ކަނދި ކަމަނާ މަސް ތެލުލުން

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

މިސާލު ޖެހުމަކީ ކަމަކާ އެއްފަދަ ކުރުމެވެ. ސުރުހީގައި އެވަނީ ދިވެހި ބަހުގެ މިސާލު ބަހެކެވެ. ދިވެހި ބަހުގެ މިސާލު ބަސްތަކުގެ އަސްލު ނިސްބަތްވަނީ ކޮން ހާދިސާއަކަށް ކަން އެނގެނީ މަދު މިސާލު ބަހެއްގަ އެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް މި ބޭނުންކޮށްއުޅޭ މިސާލު ބަސްތަކަކީ ވަރަށް ޒަމާންވީ ހާދިސާތަކަކާ ގުޅުންހުރި މިސާލު ބަސްތަކެވެ. ސުރުހީގައި އެއޮތް މިސާލު ބަސް، މީގެ ފަންސާހަކަށް އަހަރު ކުރީގެ ލިޔުންތަކުންވެސް ފެންނާން އެބައޮތެވެ. އޭރު ދޮށީ އުމުރުގެ ބޭފުޅުން އެ މިސާލު ޖައްސަވާފައި އޮތީ އެ ބޭފުޅުންގެ ޅަ ދުވަހުއްސުރެ އަޑުއައްސަވާ ވާހަކައަކަށްވާތީ އެވެ.

ކަނދި ކަމަނާ އޭ ކިޔާތީ އެއީ އަންހެނުންގެ ތެރެއިން މާތް އަންހެނެއްގެ ވާހަކަ ކަން އެބަ އެނގެ އެވެ. އެހެނީ ކަމަނާ އަކީ މާތްކުރުމުގެ ގޮތުން އަންހެނުންނަށް ކިޔައި އުޅޭ ނަމެކެވެ. ނުވަތަ އަނެއް ގޮތަކީ މަލާމާތުގެ ގޮތުން އެނަން ބޭނުންކުރުމެވެ. ކަމަނާގެ ދަރަޖަ ލިބިގެން ނުވާ އަންހެނަކާ މުހާތަބުކޮށް އެނަން ބޭނުންކޮށްފައި ހުރީތީ ފެންނަނީ މަލާމާތުގެ ގޮތުންނެވެ. ދިވެހި ތާރީހުގައި ފާހަގަކުރެވޭ ކަމަނަތަކުގެ ތެރޭގައި 'ކަނދި ކަމަނާ' އެއް އަޅުގަނޑަަށް ނުފެނުނެވެ.

މި މިސާލުބަސް އުފެދުނު ވާހަކަ ކިޔައި އުޅޭ ގޮތަކީ މިއީ އެވެ. ރަށުގެ އިއްޒަތްތެރި ގެއަކަށް މާ އިއްޒަތްތެރި މެހެމާނުންތަކެއް އަންނާތީ އެ ބޭފުޅުންނަށް އެކަށީގެންވާ ވަރުގެ ޖާފަތެއް ތައްޔާރުކުރެވެނީ އެވެ. އެ މަސައްކަތާ ހަވާލުވީ މި ކަނދި ކަމަނާ އެވެ. އެހެންނަމަވެސް ކަމަނާގެ މިޒާޖުފުޅުގައި ހުރީ އިންތިހާއަށް ކަންނެތްކަމެވެ. އެހެންވެ، މިވަރުގެ ޖާފަތެއް ތައްޔާރުކުރުމަކީ މިކަމަނާއަށް ކުޅަދާނަވެގެންވާނޭ ކަމެއް ނޫނެވެ. އެެހެންނަމަވެސް ކަމަނާވެސް ތައުރީފާއި ރީތި ނަން ބޭނުމެވެ. އެހެންވެ އެ މަސައްކަތާ ހަވާލުވީ އެވެ.

މަސައްކަތަށް ފެށުމުގެ ކުރިން ހަމަޖެހިލަން ކަމަށް ހިތައި ކަމަނާ ފުރަތަމަ އަޅާލީ ދުންގަނޑެކެވެ. ކަމަނާ އޮންނެވި ތަނުގައި އޮންނަވައިގެން ދުންގަނޑު ތައްޔާރުކުރުވީ އެންމެ ދޮށީ ދަރި ލައްވަ އެވެ. އަބުނަ ތައްޔާރުކޮށް، އޭގެ މަތީގައި ސަަދަބު ޖަހައިދީ ސަދަބަށް ސިލުނބު ޖަހައި ދިނީވެސް ދޮށީ ދަރި އެވެ. ދޮށީ ދަރީގެ އަތުން ނޮޅި ދިއްކޮށްލުމުން ކަމަނާ ނޮޅި ދަންމަވައި ދުން ބުރުއްސަވަނީ އެވެ. މިހެން އޮވެގެން ގޮވަ އެވެ. މަގޭ ގަޔަކު މި ރިއްސާ ރިއްސުމަކުން މިއަދު ޖާފަތަކަށް ތައްޔާރުކުރެވޭނޭ ހަމަ އެއްގޮތެއްވެސް ނެތެވެ. އެކޮއިމެން މިކަމާ އުޅެދޭށެވެ.

ކަމަނާގެ ދަރިންފަތި މުރާލި ކަމާއެކު ކެއުން ތައްޔާރުކުރުމުގައި އެބަ އުޅެ އެވެ. ކަމަނާގެ ކަމަކީ ގުޑުގުޑާ ނޮޅި ދަންމަވަމުން ގޮތްފާޑު ކިއުމެވެ. ތައްޔާރުކުރަންވީ ބާވަތްތައް ބުނެ ދިނުމެވެ. މިރުހުލީ މަހާއި، ހަނާކުރި މަހާއި މުސައްމާ ރިހައާއި، ބޯފޮޅިއާއި ހިކިރިހަ އާއި، ފިހުނު މަހާއި ފެނުކެއްކި ކޭލާއި ގަރުދިޔަ އާއި އެކި ބާވަތުގެ ކަނދިތަކާއި މިފަދަ މޮޅެތި ކެއުންތަކާއި ބުއިންތައް ކެކެމުން އެބަހަރަ ދެ އެވެ. ކަމަނާ އޮންނެވީ މި ކެއްކުންތަކުގެ މީރު ވަސް ފޯރާ ހިސާބުގައި ދުން ބައްލަވާށެވެ.

މިހެން އޮއްވައި ކައްކައި އަވަދިވެއްޖެ އެވެ. އޭރު ރޭގަނޑުގެ ފަރިއްކޮޅަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާ ވަގުތުވެސް ޖެހިއްޖެ އެވެ. ކަމަނާއަށް ކުއްލި މުރާލި ކަމެއް އައިސް، އޮންނެވި ތަނުން އުފުލި ހަށިގަނޑު ސީދާކޮށްލުމާއެކު މޯޅިއަކަށް ދެމި ދެއަތަކަށް ލެނބިލައިފި އެވެ. އެއާކު ހިންގާލަން ފެށީ ކުޑަބުރުގަ އެވެ. ކެކިފައި ހުރިހައި ކާތަކެތި ސުފުރާ މައްޗަށް އުފުލައި ދޭން ދަރިންނަށް އަމުރުކޮށްފި އެވެ. ދަރިން އެ މަސައްކަތް ހިންގާލާއިރު ކަމަނާވެސް އެކަމުގައި ޝާމިލުވެގެން އުޅެގެންފި އެވެ. ކަމަނާގެ ފިރިސޮރު މެހެމާނުންނާއެކު އައިސް ގެއަށް ވަނީ މިވަގުތު އެވެ. މެހެމާނުން އަންނާތީ ހުރިހާ ދަރިންކޮޅު އެތެރެ ކޮޓަރިއަށް ފޮނުވާލައި، ކަމަނާ ކަނޑިކި އަރުވާޖަހައި، މަސައްކަތުގައި އިހުނަށްވުރެ މުރާލިވެގެންފި އެވެ.

މެހެމާނުން ގޮވައިގެން ކާކޮޓަރިއަށް ވަދެވުނުއިރު ސުފުރާ ތައްޔާރުވެ ނިމެނީ އެވެ. އޭރު ކަމަނާގެ ހަރަކާތްތައް ހުރީ ކުޑަބުރުގަ އެވެ. ކަމަނާގެ ފިރިމީހާ ބުނެ އެވެ. ކަމަނާ މިއަދު އުޅެނީވެސް ކުޑަކޮށް ބަލިވެ އެވެ. ކަމަނާ ބުނެ އެވެ. ބައްޔަސް މަގޭ ފިރިމީހާގެ މެހެމާނުން އަންނަންވާއިރަށް ޖާފަތް ތައްޔާރުކުރުމަކީ މަގޭ މައްޗަށްވާ ވާޖިބެއް ނޫން ހެއްޔެވެ. މެހެމާނުން ކަމަނާއަށް ބަލާލީ ތައުރީފުގެ ލޮލަކުންނެވެ.

ސުފުރާ މަތީގައި އިށީނދެ ތިބި މީހުން ޖާފަތަށް އިންސާފުކުރަން ފެށި އެވެ. ފެނުކެއްކި ކޭލާއި ހުންޏަށް ގަރުދިޔަ އަޅައި ލޮނުމިރުސްލައި، މިރުސްލީ މަސްކޮޅަކާއެކު ފުރަތަމަ ސުވާ އަނގަޔަށް ލުމާއެކު މެހެމާނަކު ބުންޏެވެ. ހައުދަހައިވާ މީރެވެ. މިހައި މީރު ކެއުމެއް ނުކާތާ ޒަމާނެއް ވެދާނެ އެވެ. ކަމަނާ ބުނެ އެވެ. ކެއްކުމަކީ އަހަރެންގެ ހިތަށް އުފާވެރިކަން ލިބޭ ކަމެކެވެ. އެހެންނޫނަސް ތިޔައީ އަހަރެން ކުޑައިރުއްސުރެ ކޮށްފަރިތަ ކަމެކެވެ. އެހެން މެހެމާނަކު މާ ހިތާނުވެފައި ކަހަލަ ގޮތަކަށް އިންނާތީ ސުވާލުކުރުމުން އެބަ ބުނެ އެވެ. ފުރަތަމަ ސުވާއާއެކު އަނގައިގައި ޖެހުނީ ގާކޮޅެކެވެ. ކަމަނާ ނިކަން ފުސް މޫނު ހަދާފައި ބުނެ އެވެ. ތިޔަ ވާނީ މަގޭ ހަގުދަރީގެ ކަމަކަށެވެ. ބަދިގެއިން ހަމަ ނުކުމެލި ވަގުތު އޭނަ ކުޅެން އުޅެފައި ތިޔަ ތަނަކަށް ވަނެވެ. އެހެން މެހެމާނަކު ބޯފޮޅީގައި އޮތް އިސްތައްޓެއް ނަގާތަން ކަމަނާއަށް ފެނިއްޖެ އެވެ. ކަމަނާ ބުންޏެވެ. ސުބުހާނައްﷲ އެވެ. އަހަރެން ގިފިއްޔަކަށް ވަދެލަން ދަމުން ދެ ބޯފޮޅިއެއް އަޅާލަދޭށޭ މަގޭ ދޮށީ ދަރި ގާތުގައި ބުނީމެވެ. ތިޔަހަރީ އޭނާ ތިޔަކަން ކުރި ގޮތެވެ. އޭގެ ފަހުންވެސް އެ ޖާފަތުން ފެނުނީ އެކަހަލަ ކިތަންމެ ކަމެކެވެ. ލޮނު ރަހަ ލާންވާ ކެއުންތަކުގައި ފޮނި ރަހަ ލުމާއި، ރަހައެއް އަމުދުން ނެތުން ފަދަ ކިތަންމެ ކަމެކެވެ.

އިސް ދަށަށް ޖަހައިގެން ހުރެ، ދެން މެހެމާނުންގެ ކުރިމަތީގައި ކަމަނާގެ ތަގުރީރު ފެށީ ސާފު ތާހިރުކަމާއި މިހާރުގެ ކުދިންގެ ފަރުވާ ކުޑަކަމުގެ މައްޗަށެވެ. އެކުދިންގެ ތެރެއިން ބައެއް ކުދިން ހާޒިރުކޮށް ވަށިވަށިން ދިނެވެ. ކުދިން އަމާ ކުރިމަތީގައި އެއްޗެއް ނުބުނާން ހިމޭނުން ތިބީ އެވެ.

އެ ޖާފަތުގައި ރަނގަޅަށް ހުރި ހުރިހާ ކަމެއް ކުރީ ކަމަނާ އެވެ. ގޯސްކޮށް ހުރި ހުރިހާ ކަމަކީ އެހެން މީހުން ކުޅަ ކަންކަމެވެ. ފަހުން މިވާހަކައިން އުފެދުނީ މިސާލު ބަހެކެވެ. ދިވެހި ބަހުގައި މި މިސާލު ބަސް ބޭނުންކޮށް އުޅެނީ ތިމާ ކުރާން އުޅޭ މަސައްކަތުގެ ގިނަ ބައި ތިމާ އިންތާ އިނދެގެން އެހެން މީހުން ލައްވައި ކުރުވައިފައި މި ކުރި ކަމެއް ރަނގަޅުވެއްޖެއްޔާ ތިމާ ކުރި ކަމެއް ކަމުގައި ހަދައި، ނުބައި ވެއްޖިއްޔާ އެހެން މީހުން މަތިއެޅުވުމަށެވެ. ރަނގަޅިއްޔާ އެކަން ކުށީ މަށެވެ. ގޯހިއްޔާ އެއީ އެހެން މީހެކެވެ.

މިއީ ކަނދިކަމަނާ މަސްތެލުލި ގޮތުގެ ވާހަކަ އެވެ. މިސާލު ބަހަކަށްވީމާ މި ބަސް ނިސްބަތްކުރެވޭނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ކަނދި ސާހިބުން ވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ފިރިހެނުންގެ ތެރެއިން މިފަދަ މީހުންނަށް ކިޔޭނޭ ރަނގަޅު ނަމެއް ނިކަން ބުނެދީބަލާށެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox