އިޒްރޭލުން ލުބްނާނު ބޯޑަރު ހުރަސްކޮށް، އެއްގަމުން އަރައިގަނެ ހަމަލާ ދެނީ

އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން: އިޒްރޭލުން ވަނީ އެއްގަމުން ލުބްނާނަށް އަރައިގަނެފައި -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން: އިޒްރޭލުން ވަނީ އެއްގަމުން ލުބްނާނަށް އަރައިގަނެފައި -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ދެކުނު ލުބްނާނު ބޯޑަރު ހުރަސްކޮށް، އެއްގަމުން އަރައިގަނެ ހަމަލާތައް ދޭން ރޭ ފަށައިފި އެވެ.

"އަލްޖަޒީރާ" އިން ބުނީ ބޯޑަރު ހުރަސްކޮށް އިޒްރޭލުން ލުބްނާނަށް އަރައިގަތުމާއެކު ހިޒްބުﷲ އާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ.

އިޒްރޭލުން ބުނީ ލުބްނާނުގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ އާ ދެކޮޅަށް އެއްގަމުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އޮޕަރޭޝަންގެ ތެރެއިން ހިޒްބުﷲ އިން ހަރަކާތްތެރިވަމުން އަންނަ ސަރަހައްދުތަކަށް ހަމަލާތައް ދޭނެ ކަމަށެވެ.

Advertisement

އޭގެއިތުރުން އިޒްރޭލުން އަންނަނީ ލުބްނާނުގެ ބައެއް ސަރަހައްދުތަކުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ދިޔުމަށް އިންޒާރު ވެސް ދެމުންނެވެ.

ހިޒްބުﷲ އިން ބުނީ އެއްގަމުން އެރި އިޒްރޭލުގެ ބައެއް ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށާއި ބައެއް ހަމަލާތައް ކާމިޔާބު ކަމަށެވެ.

މިއީ އިޒްރޭލުން 2006 ގެ ފަހުން ލުބްނާނަށް އެއްގަމުން އަރައިގަނެ، ހަމަލާތައް ދޭން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު ފާއިތުވެދިޔަ ދެ ހަފްތާގައި ވައިގެ މަގުން މެދުނުކެނޑި އިޒްރޭލުން ދިޔައީ ލުބްނާނަށް ހަމަލާ ދެމުންނެވެ.

ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި 95 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އަދި ޖުމްލަ މަރުވި މީހުންގެ އަދަދު 1،000 އަށްވުރެ ގިނަ ކަމަށެވެ.

އިޒްރޭލުން އަންނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ގާޒާއަށް ވެސް މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 41،615 އަށް ވަނީ އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox