ރާއްޖޭން ވިއްކާފައިވާ ސުކޫކުގެ އިންޓްރެސްޓަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ސުކޫކުގެ އިންޓްރެސްޓު އަދާކުރުމާ ގުޅިގެން އިންވެސްޓަރުންގެ އިތުބާރު ބޮޑު ކުރެވޭނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ސުކޫކުގެ އިންޓްރެސްޓު އަދާކުރުމާ ގުޅިގެން އިންވެސްޓަރުންގެ އިތުބާރު ބޮޑު ކުރެވޭނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އިންޓްރެސްޓުގެ ގޮތުގައި އިންވެސްޓަރުންނަށް ދައްކަން ޖެހޭ 25 މިލިއަނެއްހާ ޑޮލަރު ދައްކައި، ހަލާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މި މައުލޫމާތު ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް، "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި މާދަމާގެ ނިޔަލަށް ދައްކަން ޖެހޭ 24.6 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ޕޭމަންޓު ސަރުކާރުން ވަނީ ދައްކާފަ އެވެ.

މި ސުކޫކު ވިއްކާފައި ވަނީ 9.875 ޕަސެންޓުގެ އިންޓްރެސްޓު ރޭޓެއްގަ އެވެ. އެހެންވެ ސުކޫކުގެ އަގު އަދާކުރެވެންދެން އަހަރަކު 49.3 މިލިއަން ޑޮލަރު އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހެ އެވެ. މި ފައިސާ ދައްކަނީ ދެ ބަޔަށް ބަހާލައިގެން، އަހަރުގެ ކުރީކޮޅާއި އަހަރުގެ ފަހުކޮޅެވެ.

Advertisement

ރާއްޖޭން ވިއްކާފައިވާ ސުކޫކުގެ އިންޓްރެސްޓު ދައްކަން ޖެހޭ ތާރީހަށް ވުރެ ކުރިން ދެއްކުމުގެ ސަބަބުން ސުކޫކުގެ އަގު ހިފަހައްޓާށާއި އިންވެސްޓަރުންގެ އިތުބާރު ހިފަހައްޓަން ވެސް ފަހިވާނެ އެވެ. މި ފައިސާ ދެއްކުމާއެކީ މިހާރު ދަށް އަގެއްގައި ޓްރޭޑު ކުރެވެމުންދާ ސުކޫކުގެ އަގު އުފުލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ސަރުކާރުން މި ފައިސާ ދައްކާފައި މިވަނީ، ފިޗާއި މޫޑީސް ފަދަ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖެ ޑީފޯލްޓު ވެދާނެ ކަމުގެ ހިރާސް ބޮޑުކަމަށް ނިންމައި، ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ރޭޓިން އެޖެންސީތަކުން ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން މުޅި ދުނިޔެއިން ވެސް އެންމެ ފުރަތަމަ ޑީފޯލްޓުވާ ސުކޫކަކީ ރާއްޖޭން ވިއްކާފައިވާ ސުކޫކަށް ވުމުގެ ބިރު ބޮޑު ކަމަށް ވެސް މާލީ ހަބަރުތައް ގެނެސްދޭ ބައިނަލްއަގުވާމީ މީޑީއާތަކުން ރިޕޯޓުކުރި އެވެ. އެއާ އެކީގައި ސުކޫކުގެ އަގު ވެސް ވަރަށް ބޮޑަށް ވެއްޓުނެވެ.

ނަމަވެސް، ބައިނަލްއަގުވާމީ ބާޒާރުގައި މި ސުކޫކު މިހާރު ޓްރޭޑު ކުރެވެމުން ދަނީ ކުރިއަށް ވުރެ ރަނގަޅު އަގެއްގައި ކަން ފާހަގަކޮށްލެވެ އެވެ. މިހާރު ސުކޫކުގެ އަގު ހުރީ ޑޮލަރަކަށް 76 ސެންޓުގަ އެވެ. އަގު އެންމެ ބޮޑަށް ދަށްވީއިރު، ސުކޫކުގެ އަގު ޑޮލަރަކަށް 66 ސެންޓަށް ވެއްޓުނެވެ.

ސުކޫކު އަގު އުފުލި، ސްޓޭބަލް ވާން ފަހިކޮށްދިން މައިގަނޑު ސަބަބަކީ އިންޑިއާ ސަރުކާރު މެދުވެރިވެގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ ބޮންޑަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އަންނަ އަހަރަށް ފަސްކޮށްދިނުމެވެ. އިންޑިއާ ސަރުކާރުން މިކަން ފަހިކޮށްދިނީ ދިވެހި ސަރުކާރުން އެދިގެން އެ ގައުމުން ފޯރުކޮށްދިން ބަޖެޓު ސަޕޯޓެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox