އިޒްރޭލުން ހިޒްބުﷲ ގެ ހާޝިމް ސަފީއުއްދީން މަރާލިކަން އިއުލާންކޮށްފި

 ހިޒްބުﷲ ގެ ހާޝިމް ސަފީއުއްދީން: އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ވަނީ މަރާލާފައި

ހިޒްބުﷲ ގެ ހާޝިމް ސަފީއުއްދީން: އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ވަނީ މަރާލާފައި

ހިޒްބުﷲ ގެ ލީޑަރުކަމާ ހަވާލުވާނެ ކަމަށް ބެލެވުނު ހާޝިމް ސަފީއުއްދީން މި މަހު ކުރީކޮޅު މަރާލާފައިވާ ކަމަށް އިޒްރޭލުން އިއުލާން ކޮށްފި އެވެ.

އިޒްރޭލުން ބުނީ ހާޝިމް ސަފީއުއްދީން މަރާލީ ލުބްނާނަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށާއި އެ ހަމަލާގައި އޭނާގެ އިތުރުން ހިޒްބުﷲ އަށް ނިސްބަތްވާ ބައެއް މީހުން ވެސް މަރުވި ކަމަށެވެ.

ނަމަވެސް ހާޝިމް ސަފީއުއްދީން މަރުވިކަން ހިޒްބުﷲ އިން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުުވެ އެވެ.

Advertisement

ހިޒްބުﷲ ގެ ކުރީގެ ލީޑަރު ހަސަން ނަސްރަﷲ އާ އާއިލީ ގޮތުން ގުޅުން އޮތް ހާޝިމް ސަފީއުއްދީންއާ މި މަހު ކުރީ ކޮޅުން ފެށިގެން ހިޒްބުﷲ އަށް ގުޅޭ ގޮތް ނުވާ ކަމަށް ރިޕޯޓްތައް ދިޔައީ ބުނަމުންނެވެ.

އުމުރުން 60 އަހަރުގެ ހާޝިމް ސަފީއުއްދީން އަކީ ހިޒްބުﷲ ގެ އެގްޒެކެޓިވް ކައުންސިލްގެ ހެޑެވެ. އޭނާ ދިޔައީ އެ ޖަމާއަތަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުންނެވެ.

އިޒްރޭލުން ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު އަވަހާރަކޮށްލުމާ ގުޅިގެން އެ ޖަމާއަތުގެ ލީޑަރުގެ މަގާމު ވަނީ ހުސްވެފަ އެވެ. މިހާތަނަށް ލީޑަރުކަމާ ހަވާލުވާނީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އިޒްރޭލުން ދަނީ ލުބްނާނުގެ ހިޒްބުﷲ ގެ އިތުރުން ގާޒާގެ ހަމާސްއާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވާ އާންމުންގެ އަދަދު ކަންބޮޑުވާ ދަރަޖައަށް އިތުރުވެ، މެދުއިރުމަތީގައި ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox