ގުރުނަގަން ދުވަހަކަށް ވެފައި ވަނިކޮށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އަނެއްކާ ވެސް ބަދަލުކޮށްފި

ހައުސިން މިނިސްޓަރު ހައިދަރު: މާދަމާ ގުރުލާން ތައްޔާރުވެފައިވަނިކޮށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ހައުސިން މިނިސްޓްރީން ވަނީ އަނެއްކާވެސް ބަދަލުކޮށްފަ ---- ފޮޓޯ: އަދަދު

ހައުސިން މިނިސްޓަރު ހައިދަރު: މާދަމާ ގުރުލާން ތައްޔާރުވެފައިވަނިކޮށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ހައުސިން މިނިސްޓްރީން ވަނީ އަނެއްކާވެސް ބަދަލުކޮށްފަ ---- ފޮޓޯ: އަދަދު

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދިން ގޯތިތަކުގެ ގުރުނަގަން އަލުން ކަނޑައެޅި ތާރީހަށް އެއް ދުވަހަށް ވެފައި ވަނިކޮށް ހައުސިން މިނިސްޓްރީން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފި އެވެ.

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން އޮތީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭގަ އެވެ. މިކަމަށް ތައްޔާރުވެ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކުރީ އޮކްޓޯބަރު 14، ގަ އެވެ.

އެ ޕްލޭންގެ ދަށުން ގޯތިތަކަށް ލޮޓު ނަންބަރުތަކުގެ ތަފުސީލު ހިޔާވަހި ޕޯޓަލަށް ހައުސިން މިނިސްޓަރީން އަޕްލޯޑު ކުރީ އިއްޔެ އެވެ. ނަމަވެސް، އެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އަލަށް އެކުލަވާލި ޕްލޭން ގެޒެޓުކުރީ ވެސް އިއްޔެ އެވެ.

އަލަށް އެކުލަވާލި ޕްލޭނުގެ ދަށުން ގުޅީފަޅުގެ ބޮޑު ސަރަހައްދެއް ވަނީ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ކުރީ ޕްލޭނުގައި އެ ސަރަހައްދުގައި 84 ގޯތި އޮތެވެ. ނަމަވެސް އާ ޕްލޭނުގައި އެ ގޯތިތައް ބަދަލުކުރީ ކޮން ސަރަހައްދަކަށް ކަމެއް ނުވަތަ އުނިކުރީ ކަމެއް ސާފެއް ނުވެ އެވެ.

މާދަމާ ގުރު ނަގާ މީހުންގެ ތެރޭގައި މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިރާވަރުން ގުޅީފަޅަށް ބިން ބަދަލު ކުރި މީހުން ވެސް ހިމެނޭނެ އެވެ. ގޯތިތަކުގެ ރެޖިސްޓަރީ އާއި ބިން ލިބޭ ފަރާތްތަކާ އެކުވާ އެއްބަސްވުން ތަކާގުޅޭ މައުލޫމާތު ގުރު ނަގާ ނިމުމުން ފަހުން ހިއްސާ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން މިކަމާ ގުޅިގެން ކުރި އިއުލާނެއްގައި ބުންޏެވެ.

ކުރީގެ ސަރުކާރުން ނިންމީ ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox