މަޖިލިސް ރައީސް އަބްދުއްރަހީމް ވެސް މުސާރައިގެ 50 ޕަސަންޓް ނުނަންގަވަން ނިންމަވައިފި

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ: މަޖިލިސް ރައީސް އަބްދުއްރަހީމް ވެސް 50 ޕަސަންޓް މުސާރަ ނުނަންގަވަން ވަނީ ނިންމަވާފައި -- ފޮޓޯ: މަޖިލިސް

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ: މަޖިލިސް ރައީސް އަބްދުއްރަހީމް ވެސް 50 ޕަސަންޓް މުސާރަ ނުނަންގަވަން ވަނީ ނިންމަވާފައި -- ފޮޓޯ: މަޖިލިސް

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް 50 ޕަސަންޓް މުސާރަ ނުނަންގަވަން މިރޭ ނިންމަވައިފި އެވެ.

އަބްދުއްރަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސަންޓް ކުޑަ ކުރުމަށް ރައީސް މުއިއްޒު ނިންމެވުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި އެކަމަށް އެއްބާރުލުން ދިނުމަށް 50 ޕަސަންޓް މުސާރަ ނުނަގަން ނިންމާފައިވާ ކަމަށެވެ.

އަބްދުއްރަހީމްގެ މުސާރައިން 50 ޕަސަންޓް ނުނަންގަވަން ނިންމަވާފައި ވަނީ ރައީސް މުއިއްޒުގެ މުސާރައިން 50 ޕަސަންޓު ނުނަންގަވާނެ ކަމަށް މިރޭ ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލިސް ރައީސްއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެނީ މަހަކު 73،125ރ. އެވެ. މަޖިލީހުގެ ރައީސްގެ އަސާސީ މުސާރައިން 50 ޕަސެންޓު އުނިކުރުމުން ލިބޭނީ 25،562.50ރ އެވެ. ލިވިން އެލަވަންސްއާއެކު ދެން ޖުމުލަ ލިބޭނީ 45،562.50ރ. އެވެ.

ރައީސް މުއިއްޒު ވިދާޅުވީ 2025 ގެ ބަޖެޓް ހުށަހަޅާއިރު ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ދެ އަހަރު ވަންދެން އެމަނިކުފާނުގެ މުސާރައިން 50 ޕަސަންޓު ނުނަންގަވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ މުސާރައިގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސަންޓު އަދި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް 10 ޕަސަންޓު ކުރިއަށް އޮތް ދެ އަހަރަށް އުނިކުރަން ނިންމަވާފަ އެވެ.

މުސާރަ އުނިކުރާ މުވައްޒަފުންގެ ތެރޭގައި 12،000ރ. އަށްވުރެ ދަށުން މުވައްޒަފުން ނުހިމެނޭކަން ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox