ވިޝަން ޑޮކިއުމެންޓު ތަންފީޒުކުރަން ދެ ގައުމުގެ މަތީ ފަންތީގެ އޮފިޝަލުން ހިމެނޭ ކޯ ގްރޫޕެއް އެކުލަވާލަނީ

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ: ވިޝަން ޑޮކިއުމެންޓު ތަންފީޒުކުރުމަށް ދެ ގައުމުގެ ހައިލެވެލް ކޯ ގްރޫޕެއް އެކުލަވާލަން ވަނީ ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ: ވިޝަން ޑޮކިއުމެންޓު ތަންފީޒުކުރުމަށް ދެ ގައުމުގެ ހައިލެވެލް ކޯ ގްރޫޕެއް އެކުލަވާލަން ވަނީ ނިންމާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުގައި އެ ގައުމާއެކު އެއްބަސްވި ކަންކަން ހިމެނޭ ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމަންޓު" ތަންފީޒުކުރަން ދެ ގައުމުގެ އިސް އޮފިޝަލުން ހިމެނޭ ހައިލެވެލް ކޯ ގްރޫޕެއް އެކުލަވާލަން ނިންމައިފި އެވެ.

ރައީސްގެ އިންޑިއާ ދަތުރުގެ ތެރެއިން ވިޝަން ޑޮކިއުމެންޓު އެކުލަވާލީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި މަޝްވަރާގެ ތެރެއިން އޮކްޓޯބަރު 7، ގަ އެވެ. އެ މަޝްވަރާތަކުގައި ދެ ގައުމުގެ ވަޒީރުން ވެސް ބައިވެރިވި އެވެ.

ވިޝަން ޑޮކިއުމެންޓުގައިވާ ގޮތުން އޭގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ރާއްޖެ-އިންޑިއާ ހައިލެވެލް ކޯ ގްރޫޕެއް އެކުލަވާލުމަށް ރައީސް މުއިއްޒު އަދި މޯދީ ވަނީ ނިންމަވާފަ އެވެ. އެ ގްރޫޕުގެ ލީޑާޝިޕް ކަނޑައަޅާނީ ދެ ގައުމުގެ މެދުގައި އެއްބަސްވެވޭ ގޮތަކަށް ކަމަށް ވެސް ޑޮކިއުމެންޓުގައި ބުނެފައިވެ އެވެ.

ނަމަވެސް، ރައީސްގެ ދަތުރަށްފަހު ސަރުކާރުން މިހާތަނަށް ނޫސްވެރިންނަށް މައުލޫމާތު ދީފައިނުވާތީ ކޯ ގްރޫޕު އެކުލަވާލުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސާފެއް ނުވެ އެވެ.

މީގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައި، ސިފައިންގެ ބަދަލުގައި އެ ގައުމުގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މުވައްޒަފުން ގެނައުމަށް ކުރި މަޝްވަރާތައް ކުރިއަށް ގެންދިޔައީވެސް މިފަދަ ކޯ ގްރޫޕަކުންނެވެ.

ވިޝަން ޑޮކިއުމަންޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިންޑިއާއާއެކު އެއްބަސްވި ސަލާމަތީ، ސިއްހީ، ތައުލީމީ، އަދި ތަރައްގީއާ ގުޅޭ މުހިންމު ކަންކަން މި ނޫހުން ވާނީ ގެނެސްދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާއާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަށް އެއްބަސްވީ ކަންކަން ވެސް ހިމެނެ އެވެ. އެއާއެކު އިދިކޮޅާ ރައްޔިތުން ވެސް ވަނީ ސަރުކާރަށާއި ރައީސް މުއިއްޒުއަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ނަމަވެސް، އެ ހަބަރުތަކާއެކު ރައީސް މުއިއްޒު ވަނީ، މި ޑޮކިއުމެންޓާ ގުޅޭގޮ ތުން ހަބަރުތައް ގެނެސްދިން ނޫސްވެރިން ދޮގު ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ބައެއް ނޫސްތަކުގެ އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ ގައުމާ ބެހޭގޮތުން. މި ހާރިޖީ ސިޔާސަތަށް ފާޑުކިޔުމަށް ހަގީގަތަށް ހިލާފަށް. ބައެއް ނޫސްތަކެއް ނޫން އެންމެ ނޫހެއް ދެ ނޫހެއްގަ ފެނުނީ، ގިނަ ނޫސްވެރިން. ޖާނަލިޒަމްގެ ދާއިރާގެ އުޅުއްވާ ބޭފުޅުން ވަރަށް ޒިންމާދާރު," ބެންގަލޫރުގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.

ވިޝަން ޑޮކިއުމެންޓުގައި އެއްބަސްވި ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިން ދޮގުހެދި ކަމަށް ރައީސް ވިދާޅުވުމާއެކު މި ނޫހުން ވާނީ އެ ޑޮކިއުމެންޓުގެ ފުރިހަމަ ދިވެހި ތަރުޖަމާއެއް ވެސް އާންމުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox