ޓީޓީ ތަރި އަލްސާގެ ކާމިޔާބީ އާ ހަރުފަތަކަށް، ބޮޑު އުންމީދެއް!

Oct 1, 2025, 3:56 AM
ޓީޓީ ތަރި އަލްސާގެ ކާމިޔާބީ އާ ހަރުފަތަކަށް، ބޮޑު އުންމީދެއް!

ގައުމީ ޓޭބަލް ޓެނިސް ޓީމުގައި ހިމެނޭ 14 އަހަރުގެ އައިޝަތު އަލްސާ ނާފިޒު، މި އަހަރުގެ ޓޭބަލް ޓެނިސް މުބާރާތްތަކުގައި ވާދަކޮށް، އޭނާގެ ކާމިޔާބީ އެހެން ހަރުފަތަކަށް ގެންގޮސްފަ އެވެ. އެ ގޮތުން، އަލްސާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބަކީ، މި ފަހަރުގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް ކާމިޔާބުކުރުމެވެ.

ގައުމީ ސީނިއާ ޓީޓީ ޓީމުގެ، ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް، އެސޯސިއޭޝަން ކަޕްގައި ނުކުޅޭއިރު، ދެން، މިހާރު ރާއްޖޭގެ ޓީޓީގައި ހިމެނޭ ވަރުގަދަ ނަންތަކާ ދެކޮޅަށް އަލްސާ ވަނީ މޮޅު ކުޅުމެއް ދައްކައި، އެސޯސިއޭޝަން ކަޕްގެ ތަށި ހާސިލްކޮށްފަ އެވެ.

އަލްސާގެ ކޯޗު، ހުސެއިން ރަޝީދު (ހުސެން) ވަނީ މި މުބާރާތުގެ ކާމިޔާބީ ހާސިލްކުރަން އަލްސާ ދެއްކި ހިތްވަރަކީ އޭނާ ކުރިއަށްދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

އަލްސާގެ މި އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު، އިންޓަ ސްކޫލްގެ 15 އަހަރުން ދަށުގެ ސިންގަލްސް އާއި ޑަބަލްސް ޗެމްޕިއަންކަމުގެ އިތުރުން، 17 އަހަރުގެ ޑަބަލްސް ޗެމްޕިއަންކަމާއި ސިންގަލްސް އިން ސެކަންޑް ރަނަރަޕް ހިމެނެ އެވެ. ގައުމީ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި ޑަބަލްސް، 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި ޑަބަލްސް ޗެމްޕިއަންކަމުގެ އިތުރުން، މިކްސް ޑަބަލްސް އިން ރަނަރަޕަށް ދިޔަ އެވެ.

އެސޯސިއޭޝަން ކަޕްެގެ މެޗެއްގެ ތެރެއިން އަލްސާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި އަހަރުގެ މިހާތަނަށް އަލްސާގެ އެންމެ ކާމިޔާބު މުބާރާތެއްގެ ގޮތުގައި އޮތީ އެސޯސިއޭޝަން ކަޕް އެވެ. އެ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އޭނާ ވަނީ، 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ސިންގަލްސް އާއި ޑަބަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް ރަނަރަޕަށް ގޮސްފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް އަލްސާ ބުނީ، މި އަހަރަކީ، ކުރިއެރުމަށް ބަލާއިރު، އިތުރު ކާމިޔާބީތަކެއް ވެސް ހާސިލްވި އަހަރެއް ކަމަށެވެ. ގައުމީ ލެވަލްގައި ގިނަ ކާމިޔާބީތަކެއް ލިބި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ފަހުރުވެރިކަމާ އެކު ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބުމުގެ އުފަލާ އެކު، އަލްސާ ބުނެފައިވަނީ، އަދި، އޭނާ ކަނޑައެޅި ހުރިހާ ޓާގެޓްތަކެއް ހާސިލްނުވާ ކަމަށެވެ.

"އަޅުގަނޑު އަދިވެސް ގިނަ ކަންތައްތަކެއް ދަސްކޮށް ހާސިލްކުރަން ޖެހޭ ކަންކަން އެބަހުރި، އިންޝާﷲ،" ކުރިއަށް ހުރި އަހަރުތަކާ މެދު އުންމީދުގައި ހުރި އަލްސާ ބުންޏެވެ.

މި އަހަރުގެ ޓޭބަލް ޓެނިސްގެ ރޭންކިން ކުޅުނު ތިން ފަހަރު ވެސް އަލްސާ ވަނީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިފަ އެވެ. ފުރަތަމަ ރޭންކިންގައި ތިން ވަނައިގައި އޮތް އަލްސާ ދެ ވަަނަ ރޭންކިންގައި ހަތަރެއްގައި އޮތުމަށް ފަހު، މިދިޔަ މަހުގެ ރޭންކިންގައި ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ.

އެސޯސިއޭޝަން ކަޕްގައި އަލްސާ އަށް ލިބުނު ތަށިތައް ހިފައިގެން.---- ފޮޓޯ: އިމޭޖަސް.އެމްވީ

އަލްސާ، މި އަހަރު ވާދަކުރި އިންޓަނޭޝަނަލް މުބާރާތްތަކަށް ބަލާއިރު، އިންޑިއާގައި ކުޅުނު ޑަބްލިއުޓީޓީ ކޮންޓެންޑާ މުބާރާތާއި ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތާއި ނޭޕާލްގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން އަދި ތައިލެންޑްގަައި ބޭއްވި ޔޫތު ކޮންޓެންޑާ މުބާރާތް ހިމެނެ އެވެ. މީގެ ތެރެއިން ސައުތު އޭޝީއާ ޔޫތު މުބާާރާތުގައި އަލްސާ ހިމެނިގެން، 15 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ ދެ ވަނަ ރަނަރަޕަށް ދިޔައިރު، އެ އުމުރުފުރާގެ މިކްސް ޑަބަލްސްގައި ވެސް ވަނީ ދެ ވަނަ ރަނަރަޕަށް ގޮސްފަ އެވެ. އަދި، ނޭޕާލުގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ވެސް ނިންމީ ދެ ވަނަ ރަނަރަޕްގެ ގޮތުގަ އެވެ.

މި އަހަރު ކުރިއަށް އަދި އަލްސާ އަށް ބައިނަލްއަގުވާމީ މުބާރާތްތަކެއް އެބަހުއްޓެވެ. އެ ގޮތުން، އިންޑިއާގައި ކުރިއަށްދާ އޭޝިއާގެ ޓީޓީ މުބާރާތަށް ދާ ރާއްޖޭގެ ސްކޮޑުގައި އަލްސާ ހިމެނެ އެވެ. އަދި، މި މަހު ބަހްރޭނުގައި ބާއްވާ އޭޝިއާ ޔޫތު ކުޅިވަރު މުބާރާތުގައި ވާދަކުރާ ޓީޓީ ޓީމުގައި ވެސް އަލްސާ ހިމެނޭއިރު، އަންނަ މަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮންނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ ސްކޮޑުގައި ވެސް އަލްސާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox