އެފްއޭއެމް އިން 52 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

Oct 4, 2024, 7:06 AM
އެފްއޭއެމް ހައުސް: ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުން ބޮންސުންލާފައި އޮތްއިރު، ދަރަނީގެ ގިނަ މައްސަލަތަކެއްގައި ކޯޓުން ވަނީ ހުކުމްކޮށްފައި--- ފޮޓޯ: އަދަދު

އެފްއޭއެމް ހައުސް: ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުން ބޮންސުންލާފައި އޮތްއިރު، ދަރަނީގެ ގިނަ މައްސަލަތަކެއްގައި ކޯޓުން ވަނީ ހުކުމްކޮށްފައި--- ފޮޓޯ: އަދަދު

ދެކުނު ކޮރެއާގެ ކުންފުންްޏެއް ކަމަށްވާ، ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދައްކަން ޖެހޭ ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ، އެފްއޭއެމް އާއި ޓީކުއިން ކޮންސްޓްރަކްޝަން ދެމެދުގައި، 20 މާޗް 2021 ގައި، އެއްބަސްވުމެއް ގާއިމްކުރެވުނު ކަމަށެވެ.

ވެވުނު، އެ އެއްބަސްވުމުގެ ދަށުން ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ އަގުތަކުގެ ގޮތުގަޔާއި ހުޅުމާލޭގައި ކުރެވިފައިވާ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ އަގުގެ ގޮތުގަޔާއި އެފްއޭއެމް އިން އަންގައިގެން ގެނެވުނު ބަދަލުތަކުގެ އަގު އަދި މި މައްސަަލައިގެ ތެރޭގައި، ގާނޫނީ ކަންކަން ފުރިހަމަ ކުރަން ހިނގި ހަރަދުތަކުގެ ގޮތުގައި، ޓީކުއިން ކޮންސްޓްރަކްޝަން އިން ހުށަހެޅީ، އެފްއޭއެމް އަތުން ފަސް މިލިއަން، ނުވަ ލައްކަ އެގާރަ ހާސް ދުއިސައްތަ ޑޮލަރު ހޯދުމަށެވެ.

އެފްއޭއެމް އިން ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލް އެޅުމަށް ހޯދި ބިން: އެ ބިން މިހާރު ވަނީ އެޗްޑީސީން އަތުލައިފައި: މިއީ ފުޓްބޯޅަ ސްކޫލާ އެކު ޓާފް ދަނޑުތަކެއް އަޅަން ނިންމި ބިމެއް.--- ފޮޓޯ: އަދަދު

އެކަމަކު، މައްސަލަ ނިންމިއިރު، ކޯޓުން އެންގީ، ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) މި މަހު އެއް ވަނަ ދުވަހުން ފެށިގެން، އެއް މަސް ތެރޭ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ.

އެފްއޭއެމްގެ މާލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފަ އެވެ.

އެ ކޮމިޓީގެ މަސައްކަތް ފެށިތާ، މަހެއްހާ ދުވަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު ވިދާޅުވީ، މި ވަގުތު، ލިޔެކިޔުމުން ފެންނަން ހުރި ދަރަންޏަށް ބަލާއިރު އުޅެނީ 30-35 މިލިއަން ރުފިޔާގެ ދެމެދުގައި ކަމަށެވެ. އެކަމަކު، ހުރިހާ ކަމެއްގެ މައުލޫމާތަށް ބަލާއިރު، ޖުމްލަ ދަރަނި، 85 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އެފްއޭއެމް އިން ފައިސާ ދޭން ޖެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން، ދަރަނީގެ ކަންކަން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ނޯމަލައިޒިން ކޮމިޓީން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާތީ އާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި ފީފާ އިން އެފްއޭއެމް އަށް ދިން ކޮވިޑް ލޯނުން، ބައްސާމް ވަނީ އަމީން އެވެނިއު އިން ދެ ޕެންޓް ހައުސް ގަނެފަ އެވެ. އެ ދެ ޕެންޓް ހައުސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox