އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގެ ރޭންކިން މެޗުތަކުގައި ރާއްޖޭން ލަންކާ އާއި ޕާކިސްތާން ބަލިކޮށްފި

Oct 9, 2024, 3:59 AM
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގެ ރޭންކިން މެޗުތަކުގައި ރާއްޖޭން ލަންކާ އާއި ޕާކިސްތާން ބަލިކޮށްފި

ކަޒަކްސްތާންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)، އޭޝިއަން ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓްގެ ރޭންކިން މެޗުތަކުން ރާއްޖޭގެ ޓީމުތަކުން ސްރީ ލަންކާ އާއި ޕާކިސްތާން އަތުން މޮޅުވެއްޖެ އެވެ.

ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށް ވެސް ގްރޫޕް ސްޓޭޖުން ކުރިއަށްދެވޭ ގޮތް ނުވުމުން ކުޅެން ޖެހިފައިވަނީ ރޭންކިން މެޗުތަކެވެ. އެ ގޮތުން، އަންހެން ޓީމު ހިމެނުނީ، 15-18 ވަނައާ ދެމެދުގެ ރޭންކިން ކަނޑައަޅާ ބްރެކެޓްގަ އެވެ. އެ ބްރެކެޓްގެ ފުރަތަމަ މެޗުން އަންހެން ޓީމުން ވަނީ 3-0 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ. އެކަމަކު، ފަހު މެޗުގައި މޮންގޯލިއާ އަތުން 3-0 އިން ބަލިވީ އެވެ.

ލަންކާ އަތުން ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ ލަންކާގެ ލެސަންޏާ އަތުން 12-10، 11-08، 11-08 އިން މޮޅުވެފަ އެވެ. ދެ ވަނަ ގޭމުގައި، ފާތިމަތު ދީމާ އަލީ ވަނީ ލަންކާގެ ޝަމަލްޝާ އަތުން 11-09، 11-09، 11-04 އިން މޮޅުވެފަ އެވެ. ތިން ވަނަ ގޭމުގައި، މިޝްކާ މުހައްމަދު އިބްރާހިމް ވަނީ ލަންކާގެ މަނީޝާ ޝަލިންދީ އަތުން 3-1 އިން މޮޅުވެފަ އެވެ. ސެޓުތައް ދިޔައީ، 11-13، 07-11، 11-09 އަދި 02-11 އިންނެެވެ.

މިއީ ލަންކާ އަތުން ރާއްޖެ އަށް ލިބިގެންދިޔަ ތާރީހީ ފުރަތަމަ މޮޅެވެ.

މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އުންދްރަމް އަތުން ރަފާ ބަލިވީ 3-0 އިންނެވެ. ސެޓުތައް ދިޔައީ، 11-07، 11-06 އަދި 11-04 އިންނެވެ. ދީމާ އަތުން ބޯލޯ-އާޑްނޭ މޮޅުވީ 3-2 އިންނެވެ. ސެޓުތައް ދިޔައީ، 11-07، 07-11، 07-11، 11-09 އަދި 11-07 އިންނެވެ. މިޝްކާ އަތުން ބަލްޖިންޔާން މޮޅުވީ 3-1 އިންނެވެ. ސެޓުތައް ގެންދިޔައީ، 11-08، 11-04. 09-11 އަދި 11-06 އިންނެވެ.

ފިރިހެން ޓީމު އިވެންޓްގައި ރާއްޖެ ހިމެނުނީ 19-24 ވަނަ އަށް ނަގާ ރޭންކިން ބްރެކެޓްގަ އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ރާއްޖެ މޮޅުވީ 3-2 އިންނެވެ. މިއީ، ޕާކިސްތާން އަތުން ފިރިހެން ޓީޓީ ޓީމު ހޯދި ފުރަތަމަ މޮޅެވެ.

ހާން ތައިމޫރު އަތުން ރާއްޖޭގެ އަހްޔާރު އަހުމަދު ބަލިވީ 3-2 އިންނެވެ. ސެޓުތައް ދިޔައީ، 08-11، 11-06، 11-07، 02-11 އަދި 07-11 އިންނެވެ. ރާއްޖޭގެ މުންސިފް އަހުމަދު ވަނީ 3-2 އިން ހާން މުހައްމަދު ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 12-10، 11-09، 05-11، 10-12 އަދި 12-10 އިންނެވެ. ޝައްފާން މުހައްމަދު ވަނީ 3-2 އިން ޝާހު ސައީދު ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 11-07، 08-11، 08-11، 11-04 އަދި 11-03 އިންނެވެ. އަހްޔާރުގެ ދެ ވަނަ މެޗުގައި އޭނާ އަތުން ހާން މޮޅުވީ، 07-11، 11-09، 10-12 އަދި 06-11 އިންނެވެ.

އަދި ފަހު ގޭމުގައިި، މުންސިފް ވަނީ ފަަަހަތުން އަރައި ތައިމޫރު އަތުން 3-1 އިން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، 10-12، 13-11، 11-07 އަދި 11-09 އިންނެވެ.

ރޭންކިންގެ ދެ ވަނަ މެޗުގައި އޮމާންއާ ކުޅެގެން ރާއްޖޭގެ ފިރިހެން ޓީމު މޮޅުވީ 3-0 އިންނެވެ. ފުރަތަމަ ގޭމުގައި އޮމާނުގެ އަލް ގަސާނީ އަތުން ޝައްފާން މޮޅުވީ، 11-04، 11-05 އަދި 11-04 އިންނެވެ. ދެ ވަނަ ގޭމުގައި، މުންސިފް ވަނީ ފަހަތުން އަރައި 3-1 އިން އަލް ބަލޫޝީ މުހައްނަދު ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 11-13، 11-08، 11-06 އަދި 11-04 އިންނެެވެ. ތިން ވަނަ ގޭމުގައި، އަހްޔާރު ވަނީ އަލް ޖަސާސީ ބާދަރު އަތުން 3-0 އިން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ، 11-05، 11-08 އަދި 11-06 އިންނެވެ.

ރޭންކިންގެ 19 އާއި 20 ވަނަ ކަނޑައަޅާ މެޗުގައި ރާއްޖޭން މިއަދު ކުޅޭނީ މޮންގޯލިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox