ތަމުރީނުވެފައި ތިބި ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ޑިފެންސުން ހާމަކުރަން ޖެހޭ: އަޒާން

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: ޑޯނިއާ ދުއްވަން ސިފައިންނަށް ނުދޭ ސަބަބު ޑިފެންސުން ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: ޑޯނިއާ ދުއްވަން ސިފައިންނަށް ނުދޭ ސަބަބު ޑިފެންސުން ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި އޮންނަ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓު ދުއްވަން ތަމުރީނުކުރި ދިވެހި ސިފައިން އެ އުޅަނދު ނުދުއްވާ ސަބަބު ޑިފެންސް މިނިސްޓްރީން ހާމަ ކުރަން ޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ކުރިން ރައިޓު ޓު އޮފޮމޭޝަން (އާރުޓީއައި) ހައްގަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އަޒާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބު ދިވެހި ގިނަ އަދަދެއްގެ ރައްޔިތުން އެނގެން ބޭނުންވާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

"ރައީސް އިބްރާހީމްގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި އެންމެ ބޮޑު އެއް ސަބަބަކީ މިކަހަލަ ކަންކަން ފޮރުވުން. ޑިފެންސްގެ މި ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދުކުރަން،" އަޒާން ވިދާޅުވި އެވެ.

Advertisement

އަޒާން އެގޮތަށް ވިދާޅުވީ ދިވެހި ސިފައިން އެ އުޅަނދު ނުދުއްވާ ސަބަބު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ސިއްރު ކުރަން އެމްއެންޑީއެފް އިން ހައި ކޯޓަށް ދިޔުމުންނެވެ.

އަޒާން ވަނީ މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރާތީ، އެ އަދަދު ސިއްރު ނުކުރެވޭނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އަޒާން ވިދާޅުވިތާ ތިން މަސްވީއިރު ވެސް އެ މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފް އިން މީގެ ކުރިން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ އެމްއެންޑީއެފްގެ ޖުމްލަ ހަ އޮފިސަރަކު ތަމްރީނުކޮށްފަ އެވެ. އެ ހުރިހާ އޮފިސަރުން ވެސް ތަމްރީނުވީ 2021 ގެ ފަހުންނެވެ.

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާމަ ނުކުރި ކަމަށް ބުނެ އެއިރު ވަރަށް ބޮޑަށް ފާޑު ކިޔަމުން ދިޔަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުގެ މައުލޫމާތު ނުުލިބިގެން، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން ހުށަހަޅަންޖެހޭ ހިސާބަށް ނުދާނެ ކަމަށާއި އެއަށް ވުރެ ހާމަކަން ބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދެ ފުށް ފެންނަ ގޮތަށް. އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލޫމާތު ހިއްސާ ކުރާނަން. އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން ދިމަލެއް ނުވާނެ... ތިބޭފުޅުން އާރުޓީއައި ލާން ޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއް ނުވޭ ލާން ޖެހޭނެހެނެއް،" ޑިސެމްބަރު، 2023، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ހާމަކުރަން ވައުދުވެވަޑައިގެންނެވި އެއްބަސްވުންތަކެއް ވެސް އަދި މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދެއް ވެސް ހާމައެއް ނުކުރެ އެވެ. މައުލޫމާތު ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުންތަކަށް ވެސް ރައީސް އޮފީހުން ނާދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox