ދަރަނި އަދާކުރުމުގެ ހަރަދުތައް ނުލައި، އަންނަ އަހަރުގެ ބަޖެޓު ސާޕްލަސް ވާނެ: ފިނޭންސް މިނިސްޓްރީ

ޔޫއެންޑީޕީގެ "ފައިނޭންސިން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ޕޮލިސީ ޑައިލޮގުގެ ތެރެއިން: ފިނޭންސް މިނިސްޓްރީގެ ފަރާތުން ބައިވެރިިވި ސާއިދު (ވ) ވިދާޅުވީ އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކަށް ރުހުން ލިބިފައިވާ ކަމަށް -- ފޮޓޯ: ޔޫއެންޑީޕީ

ޔޫއެންޑީޕީގެ "ފައިނޭންސިން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ޕޮލިސީ ޑައިލޮގުގެ ތެރެއިން: ފިނޭންސް މިނިސްޓްރީގެ ފަރާތުން ބައިވެރިިވި ސާއިދު (ވ) ވިދާޅުވީ އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކަށް ރުހުން ލިބިފައިވާ ކަމަށް -- ފޮޓޯ: ޔޫއެންޑީޕީ

ސަރުކާރުގެ ހަރަދުތައް ކުޑަކުރާށާއި އާމްދަނީ އިތުރުކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކީ، އަންނަ އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ސާޕްލަސް ވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ނައިބު އަހުމަދު ސާއިދު މުސްތަފާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސަކީ ދަރަނި އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާ ނުލައި، ހަރަދަށް ކަނޑާފައި ލިބޭ އާމްދަނީ އެވެ.

މިގޮތަށް އަންނަ އަހަރުގެ ބަޖެޓު ސާޕްލަސް ވާނެ ކަމަށް ސާއިދު ވިދާޅުވީ، ޔޫއެންޑީޕީއިން އިންތިޒާމުކޮށްގެން ބޭއްވި "ފައިނޭންސިން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ޕޮލިސީ ޑައިލޮގުގައި ފިނޭންސުގެ ފަރާތުން ވާހަކަ ދައްކަވަމުންނެވެ.

Advertisement

މި ޕޮލިސީ ޑައިލޮގުގައި ކުރި މަޝްވަރާގެ ތެރެއިން ހިއްސާކުރި ޗާޓުގައި އޮތް ގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 300 މިލިއަން ރުފިޔާއިން ސާޕްލަސް ވާނެ ކަމަށް ފިނޭންސުން އަންދާޒާކޮށްފައިވެ އެވެ. އެ ޗާޓާ ހަވާލާ ދެނީ ނަމަ، ސަރުކާރުގެ އަމާޒަކީ 2028 އަންނަން ވާއިރިއަށް ބަޖެޓުގެ އޯވަރޯލް ބެލެންސު، އެއީ ދަރަނި އަދާކުރުމުގެ ހަރަދުތައް ވެސް ހިމަނައިގެން، ސާޕްލަސް ކުރުމެވެ.

ޔޫއެންޑީޕީގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ޕެނަލް ޑިސްކަޝަންގެ ތެރެއިން ހިއްސާކުރި ބަޖެޓު ޗާޓު: މި ޗާޓުން ދައްކަނީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކީ 2028 އަންނަން ވާއިރަށް އޯވަރޯލް ބަޖެޓު 800 މިލިއަން ރުފިޔާ ސާޕްލަސް ވާނެ ކަމަށް -- މަސްދަރު: ފިނޭންސް މިނިސްޓްރީ
ޔޫއެންޑީޕީގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ޕެނަލް ޑިސްކަޝަންގެ ތެރެއިން ހިއްސާކުރި ބަޖެޓު ޗާޓު: މި ޗާޓުން ދައްކަނީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކީ 2028 އަންނަން ވާއިރަށް އޯވަރޯލް ބަޖެޓު 800 މިލިއަން ރުފިޔާ ސާޕްލަސް ވާނެ ކަމަށް -- މަސްދަރު: ފިނޭންސް މިނިސްޓްރީ

ޔޫއެންޑީޕީގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ޕޮލިސީ ޑައިލޮގުގެ ތެރެއިން ހިއްސާކުރި ބަޖެޓު ޗާޓު:ފިނޭންސުން އަންދާޒާކުރަނީ 2028 އަންނަން ވާއިރަށް އޯވަރޯލް ބަޖެޓު 800 މިލިއަން ރުފިޔާ ސާޕްލަސް ވާނެ ކަމަށް -- މަސްދަރު: ފިނޭންސް މިނިސްޓްރީ

ޔޫއެންޑީޕީގެ ޕޮލިސީ ޑައިލޮގުގައި ވާހަކަ ދައްކަވަމުން ސާއިދު ވަނީ އާމްދަނީ އިތުރުކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރައީސް އޮފީހުގެ ރުހުން ލިބިފައިވާ ކަމަށް އިޝާރާތްކުރައްވާފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާނީ ހަރަދާއި އާމްދަނީގެ ރިފޯމްތައް ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާމްދަނީގެ ރިފޯމުތައް

  • އެއާޕޯޓު ޓެކްސްތަކާއި ފީތައް މުރާޖައާކުރުން
  • ބައެއް މުދަލުގެ އިމްޕޯޓު ޑިއުޓީތައް މުރާޖައާކުރުން
  • ޖީއެސްޓީ ގާނޫނު މުރާޖައާކުރުން
  • ގްރީން ޓެކްސް މުރާޖައާކުރުން
  • ޑްރެޖިން ފީ ނަގަން ފެށުން
  • ކާބަން ކްރެޑިޓު ވިއްކައިގެން އާމްދަނީ ހޯދަން ފެށުން

ހަރަދުގެ ރިފޯމްތައް

  • ސަބްސިޑީ މުރާޖައާކުރުން
  • ހެލްތު އަދި ވެލްފެއާ ރިފޯމް ކުރުން
  • ޕީއެސްއައިޕީ ރޭޝަނަލައިޒޭޝަން އަދި ރީޕްރަޔޯރިޓައިޒޭޝަން
  • ޑިސްކްރެޝަނަރީ ހަރަދުތައް ކުޑަކުރުން
  • މަސްވެރިންނަށް ދޭ ސަބްސިޑީ މުރާޖައާކުރުން

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި ސާއިދު ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ފެށިގެން ކުރާނެ ކަމަށް ބުނަމުން އަންނަ ޓާގެޓަޑް ސަބްސިިޑީ އާއި އާސަންދަ ހަރަދުތައް ކުޑަކުރުމުން ހަރަދުތައް ކުޑަވާނެ ވާނެ ކަމަށެވެ.

އޭގެ އިތުރުން ޕީއެސްއައިޕީ ހަމައަކަށް އަޅުވަން ކުރާ މަސައްކަތުގެ ދަށުން އިސްކަން ދޭނީ އާމްދަނީ ލިބޭ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކަމަށް ސާއިދު ވިދާޅުވި އެވެ. އަދި މަސްވެރިންނަށް ދޭ ސަބްސިޑީގެ ސިޔާސަތަށް ގެނައި ބަދަލާއި ސަރުކާރުގެ ޑިސްކްރެޝަނަރަނީ ހަރަދުތައް ކުޑަކުރުމުގެ ކަންކަން، ހާއްސަކޮށް އިތުރު މުވައްޒަފުން ނެގުމާ ގުޅޭ ކަންކަން ހަރުކަށިކޮށް، އެ ސިޔާސަތު ވެސް ތަންފީޒުކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރަދުތައް ކުޑަކުރުމުން ބަޖެޓަށް އަންނާނެ ލުޔާއެކީ، އާމްދަނީ އިތުރުކުރަން ކުރެވޭ މަސައްކަތުން ޖީޑީޕީގެ ހަތަރު ޕަސެންޓާ އެއްވަރަށް އާމްދަނީ އިތުރުކުރެވޭނެ ކަމަށް ވެސް ސާއިދު ފާހަގަކުރެއްވި އެވެ.

ފިނޭންސުން ހުށަހަޅާފައިވާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރެވިއްޖެ ނަމަ، އަންނަ އަހަރުގެ ބަޖެޓު ވެގެން ދާނީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ބަޖެޓު ސާޕްލަސްވީ ފުރަތަމަ ފަހަރަށެވެ. މިހާރު ތަންފީޒުކުރަމުން ދަނީ 16.3 ބިލިއަން ރުފިޔާ ޑެފިސިޓު ބަޖެޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox