ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑު ކުރުމުގެ ބިލު ހުށަހެޅުއްވީ ޓެކުހަކީ ފޭރުން ކަމަށް ވިދާޅުވި މެންބަރު އިބްރާހިމް

އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި: ކުރިން ވިދާޅުވީ ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުންް ކަމަށް -- ފޮޓޯ: މަޖިލިސް

އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި: ކުރިން ވިދާޅުވީ ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުންް ކަމަށް -- ފޮޓޯ: މަޖިލިސް

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހޯމަ ދުވަހު ހުށަހެޅުއްވީ، ޓެކްސް ނެގުމަކީ ފޭރުން ކަމަށް ވިދާޅުވެ، ޓެކްސް ނެގުމާ ދެކޮޅަށް މީގެ ކުރިން ފާޑުވިދާޅުވަމުން ގެންދެވި މެންބަރު އިބްރާހިމް މުހައްމަދު އެވެ.

ސަރުކާރުން އިއްޔެ ހުށަހަޅައި މިއަދު ބަހުސް ކުރީ ދުންފަތުގެ ހުރިހާ ބާވަތްތަކާއި ވޭޕުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރުމުގެ ބިލެވެ. އެ ބިލު ހުށަހަޅުއްވަމުން ވެރިކަން ހިންގާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެންބަރު އިބްރާހިމް ވަނީ، ޓެކްސް ބޮޑު ކުރަނީ ދައުލަތަށް ލިބޭ އާމްދަނީ ބޮޑުކޮށް، ސަރުކާރަށް ނަފާ ހޯދަން ކަމަށް ވިދާޅުވެފަ އެވެ.

"[ވޭޕް] މަނާ ކުރަން މި އޮތް ވަގުތުގެ މުއްދަތުގެ ތެރޭގައި ވެސް އަޅުގަނޑުމެން ބޭނުންވަނީ ވޭޕް ބޭނުން ކުރާ މީހުންނާ އަދި ވޭޕާ އަދިވެސް ހީޓެޑް ޓޮބޭކޯ ފަދަ އާލާތްތަކުން ދައުލަތަށް އާމްދަނީއެއް އިތުރުކޮށް، ސަރުކާރަށް ނަފާވާނެ ގޮތެއް ހޯދުން،" އިބްރާހިމް ވިދާޅުވި އެވެ.

Advertisement

މީގެ ކުރިން 2012 ވަނަ އަހަރުން ފެށިގެން އިބްރާހިމް ވަނީ ޓެކްސް ނެގުމާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ދައްކަވައިފަ އެވެ. އެގޮތުން ޓެކްސް ނެގުމަކީ ފޭރުން ކަމަށާއި ޓެކްސް ނެގުން އިސްލާމް ދީނުގައި ހުއްދަ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުން. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ. އެއީ އެއްވެސް ރައްޔިތަކު ބޭނުންވެގެން ކުރި އަދި ކުރާ ކަމެއް ނޫން،" ޖޫން، 2013، ގައި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ޓެކްސް ނެގުން މެންބަރު އިބްރާހިމް ކުރިން ސިފަ ކުރެއްވީ މުދަލުން ހުރުމަތް ކެނޑުމުގެ ގޮތުގަ އެވެ.

"ޓެކްސްގެ ނަމުގައި އިންސާނުންގެ މުދަލުގެ ހުރުމަތް ކެނޑުމަކީ މޮޅެތި ނަން ނަން ކިޔައިގެން ހަމަ ފޭރުން،" އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވި އިރު ވެސް ޓެކްސްއާ ދެކޮޅަށް އިބްރާހިމް ވާހަކަ ދެއްކެވި އެވެ.

"މުސްލިމުންގެ މުދަލުން ހުއްދަ ނޫން ޓެކްސް ނެގުމާ އަޅުގަނޑު ދެކޮޅު ހަދަން. އަދި މިކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުން،" މާޗް، 2019، ގައި އިބްރާހިމް ވިދާޅުވެފައިވެ އެވެ.

މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރިއިރު، ލަވަޔާއި މިއުޒިކް ބޭނުން ކުރުމުން ވެސް އިބްރާހިމްއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އޭގެ ކުރިން އޭނާ ވަނީ މިޔުޒިކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން ނިންމީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ. މަޖިލީހަށް އިއްޔެ ހުށަހަޅައިގެން މިއަދު ބަހުސް ކުރި ބިލުގައި ވެސް އޮތީ އެގޮތަށް ޓެކްސް ބޮޑު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox