ހިރިމަރަދޫ ނެރު ތިލަވެ، ލަފާ ފުރެނީ ދިޔަވަރު ބޮޑުވުމުން

ހިރިމަރަދޫ ނެރު ތިލަވުން: ލަފާ ފުރުމަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައި -- ފޮޓޯ: ކިޔުންތެރިއެއް

ހިރިމަރަދޫ ނެރު ތިލަވުން: ލަފާ ފުރުމަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައި -- ފޮޓޯ: ކިޔުންތެރިއެއް

ހދ. ހިރިމަރަދޫ ނެރު ތިލަވުމުގެ ސަބަބުން މިހާރު ލަފާ ފުރެނީ ހަމައެކަނި ދިޔަވަރު ބޮޑުވުމުން ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "އަދަދު" އަށް ވިދާޅުވީ ވެލި އެޅުމުގެ ސަބަބުން ކަނޑިންމަ ގާތްގަނޑަކަށް އެއްކޮށް ބެދިފައިވާ ކަމަށާއި ދިޔަވަރު ހިކޭ ގަޑީގައި ލަފާ ނުފުރޭ ކަމަށެވެ.

"އަޅުގަނޑުމެން އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައި މިތިބީ. ރަށުން ބޭރަށް ފުރޭނެ ގޮތެއް ނެތް. މިދިޔަ ސަރުކާރުން ފެށިގެން މިކަން ކޮށްދޭން އާދޭސް ކުރަމުން މިދަނީ. ވެލި އެޅި ވަރަށް ތިލަވެފައި ވަނީ. ކަނޑިންމަ ގާތްގަނޑަކަށް އެއްކޮށް ބެދިފައި އޮތީ. ވަންނަ ގަޑީ ދިޔަވަރު ހިކިއްޖެއްޔާ އެބަޔަކު ދެން ތިބެންވީ ދިޔަވަރު ބޮޑުވަންދެން،" މުހައްމަދު ވަހީދު ވިދާޅުވި އެވެ.

Advertisement

މައްސަލަ ހައްލުކޮށް ދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށާއި އެކަން ހައްލުކޮށްދޭން ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް މުހައްމަދު ވަހީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް "އެކްސް" ގައި ވިދާޅުވީ ނެރުގެ މައްސަލަ ކައުންސިލުގެ ރައީސް ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ސަރުކާރުގެ ގުޅުންހުރި ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށެވެ.

މުހައްމަދު ވަހީދު ވިދާޅުވީ ރަށުގައި ޒަރޫރީ ގިނަ ބޭނުންތައް ފުއްްދޭނެ ގޮތް ނެތުމުން، އެ ކަންކަން ފުއްދަން ގިނަ މީހުން ދަނީ ރަށުން ބޭރަށް ކަމަށާއި އެހެން ކަމުން ނެރުގެ މައްސަލަ ވީހާ ވެސް އަވަހަށް ހައްލު ނުކޮށްފިނަމަ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ހިރިމަރަދޫގައި 280 އެއްހާ މީހުން އުޅޭއިރު، އެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަ ކުރުމަށް ސަރުކާރުގައި އެދިފައިވާތީ އެކަން ތަންފީޒު ކުރުމަށް ޖޫން 6، ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައުސިން މިނިސްޓްރީއަށް އަންގާފަ އެވެ.

މިގޮތުން، ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ވީހާވެސް އަވަހަށް ހިރިމަރަދޫ ރައްޔިތުން އެ ރަށުން ފޭބުމުގެ މަސައްކަތް ތަންފީޒުކޮށް ދިނުމަށް ވެސް މުހައްމަދު ވަހީދު ގޮވާލެއްވި އެވެ. ހިރިމަރަދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އެ ރަށުން ފައިބާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox