔާރީތައް ކުރިއަށްގެންދަމުންނެވެ.

މަޝްހޫރު ފުޓްބޯޅަ ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިސްނެގުމާ އެކު، އޭނާ ހިމެނޭހެން ހިންގާ 90 ޕްލަސް އިން ސެޕްޓެމްބަރު މަހު އިއުލާނުކުރި ގޯލްޑް ކަޕްގެ މި ފަަހަރުގެ މުބާރާތް ކުރިއަށްދާނީ 22 ޓީމެއްގެ މެދުގައި ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެ ޓީމުތަކުގެ ތެރޭގައި، ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތައް ގޮތުގައި މަޝްހޫރުވެފައިވާ ރަށްތައް ވެސް ހިމެނެ އެވެ.

އެ ގޮތުން ބައިވެރިވެފައިވާ ރަށްތަކަކީ، ހއ. ދިއްދޫ، ހދ. ނޭކުރެންދޫ، ރ. އަލިފުށި، ބ. އޭދަފުށި. ބ. ތުޅާދޫ، ބ. ކެންދޫ، ޅ. ނައިފަރު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، މާލެ ސިޓީ، ކ. މާފުށި، ކ. ހުރާ، ކ. ގުރައިދޫ، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ގއ. ދެއްވަދޫ، ގދ. ފަރެސްމާތޮޑާ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ.

އަންނަ މަހުގެ 20 އިން ޑިސެމްބަރު 25 އަށް ގަލޮޅު ދަނޑުގައި ކުރިއަށްދާ މި މުބާރާތަށް ޓީމުތަކުން ވަނީ ތައްޔާރީތައް ފަށައިފަ އެވެ. އެ ގޮތުން، ރ. އަލިފުށިން ވަނީ، ވެލެންސިއާގައި ކާމިޔާބު ކޯޗިން މަސައްކަތް ކުރަމުން އަންނަ އިސްމާއިލް އާސިފް (ކުޑަހީނާ) ކޯޗަކަށް ހަމަޖައްސައި، ޕްރެކްޓިސް ފަށައިފަ އެވެ.

ކ. މާފުށީގެ ކޯޗަކަށް، އައްޑޫގައި ފުޓްބޯޅަ ކޯޗިންގެ މުހިންމު މަސައްކަތްތަކެއްކޮށް، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުކަން ވެސް ކުރި އަހުމަދު ޝަރީފް (ޑުންގާ) ހަމަޖެއްސިއިރު، ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވިކްޓަރީގައި ކޯޗުކަން ކުރި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު، ސޮބާހު މުހައްމަދު (ސޮބާ) ވަނީ ފުވައްމުލަކު ސިޓީއާ ހަވާލުވާން ނިންމައިފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ލީގު ދިވެހި ޕްރިމިއާ ލީގަށް 2015 ވަނަ އަހަރު ބަދަލުކުރި ފަހުން ލީގުގައި ކުޅުނު ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ފ. ނިލަންދޫ ވެސް މި ފަހަރު ގޯލްޑް ކަޕްގައި ކުޅެ އެވެ. ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައިގައި ނަން ފާހަގަކޮށްލެވޭ ބ. އޭދަފުށްޓާއި ކ. ހުރާ އަދި އއ. ތޮއްޑޫ އިން ވެސް މި ފަހަރުގެ މުބާރާތުގައި ވާދަކުރާނެ އެވެ. މީގެ އިތުރުން، ފުޓްބޯޅައިގައި ބޮޑެތި މުބާރާތްތައް ބާއްވަމުން އަންނަ، ޅ އަތޮޅުގެ ހިންނަވަރާއި ނައިފަރުގެ އިތުރުން ހއ. ދިއްދޫ ވެސް އަންނަނީ މުބާރާތައް ތައްޔާރުވަމުންނެވެ.

ގޯލްޑް ކަޕް ރޭވިފައިވަނީ، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ އާއި ރަނަރަޕަށް ބައިލައްކަ ރުފިޔާ ދޭ ގޮތަށް ކަމަށް 90 ޕްލަސް އިން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox