ކޯޓުއާ އަށް އަނިޔާވެ، ޗެމްޕިއަންސް ލީގު މެޗުގައި ނުކުޅެވިދާނެ

Oct 1, 2024, 2:47 AM
ކޯޓުއާ އަށް އަނިޔާވެ، ޗެމްޕިއަންސް ލީގު މެޗުގައި ނުކުޅެވިދާނެ

މެޑްރިޑް (އޮކްޓޫބަރު 1) - ޔޫރަޕްގެ ޗެމްޕިއަން، ރެއާލް މެޑްރިޑްގެ އެއް ނަމްބަރު ކީޕަރު ތިބޯ ކޯޓުއާ އަށް އަނިޔާވެ، ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލްއާ ދެކޮލަށް ކުޅޭ މެޗުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ރެއާލުން ބުނީ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގެ ފަހުކޮޅު ކޯޓުއާ އަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް މެޗުގައި ކުޅުމުގެ ފުރުސަތު ކޯޓުއާ އޮތްތޯ ބެލުމަށް ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ރެއާލުން ބުނެފައިވެ އެވެ.

ކޯޓުއާ އަނިޔާވުމުން ރެއާލުން އޭނާގެ ބަދަލުގައި ޗެމްޕިއަންސް ލީގު މެޗަށް ނެރޭނެ ކަމަށް ބެލެވެނީ، ކުރިން ވެސް އެ މަގާމު ފުރި އަންޑްރީ ލުނިން އެވެ.

މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ވެސް ލުނިން ވަނީ ކޯޓުއާ އަށް އަނިޔާވުމުން ރެއާލްގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި އޭނާ ވަނީ ރެއާލާ އެކު މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއާ އެކު, ޔޫރަޕްގެ ގިނަ ޓީމުތަކުން ލުނިން އަށް ފާރަލި އެވެ. އެކަމަކު، އޭނާ ވަނީ ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ލުނިންގެ ހިއްސާ ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox