އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް: ސިންގަލްސްގައި ރާއްޖޭން މޮޅެއް ހޯދީ މުންސިފް އެކަނި

Oct 12, 2024, 5:00 AM
އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް: ސިންގަލްސްގައި ރާއްޖޭން މޮޅެއް ހޯދީ މުންސިފް އެކަނި

ކަޒަކްސްތާންގެ އަސްތާނާގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓްސްތަކުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު މޮޅެއް ހޯދައިފި އެވެ.

އެ ގޮތުން، ފިރިހެން ސިންގަލްސްގެ އެންމެ މޮޅު 128 ކުޅުންތެރިންގެ ބުރުގައި މުންސިފް ވަނީ 3-0 އިން އޮމާންގެ އަލީ މުތާވާ 3-0 އިން ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ، 11-04، 11-02 އަދި 11-02 އިންނެވެ. އެކަމަކު، އެންމެ މޮޅު 64 ކުޅުންތެރިންގެ ބުރުގައި މުންސިފް ވަނީ ހޮންގް ކޮންގްގެ ލަމް ސިއު ހޭން އަތުން 3-0 އިން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 11-07، 11-06 އަދި 11-05 އިންނެވެ.

މުންސިފަށް މި ފަހަރުގެ މުބާރާތުގެ ފިރިހެން ޑަބަލްސްގައި އަބްދުﷲ ޝައްފާންއާ އެއް ޕެއާ އަކަށް ކުޅެެގެން ވެސް ރަނގަޅު މޮޅެއް ލިބިފައިވެ އެވެ. އެ ގޮތުން، ފިރިހެން ޑަބަލްސްގެ ފުރަތަމަ ބުރު (އެންމެ ރަނގަޅު 64 ޕެއާ ވާދަކުރާ ބުރު) ގައި މުންސިފް އާއި ޝައްފާންގެ ޕެއާ ނުކުތީ އިރާންގެ ބެންޔަމީން ފަރާޖީ އާއި ސޮހްރާބީ މުހައްމަދު ޖަވާދުގެ ޕެއާ، ފަހަތުން އަރައި، 3-2 އިން ބަލިކޮށްފަ އެވެ. މި މޮޅު ހާއްސަވާ ސަަބަބަކީ، ފަރާޖީ ވަނީ މި ފަހަރުގެ ޓީމު އިވެންޓްގައި، ދުނިޔޭގެ ރޭންކިން އެއް ވަނަ ކުޅުންތެރިޔާ، ޗައިނާގެ ވޭންގް ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ސެޓުތައް އިރާނުގެ ޕެއާ އިން، 12-14، 07-11 އިން ގެންދިޔަ އެވެ. މުންސިފް އާއި ޝައްފާން މޮޅުވީ ދެން ކުޅުނު ތިން ސެޓު، 11-09، 11-07 އަދި 11-07 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ. ދެ ވަނަ ބުރުގައި، މުންސިފް އާއި ޝައްފާންގެ ޕެއާ އިން ޗައިނާގެ ލިން ގަޔޮއާން އާއި ލިން ޝިޑޯންގްގެ ޕެއާއާ ކުޅެގެން ބަލިވީ، 3-0 އިންނެެވެ. ސެޓުތައް ދިޔައީ، 11-01، 11-03 އަދި 11-04 އިންނެވެ.

އަންހެން ޑަބަލްސްގައި އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އިން ދެ ވަނަ ބުރުގައި ހޮންގް ކޮންގްގެ ވިންގް ލަމް އާއި ޒޫ ޒެންގްޒޫގެ ޕެއާ އަތުން ބަލިވީ 3-1 އިންނެވެ. ސެޓުތައް ދިޔައީ، 05-11، 05-11، 11-09 އަދި 05-11 އިންނެވެ. އަންހެން ޑަބަލްސްގައި ކުޅުނު ރާއްޖޭގެ އަނެއް ޕެއާ، މިޝްކާ އިބްރާހިމް އާއި ލައިސާ ފަތުހުﷲ އަށް ވަނީ ޑްރޯ ނެގިއިރު ވެސް ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެެވެ. ދެ ވަނަ ބުރުގައި، މެލޭޝިއާގެ ޗޭން އާއި ލައިންގެ ޕެއާއާ ކުޅެގެން ލައިސާ އާއި މިޝްކާ ބަލިވީ، 11-04، 11-02 އަދި 12-10 އިންނެވެ.

ރާއްޖޭގެ ރަފާ ގައުމީ ފައިނަލުގައި ކުޅެނީ: ރަފާ ވަނީ އޭޝިއާ މުބާރާތުގެ އަންހެން ސިންގަލްސް މެޗުގައި ރަނގަޅު ފައިޓެއް ދީފައި.---- ފޮޓޯ: އަދަދު ސްޕޯޓްސް

ސިންގަލްސް އަށް ބަލާއިރު، އަންހެން ސިންގަލްސްގައި، ލައިސާ އަތުން ހޮންގް ކޮންގްގެ ކޮން ލަމް މޮޅުވީ 11-06، 11-03 އަދި 11-05 އިންނެވެ. ދީމާ އަތުން ފިލިޕީންސްގެ ފަޑޯލް މޮޅުވީ 3-1 އިންނެވެ. ފުރަތަމަ ސެޓު ދީމާ ވަނީ 17-19 އިން ގެންގޮސްފަ އެވެ. އެކަމަކު، ފަޑޯލް މޮޅުވީ ދެން ކުޅުނު ތިން ސެޓު، 11-09، 11-03 އަދި 11-06 އިން ގެންގޮސްގެންނެވެ.

މޮންގޯލިއާގެ ބަލިންޖިޔަމް އަތުން ރަފާ ބަލިވީ 3-2 އިންނެވެ. ބަލިންޖިޔަމް ފުރަތަމަ ސެޓު، 06-11 އިން ގެންގޮސްފައި އޮއްވައި، ރަފާ ވަނީ ދެން ކުޅުނު ދެ ސެޓު، 12-10، 11-09 އިން ގެންގޮސްފަ އެވެ. އެކަމަކު، ބަލިންޖިޔަމް ވަނީ ދެން ކުޅުނު ދެ ސެޓުން 06-11 އާއި 11-13 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ. ފިލިޕީންސްގެ ކްރޫޒް ކެއިތު އަތުން މިޝްކާ ބަލިވީ، 11-05، 11-05 އަދި 11-06 އިންނެވެ.

ފިިރިހެން ސިންގަލްސް ދެން ކުޅުނު މެޗުތަކަށް ބަލާއިރު، އިރާންގެ ހޮދާއި އާމިރު އަތުން ރާއްޖޭގެ ޒީކް ހަސަން ލަތީފް ބަލިވީ 3-0 އިންނެވެ. ސެޓުތައް ދިޔައީ، 11-02، 11-04 އަދި 11-07 އިންނެވެ. ބަހްރޭނުގެ ރާޝިދު އަތުން އެންމެ ފަހުގެ ރާއްޖޭގެ ގައުމީ ޗެމްޕިއަން، އަހްޔާރު އަހުމަދު ބަލިވީ، 11-05، 11-04 އަދި 11-08 އިންނެވެ. އުޒްބެކިސްތާންގެ އިސްކަންދަރޯވް ޝޯހްރުކް އަތުން ރާއްޖޭގެ ޝައްފާން ބަލިވީ، 11-08، 11-05 އަދި 11-06 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox