ގައުމީ ވޮލީބޯލް ޓީމުގެ ކެޕްޓަނަކަށް ކުޑަކާއްޓޭ

މިނިސްޓަރު ރާފިއު (ވ) ވޮލީ ޓީމުގެ ކެޕްޓަން، ކުޑަކާއްޓެއާ ޖޯޒީ ހަވާލުކުރަނީ.---- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މިނިސްޓަރު ރާފިއު (ވ) ވޮލީ ޓީމުގެ ކެޕްޓަން، ކުޑަކާއްޓެއާ ޖޯޒީ ހަވާލުކުރަނީ.---- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މި މަހު ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯލް ޓީމުގެ ކެޕްޓަނަކަށް އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހަމަޖައްސައިފި އެވެ.

ކުޑަކާއްޓޭ ވަނީ މީގެ ކުރިން ވެސް ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

އެކަމަކު, މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިޔަ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ އާދަމް ފައިރޫޒް އެވެ. ކުޑަކާއްޓެ ވަނީ 2021 ވަނަ އަހަރު ވެސް ގައުމީ ޓީމުގެ ކެޕްޓަންކަން އެވެ.

މީގެ އިތުރުން, މި ފަހަރުގެ ގައުމީ ޓީމުން ގިނަ ދުވަސްތަކަކަށްފަހު މުހައްމަދު އަހުސަން (ސޮއްޓި) އަށް ވަނީ ފުރުސަތު ދީފަ އެވެ. ސޮއްޓި، އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2019 ވަނަ އަހަރުގެ އައިއޯއައިޖީ ގަ އެވެ.

މި ފަހަރު ގައުމީ ޓީމުގެ ކެޕްޓަނަކަށް ކުޑަކާއްޓޭ ހަމަޖެއްސިއިރު, ގައުމީ ކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ޝަރަފް އެވެ. ޝަރަފް ވެސް ވަނީ މީގެ ކުރިން ގައުމީ ކޯޗުކަން ކޮށްދީފަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ފުރަތަމަ މަސައްކަތް ކުރި ޝަރަފް، ހެޑް ކޯޗުކަމާ ފުރަތަމަ ހަވާލުވީ، 2008 ވަނަ އަހަރު އެވެ. ވަކިވީ، ދެ އަހަރު ޓީމުގެ ކޯޗަކަށް މަސައްކަތްކުރުމަށް ފަހު އެވެ. އެ އަށް ފަހު، އަލުން ގައުމީ ކޯޗުކަމަށް ޝަރަފް އައީ، 2011 ވަނަ އަހަރު އެވެ. މާގިނަ އަހަރުތަކެއް މި ފަހަރު މަސައްކަތް ނުކުރެވުނެވެ.

އޭގެ ފަހުން، 2013 ވަނަ އަހަރު އަނެއްކާ ވެސް ގައުމީ ވޮލީ ޓީމުގެ ކޯޗުކަން ޝަރަފަށް ލިބުނެވެ. އެއީ، ބިދޭސީ ކޯޗެއް ހަމަޖެއްސުމުގެ ކަންކަމާއި އެހެނިހެން ކަންތައްގަނޑެއްގެ ތެރޭގައި ޓީމުގެ ކަންކަން ދިއުމަށް ފަހު އެވެ. އެ ފަހަރު ޝަރަފް ވަނީ ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ހޯދައިފަ އެވެ. އެއީ، ފައިނަލުގައި 3-1 އިން ސްރީ ލަންކާ އަތުން ބަލިވުމުންނެވެ. މިއީ، އިންޑޯ ވޮލީގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

މި ފަހަރުގެ ކާވާ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމާ ސްޕޯޓްސް މިނިސްޓަރު ރާފިއު ބައްދަލުކުރެއްވުން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އެ އަށް ފަހު، ގައުމީ ކޯޗުކަން ތައިލެންޑްގެ ސުންޓޮން ފޮސީޓާ އާއި ލަންކާގެ ވެންޑަކޫން އަދާކުރުމަށް ފަހު، އަނެއްކާ ވެސް ޝަރަފަށް ޓީމުގެ ކޯޗުކަން ލިބުނީ، 2017 ވަނަ އަހަރު އެވެ. ރާއްޖޭގައި ހޯސްޓްކުރި ފިރިހެން ގައުމީ ޓީމުގެ ފުރަތަމަ އިންޑޯ މުބާރާތުގައި ނުކުތް ދަށް ނަތީޖާތަަކަށް ފަހު، ޝަރަފް ގައުމީ ކޯޗުކަމުން ދުރުވެ، ހަވާލުވެފައި އޮތް އެހެން ޒިންމާތައް އަދާކުރަން ނިންމީ އެވެ.

ޝަރަފް ވަނީ މި ފަހުން ގައުމީ ޓީމުތަކާ ހަވާލުވި ކޯޗުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ހާއްސަ ގޮތެއްގައި، މުބާރާތްތަކަށް ގައުމީ ޓީމުތައް ތައްޔާރުވާ ގޮތާ ބެހޭގޮތުން ޝުއޫރުފާޅުކޮށްފައިވެ އެވެ. އެކަމަކު، އުޒްބެކިސްތާނުގައި، މި މަހު 18 ވަނަ ދުވަހު ފަށާ ކާވާ މެންސް ޗެމްޕިއަންޝިޕަށް ރާއްޖޭން ތައްޔާރީތައް ކުރިއަށްގެންދިޔައި ގިނަ ވެގެން ދޮޅު މަހެއްހާ ދުވަހު އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ސޮފްވާން އަހުމަދު ހަމަޖެއްސިއިރު، އެ އެސޯސިއޭޝަނުން މީޑިއާ އަށް މައުލޫމާތު ދޭ ގޮތަށް ވަކިން އެކަން އިއުލާނުކުރި އެވެ. އެކަމަކު، ޝަރަފަށް ހެޑް ކޯޗުކަން ދިންކަން މީޑިއާގައި އެ ގޮތަށް ވޮލީބޯލް އެސޯސިއޭޝަނުން އިއުލާނުކޮށްފައެއް ނުވެ އެވެ. އެކަމަކު، ބައެއް މީޑިއާތަކަށް ވީއޭއެމްގެ އޮފިޝަލުން ހަވާލާދީ އިންޓަވިއުދީފައިވާ ގޮތުގައި، ޝަރަފަށް ގައުމީ ޓީމުގެ ކޯޗުކަން ދީފައިވަނީ، 2027 ވަނަ އަހަރުގެ އައިއޯއައިޖީގެ ޓާގެޓަކާ އެކު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox