ލުބްނާން
42 ލިޔުން
ފަހުގެ
ދުނިޔެއިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި މީހަކަށް އެމެރިކާގެ އެހީ
އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ސީރިޔާގެ ކުރީގެ ޖެނެރަލް ބައްސާމް އަލް ހަސަންއަށް، އެމެރިކާ އާއި ލުބުނާނުން ޚަރަދުކޮށް ހިމާޔަތް ދެމުންދާކަން ތަހުގީގަކުން ވަނީ ފަޅާއަރާފައެވެ. އޭނާއަށް މި ހިމާޔަތް ދެނީ ވަގަށް ނަގާފައިވާ އެމެރިކާގެ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އެއްބަސްވުމުން ކަމަށްވާއިރު، ސީރިޔާގެ އާ ސަރުކާރުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ދުނިޔެއިރާނުން އެއްބަސްވުމަކަށް އަންނަން ތައްޔާރެއް ނޫން: ޓްރަމްޕް
އީރާނުން އެކަށީގެންވާ އެއްބަސްވުމަކަށް އަންނަން ތައްޔާރު ނޫން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެ ގައުމާ ދެކޮޅަށް ތާރީހީ ގޮތުން އެންމެ ހަރުކަށި މާލީ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. މި ފިޔަވަޅުތަކުގެ ތަފުސީލު ހޯމަ ދުވަހު ހާމަކުރަން ނިންމާފައިވާއިރު، ހޯރްމުޒް ކަނޑުއޮޅީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އީރާނަށް އެހީތެރިވާ ގައުމުތަކަށް ވެސް އިގްތިސާދީ ގެއްލުން ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
