ގޯލްޑް ކަޕްގައި ގިނަ ރަށްތަކެއް ބައިވެރިވަނީ؛ މުއްދަތު މި މަހު 15އާ ހަމައަށް

Oct 8, 2024, 7:19 AM
2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަ ކުރުމުގެ ބޭނުމުގައި "ގޯލްޑް ކަޕް"ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ގިނަ ޓީމުތަކެއް ބައިވެރިވެފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 15 އާ ހަމައަށް އެބައޮތް ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތް ކަމަށްވާ 90 ޕްލަސް އިން މައުލޫމާތު ދީފި އެވެ.

މިދިޔަ މަހު އިއުލާނުކުރި ގޯލްޑް ކަޕް ބޭއްވުމަށް މަސައްކަތް ކުރަނި އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15އާ ހަމައަށް އޮތްއިރު، މިހާތަނަށް ވެސް ފުޓްބޯޅައިގެ މަޝްހޫރު ގިނަ ރަށްތަކުން ބައިވެރިވެފައިިވާ ކަމަށް 90 ޕްލަސް އިން ވަނީ މައުލޫމާތުދީފަ އެވެ.

އެ ގޮތުން، ބައިވެރިވި މަޝްހޫރު ރަށްތަކުގެ ތެރޭގައި، ބ. އޭދަފުށި، ޅ. ނައިފަރު، ހއ. ދިއްދޫ އަދި ފ. ނިލަންދޫ ފަދަ ފުޓްބޯޅައިގެ މަޝްހޫރު ރަށްތައް ހިމެނެ އެވެ.

މީގެ އިތުރުން ދެން ބައިވެރިވި ރަށްތަކަށް ބަލާއިރު، ގއ. ދެއްވަދޫ، ފުވައްމުލައް ސިޓީ، ކ. މާފުށި، ކ. ގުރައިދޫ އަދި ގދ. ފަރެސްމާތޮޑާ ހިމެނެ އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މި ފަހަރުގެ ގޯލްޑް ކަޕް މުބާރާތުގައި 24 ޓީމެއް ވާދަކުރާއިރު، ފުޓްބޯޅައިގެ ކާމިޔާބީ އާއި މުބާރާތްތައް ބާއްވާ ނިސްބަތާއި ރާއްޖޭގެ ސިޓީތައް ތަމްސީލްކުރާ ގޮތަށް ޓީމުތަކަށް ދައުވަތުދޭނެ އެވެ. އެ ގޮތުން، ފަސް ސިޓީ އަށް ދައުވަތުދޭއިރު، ދެން ފުރުސަތު އޮންނާނީ ފުޓްބޯޅައިގެ ކާމިޔާބީ އާއި މުބާރާތް ބޭއްވުމުގެ ނިސްބަތާއި ފުޓްބޯޅައިގެ ފޯރިގަދަ ރަށްތަކަށް ދޭ ގޮތަށެވެ. މީގެ އިތުރުން، ވެސް ފުޓްބޯޅައިގެ ކަންކަމަށް ޝައުގުވެރިކަން .ހުންނަ ރަށްރަށަށް ބައިވެރިވުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލެވިފަ އެވެ.

ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ އާއި ރަނަރަޕަށް ބައިލައްކަ ރުފިޔާ ދޭ ގޮތަށް މުބާރާތުގެ އިނާމް ފައިސާގެ ކަންކަން ރޭވިފައިވެ އެވެ.

މި ފަހަރު ބާއްވާ މުބާާރާތުގެ ފުރަތަމަ ފޭސް ހާއްސަކުރެވިފައިވަނީ، ރަށްރަށަށް ނިސްބަތްވާ މާލޭގައި ދިރިއުޅޭ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަވާ ގޮތަށް ނަމަވެސް އެ ރަށަށް ނިސްބަތްވާ ކޮންމެ ފަރާތަކަށް ވެސް ޓީމަށް ކުޅެވޭނެ އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމާ ވެސް ގުޅިގެން ކުރިއަށްގެންދާ މި މުބާރާތް، މާލެ ސަރަހައްދުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ހާއްސަ ކުރުމޭ ބުނާ ބަހުގެ މާނައިގެ ގޮތުގައި، ނައިންޓީ ޕްލަސް އިން ފާހަގަކުރީ، މި ވަގުތަށް ބަލާއިރު، ރަށުގައި ޕްރެކްޓިސްކުރުމަށް ފަހު، މާލެ އައިސް މެޗުތައް ކުޅެން ޖެހިއްޖެނަމަ ހިނގާ ހަރަދުތައް ބޮޑުވާނެތީ އެވެ.

އެ ގޮތުން، މުބާރާތް މި ފަހަރު ބާއްވާއިރު، ގޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތުން ނިންމާފައިވަނީ، މި އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން، ރަޖިސްޓްރީ ބަދަލުނުކުރާ ކުޅުންތެރިންނަށް އެ ކުޅުންތެރިން ރަޖިސްޓްރީގައި ތިބި ރަށަކަށް ކުޅެވޭ ގޮތަށެެވެ. މި ގޮތަށް ނިންމާފައިވަނީ، މި ފަހުން، މުބާރާތްތަކާ ދިމާކޮށް، ރަށްރަށަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ކަންކަން އާންމުވެފައިވާތީ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ކައުންސިލް ނޫނީ ރަށް ތަމްސީލްކުރާ ކްލަބަކަށެވެ. އެއީ، ކައުންސިލަށް މުބާރާތުގެ ދައުވަތު ފޮނުވައިގެން، ކައުންސިލުން ބައިވެރިނުވާނަމަ އެ ރަށެއްގެ ކްލަބް ޖަމިއްޔާ އަކަށް ފުރުސަތު ދޭ ގޮތަށެވެ.

މީގެ އިތުުރުން، ކުރިއަށް އޮތް އަހަރުތަކުގައި މި މުބާރާތް އިތުރަށް ބޮޑުކޮށް، ކުރިއަށް ގެންދަން ނިންމާފައިވަނީ، އިތުރު ފޭސް އަކަށް މުބާރާތުގެ ކަންކަން ފުޅާކުރާ ގޮތަށެވެ. ދެ ވަނަ ފޭސް އަށް މުބާރާތް ބޮޑުކުރާއިރު، އަތޮޅު ލެވަލްގައި، ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ގޮތަށް، ސިޓީތަކާއި އަށް ޒޯނުގައި ވެސް ކޮލިފައިން ކުުޅުމަށް ފަހު، ފައިނަލް ރައުންޑް މާލޭގައި ކުޅޭނެ އެވެ. އެއީ، މި ފަހަރުގެ ގޯލްޑް ކަޕް ބާއްވާ ގޮތަށް ފޭސް ވަން އާ ގުޅުވާލައިގެންނެވެ. އެ ގޮތުން، ފޭސް ދޭއްގައި، ދެ އަހަރު އެއް ރަށަކަށް މުބާރާތް ކުޅެފައި ނޫން ގޮތަކަށް އެހެން ރަށަކަށް ކުޅުންތެރިއަކަށް ބަދަލުނުވެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox