މަގުމަތީގައި ސަލާންޖަހާށާއި ކުށްކުރަން އުޅޭ، ޑްރަގް މީހުން ބަންދުކުރަން ހާއްސަ އޮޕަރޭޝަނެއް

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހޯމް މިނިސްޓަރީ

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހޯމް މިނިސްޓަރީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން، ކުށްކުރާށާއި ސަލާން ޖަހަން އުޅޭ މީހުން މަގުތަކުން މަދުކުރަން ނެޝަނަލް ޑްރަގް އޭޖެންސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ރިމާންޑް އޮޕަރޭޝަނެއް ފަށައި 14 މީހުން ރިމާންޑު ސެންޓަރުގައި ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކަމުގެ މައުލޫމާތު ދިނުމަށް މިއަދު ފުލުހުންނާއި އެންޑީއޭ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ބަންދު ކުރަނީ , މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި ވައްކަމާއި ފޭރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުން އަދި މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ ހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން 9 އޮކްޓޫބަރު 2024 އިން ފެށިގެން މިހައިތަނަށް 14 މީހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއްގައި ބަންދު ކުރެވިފައިވޭ، އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަންދުން ނުވީއްލި މި ފަރާތްތަކުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަންކަން ކަމާގުޅޭ އިދާރާތަކާ އެކީގައި ކުރެވެމުންދޭ،" ނާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އޮޕަރޭޝަނުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މަގުމަތިން ހެޔޮ ބަދަލުތަކެއް ދިވެހި ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ޗެއާމަން، ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ ރިމާންޑު ސެންޓަރުތައް ގާއިމު ކޮށްފައި ވަނީ ކ. ހިންމަފުށްޓާއި ހުޅުމާލޭގައި ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރު ކުރާ މީހުން ގެންގޮސް ބަންދު ކުރަނީ އެ ސެންޓަރުތަކުގައި ކަމަށް ލުބުނާ ވިދާޅުވި އެވެ.

ރިމާންޑު ސެންޓަރުތައް އޮޕަރޭޓު ކުރަން ފެށުމުން އެކި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ވަގުތުން ދޭންޖެހޭ ފަރުވާ ދެވޭނެ ގޮތް މަގުފަހިވެގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހައްޔަރު ކުރާ މީހުން ޑިޓޮކްސް ނުކުރުމުން ދިމާވާ ކުއްލި ހާލަތްތައް ދިމާ ނުވާނެ ކަމަށް ލުބުނާ ވިދާޅުވި އެވެ.

"ސެންޓަރުގެ އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ނަގާ މީހުން މުޖުތަމައުގެ ތެރޭގައި ކުށް ކުރަމުން އުޅޭ އުޅުން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ސެންޓަރެއްގެ ގޮތުގައި ފާހަގަކޮށްލަން، ހަމަ އެއާއެކު ނެޝަނަލް ޑްރަގް އޭޖެންސީން ވޭތުވެދިޔަ ތަނުގައި އާންމުންގެ ފަރާތުންނާއި ބެލެނިވެރިންގެ ފަރާތުން މަސްތުވާތަކެތި ނަގާ މީހުން އުޅޭ ތަންތަން އަދި މަސްތުވާތަކެތި ނަގާ މީހުން އުޅޭ ގޭގެއިން އަންނަ ކޯލްތަކަށް ވަނީ ވަރަށް ބޮޑަށް އެޓެންޑު ކުރެވިފައި،" ލުބުނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ރާއްޖޭގެ ޖަލުތަކުގައި ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހަކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ.

ރާއްޖޭގެ ޖަލުތަކުގައި މިހާރު ވެސް ތިބި ގައިދީންގެ 80 އިންސައްތައަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި ހުކުމްކޮށްފައިވާ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox