އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް: ޝައްފާން އާއި މުންސިފްގެ ޕެއާ އަށް އިރާން އަތުން ބޮޑު މޮޅެއް

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެެރެއިން މުންސިފް (ކ) އާއި ޝައްފާންގެ ޕެއާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތެެރެއިން މުންސިފް (ކ) އާއި ޝައްފާންގެ ޕެއާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކަޒަކްސްތާންގެ އަސްތާނާގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ މުހައްމަދު ޝައްފާން އާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ އިން އިރާންގެ ޕެއާ އެއް އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

އެ ގޮތުން، ފިރިހެން ޑަބަލްސްގެ ފުރަތަމަ ބުރު (އެންމެ ރަނގަޅު 64 ޕެއާ ވާދަކުރާ ބުރު) ގައި މުންސިފް އާއި ޝައްފާންގެ ޕެއާ ނުކުތީ އިރާންގެ ބެންޔަމީން ފަރާޖީ އާއި ސޮހްރާބީ މުހައްމަދު ޖަވާދުގެ ޕެއާ، ފަހަތުން އަރައި، 3-2 އިން ބަލިކޮށްފަ އެވެ. މީގެ ތެރެއިން، ފަރާޖީ ވަނީ މި ފަހަރުގެ ޓީމު އިވެންޓްގައި، ދުނިޔޭގެ ރޭންކިން އެއް ވަނަ ކުޅުންތެރިޔާ، ޗައިނާގެ ވޭންގް ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ސެޓުތައް އިރާނުގެ ޕެއާ އިން، 12-14، 07-11 އިން ގެންދިޔަ އެވެ. މުންސިފް އާއި ޝައްފާން މޮޅުވީ ދެން ކުޅުނު ތިން ސެޓު، 11-09، 11-07 އަދި 11-07 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ. ދެ ވަނަ ބުރުގައި، މުންސިފް އާއި ޝައްފާންގެ ޕެއާ އިން ކުޅޭނީ، މާދަމާ އެވެ. އެއީ، ޗައިނާގެ ލިން ގަޔޮއާން އާއި ލިން ޝިޑޯންގްގެ ޕެއާއާ އެވެ.

ފިރިހެން ޑަބަލްސްގައި ދެން ކުޅުނު ރާއްޖޭގެ އަހުޔާރު އަހުމަދު އާއި ޒީކް ހަސަން ލަތީފްގެ ޕެއާ ވަނީ އިރާނުގެ އަލަމިޔާން ނޯޝާދު އާއި މުސާވީ ތަހޭދު މުހައްމަދުގެ ޕެއާ އަތުން 3-0 އިން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 11-05، 11-05 އަދި 11-02 އިންނެވެ.

އަންހެން ޑަބަލްސްގައި އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އިން ވެސް ވަނީ ފުރަތަމަ ބުރުގެ މެޗުން މޮޅުވެފަ އެވެ. އެއީ މޮންގޯލިއާގެ ބަލްޖިންޔާމް އާއި އެގްޝިގިއެންގެ ޕެއާ އަތުން 3-1 އިންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 11-07، 11-09، 09-11 އަދި 11-07 އިންނެވެ. މާދަމާ ދެ ވަނަ ބުރުގައި، ރަފާ އާއި ދީމާގެ ޕެއާ ކުޅޭނީ، ހޮންގް ކޮންގްގެ ވިންގް ލަމް އާއި ޒޫ ޒެންގްޒޫގެ ޕެއާއާ އެވެ.

އަންހެން ޑަބަލްސްގައި ކުޅުނު ރާއްޖޭގެ އަނެއް ޕެއާ، މިޝްކާ އިބްރާހިމް އާއި ލައިސާ ފަތުހުﷲ އަށް ވަނީ ޑްރޯ ނެގިއިރު ވެސް ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެެވެ.

މިކްސް ޑަބަލްސްގައި ރާއްޖޭގެ ދެ ޕެއާ ވެސް ފުރަތަމަ ބުރުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން، އަހްޔާރު އާއި ދީމާގެ ޕެއާ ބަލިވީ މެލޭޝިއާގެ ވަން ސިން ޑެނީ އާއި ލި ޔިންގެ ޕެއާ އަތުން 3-1 އިންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 07-11، 11-08، 03-11 އަދި 06-11 އިންނެވެ. މުންސިފް އާއި ރަފާގެ ޕެއާ ބަލިވީ، ތައިލެންޑްގެ ޕެއާ، ތަމްމަތިކޮމް ނަޕަތު އާއި ސަވަދެބަތު ސުޕަސިނީގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 11-04، 11-03 އަދި 11-04 އިންނެވެ.

ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމަށް 20 ޓީމުގެ ތެރެއިން 16 ވަނަ ލިބުނުއިރު، ފިރިހެން ޓީމަށް ވަނީ 24 ޓީމުގެ ތެރެއިން 20 ވަނަ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox