އިޒްރޭލުން ލުބްނާނު ސަރުކާރުގެ ހެޑްކުއާޓާސް ކައިރިއަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

އިޒްރޭލުން ބެއިރޫތަށް ހަމަލާ ދިނުން: ހަމަލާތައް އަމާޒުކުރީ ލުބްނާނު ސަރުކާރުގެ ހެޑްކުއާޓާސް އާއި ގިނަ އަދަދެއްގެ އެމްބަސީތައް ހުރި ސަރަހައްދަކަށް -- ފޮޓޯ: ރޮއިޓާސް

އިޒްރޭލުން ބެއިރޫތަށް ހަމަލާ ދިނުން: ހަމަލާތައް އަމާޒުކުރީ ލުބްނާނު ސަރުކާރުގެ ހެޑްކުއާޓާސް އާއި ގިނަ އަދަދެއްގެ އެމްބަސީތައް ހުރި ސަރަހައްދަކަށް -- ފޮޓޯ: ރޮއިޓާސް

އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި ލުބްނާނުގެ ބެއިރޫތުގައި ހުންނަ ސަރުކާރުގެ ހެޑްކުއާޓާސްގެ އިތުރުން ގިނަ އަދަދެއްގެ އެމްބަސީތައް ހިމެނޭ ސަރަހައްދަކަށް ހަމަލާދީ ފަސް މީހަކު މަރާލައިފި އެވެ.

އިޒްރޭލުން ވައިގެ މަގުން ދިން އެ ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު 24 އަށް ވުރެ ގިނައިރު، ހަމަލާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ހަމަލާތަކުގައި ލުބްނާނު ސަރުކާރުގެ ހެޑްކުއާޓާސްއަށް އަދި އެއްވެސް އެމްބަސީއަކަށް އަމާޒުވެފައެއް ނުވެ އެވެ.

Advertisement

އެ ހަމަލާތައް އިޒްރޭލުން އަމާޒު ކުރަނީ ލުބްނާނުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުގެ މީހުންނަށް އަމާޒުކޮށް ކަމަށް އެ ގައުމުން ބުނެ އެވެ. ނަމަވެސް ހަމަލާތަކުގައި ކަމާ ނުބެހޭ ގިނަ އަދަދެއްގެ އާންމުން އަންނަނީ މަރުވަމުންނެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3،500 އަށްވުރެ އިތުރެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 15،000 އާ ގާތް ކުރެ އެވެ.

ލުބްނާނުގެ އިތުރުން އިޒްރޭލުން އަންނަނީ ކޮންމެ ދުވަހަކު ވެސް ފަލަސްތީނުގެ ގާޒާއަށް މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 44،000 އާ ގާތް ކުރާއިރު، ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުގެ އަމަލުތައް ގައުމުތަކުން ކުށްވެރިކޮށް އެކަން ހުއްޓާލަމުން ގޮވާލަމުން ދިޔަ ނަމަވެސް، މިހާތަނަށް އެ އަމަލުތައް ހުއްޓާލަން އެ ގައުމުން އެއްބަސްވުމަކަށް އައިސްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox