މިސްޔާރު ކައިވެނި؛ އިޖުތިމާއީ މައްސަލަތަކެއްގެ ހައްލު

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

ވިޔަފާރިއަށް އެކި ގައުމުތަކަށް އަރަބި ފިރިހެނުން ދާދިއުމުގައި އަންހެނުންނާ ހިތާވަނީއެވެ. އާންމު އުސޫލުން މިކުރާ ކަހަލަ ކާވެންޏެއް ކުރަން ވިސްނާ ކޮންމެ ފަހަރަކު ދޮށީ އަނބި ވަރިވުމާއި ދަރިންކޮޅު ނިކަމެތިވުން ފަދަ ކިތަންމެ ބިރުވެރިކަމެއް އެފަދަ މީހުންގެ ހިޔާލުގައި އުނދަގޫކުރެއެވެ. އެކަމަކު ފަހުން ފެނުނު މައު ބިނދެ ނުލައިވެސް އެފަދަ މީހުންގެ ހިތަކަށް ކެތެއް ނުވެއެވެ.

ދެން ހުންނަނީ ފުދުންތެރި ހުއްސަރިބައި އަރަބި ކަނބުލޭގެއެކެވެ. އާންމު ބޯދާ ފިރިހެނަކަށް ބޭނުންވެދާނެ ގެވެހި އަތްނބެއްގެ ހިދުމަތް ދެވޭނެ ވަގުތެއް އެކަނބުލޭގެއަކަށް ނެތެވެ. އަދި އެއީކީ އޭނާ މާ ގަޔާވާ ގޮތެއް ވެސް ނޫނެވެ. އޭނާއަށް ހަރަދު ކުރާނެ މީހަކު ނުވެގެން ކޮންމެހެން އޭނާ ނޫޅެއެވެ. އޭނާ ފުދުންތެރިއެވެ. އެކަމަކު އޭނާއަށްވެސް ކޮންމެވެސް ވަގުތެއްގައި ހަމަހިމޭންކަން ގެނެސްދޭނެ ބައިވެރިއަކު ބޭނުންވެއެވެ.

މައިގަނޑު ގޮތެއްގައި އަރަބި ގައުމުތަކުގައި މިސްޔާރު ކައިވެނި އުފަންވެގެން ދިޔައީ މިފަދަ ހާލަތްތަކަށް ގެނެވޭ އިސްލާމީ ހައްލެއްގެ ގޮތުގައެވެ. ފެށިގެން އައިއިރު މިކަމަކީ ދެ އަތްނބަށް އިންނަން ބޭނުންވާ މީހުން އެމީހުންގެ ދެވަނަ ކައިވެނި ދޮށީ އަތްނބަށް ސިއްރުކުރުމުގެ ގޮތުން އިހުތިޔާރުކުރަން ފެށި މަގެއް ނަމަވެސް މި ކޮންސެޕްޓް މާބޮޑަށް ބަލައިގަނެވި އާންމުންގެ ތެރޭގައި މިކަން ގިނަވާން ފެށިއެވެ.

Advertisement

މިސްޔާރު މިއީ އަރަބި ލަފުޒެކެވެ. އެއް މާނައަކީ ހިނގުމެވެ. ހިނގާ އުޅުމެވެ. ގޮސްއުޅުމެވެ. މިސްޔާރު ކާވެނިކޮށްގެން އުޅޭއިރު ވަރަށް ގިނަ ފަހަރަށް ދެމަފިރިން އުޅޭނީ އެއްފުރާޅެއްގެ ދަށަކު ނޫނެވެ. ދެ ގެއެއްގައި ކިއެއްތަ ދެ ގައުމެއްގައި ވެސް އުޅެދާނެއެވެ. އެހެންވީމާ އަނބިމީހާ ފިރިމީހާގެ ގާތަށް ދަނީއެވެ. ފިރިމީހާ އަނބިމީހާގެ ގާތަށް ގޮސް އުޅެނީއެވެ. އެހެންވީމާ މިސްޔާރު ކައިވެންޏަށް އެނަން ދެވުނީއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އިސްލާމީ އުސޫލުތަކުގެ މަތިން ކުރެވޭ އާންމު ކައިވެނީގެ ހަމަތައް ނިޔާކުރަނީ ދެމަފިރިން އެއްފުރާޅެއްގެ ދަށުގައި އެކީ އުޅުމަށެވެ. އަނބިމީހާއަށް ބޯ ހިޔާވަހިކަން ދިނުމާއި ހަރަދުކުރުމާއި ގަވައިދުން އަނބިމީހާއާއެކު އެއްދާންކުރުމާއި ރޭކުރުމާއި ރިވެތިގޮތުގައި މުއާމަލާތްކުރުމާއި މިކަންކަމަކީ އިސްލާމީ އާންމު ކައިވެންޏެއްގެ ލާޒިމް ޝަރުތުތަކެވެ. އަދި ދެމީހުންމެ އެކަކު އަނެކަކަށް އަބަދުމެ އެއްބާރުލުންދީ އެކަކު ފަދައިން އެކުގައި ދިރިއުޅުން ކުރިޔަށް ގެންދިއުމުގެ މަގަށް ހުރިހާ ކަމެއް ބައްޓަންކުރުމަކީ އާންމު ކައިވެނީގެ މައިގަނޑު އަމާޒެވެ.

މިސްޔާރު ކައިވެންޏަކީ ދެމަފިރިން އެކަކު އަނެކާއަށް އަދާކޮށްދިނުން ލާޒިމް ބައެއް ހައްގު އެ ހައްގުގެ ވެރިފަރާތުން ރުހުމުގައި ދޫކޮށްލައިގެން އެހައްގު ނެތަސް އެންމެ ރަނގަޅުކަމަށް ރުހިގެން ކުރެވޭ ކައިވެންޏެވެ. މިސާލަކަށް ގަވައިދުން ރޭނުކުރިޔަސް އެންމެ ރަނގަޅުކަމުގައި އަންހެން މީހާ ރުހެނީއެވެ. ހަރަދު ލިބުމުގެ ހައްގު އަންހެން މީހާ ދޫކޮށްލަނީއެވެ. ބޯހިޔާވަހިކަން ނުދިނަސް އެންމެ ރަނގަޅުކަމުގައި ނިންމަނީއެވެ. އޭގެ މުގާބިލުގައި ފިރިހެން މީހާ އޭނާއަށް ލިބެންޖެހޭ ވަގުތާއި ޚިދުމަތް ލިމިޓްވެފައި އޮތުމަށް ފިރިހެން މީހާ ވެސް ރުހެނީއެވެ.

ފެށުމުގައި ވެސް ކައިވެނިކުރަނީ އެ ރުހުން އެހެން އޮތްކަން ދެ ފަރާތަށް އެނގިގެން އެކަމުގެ މައްޗަށް އެއްބަސްވެގެންކަމަށްވާތީ، އެކަމަކީ ކައިވެނީގެ ވަކިހިސާބަކުން ފެންމަތިވާ މައްސަލައެއްގެ ގޮތުގައި އުފަންވާ ކަމަކަށް ނުވެއެވެ. މިސްޔާރު ކައިވެންޏެއް ކޮށްގެން އުޅޭއިރު، ދެމަފިރިން އެކަކު އަނެކެއްގެ ފުށުން ހިތްހަމަޖެހުމާއި އަރާމު ލިބިގަންނަމުން އެކުވެރިކަމާއި އޭގެ މަންފާ ލިބިގަންނަމުންދާނެއެވެ. އިތުރު ލާޒިމް ހަރަދުތަކެއް ނުހިނގާ ކަމަށްޓަކައި ފިރިހެން މީހާއަށް ވެސް އެގޮތް ވަރަށް ފަސޭހައެވެ. އަންހެން މީހާއަކީ ފުދުންތެރި މީހަކަށްވެފައި މާގިނަ ހުސްވަގުތު އޮތް މީހަކަށް ނުވާތީ އޭނާއަށްވެސް އެގޮތް އެންމެ ރަނގަޅެވެ. ދެފަރާތުން ބަދަލުކުރެވޭ ލާޒިމްކަމެއް ނެތް ހަދިޔާ، މާ ލޯބިވެފައި ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވުމުގެ ސަބަބަކަށްވެސް ވަނީ ތޯއްޗެކެވެ.

ގިނަ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިސްޔާރު ކައިވެންޏަކީ ހުއްދަ ކައިވެންޏެކެވެ. އެހެނީ އޭގައި ކައިވެންޏެއްގެ ރުކުންތައް ފުރިހަމަވެއެވެ. ދެފަރާތުން ކުރެ ފަރާތެއްގެ ހައްގު ދޫކޮށްލަނީ އެ ހައްގު އޮތް ފަރާތުގެ ރުހުމުގައިކަމަށްވާނަމަ، އެކަމަކީ ހުއްދަ ކަމެކެވެ. އެހެނީ ވަލީވެރިޔާއާއި ދެ ހެކިވެރިން ތިބެފައި އަނބިމީހާއާއި ފިރިހެން މީހާ ކަނޑައެޅިފައި، ކައިވެނީގެ ހުށަހެޅުމާއި ގަބޫލު ހިނގާނަމަ ކައިވެނީގެ ރުކުންތައް ފުރިހަމަވެއެވެ. މިސްޔާރު ކާވެންޏެއް ވެސް ވަކި މުއްދަތަކަށް ކުރުމާއި، ކާވެނި ސިއްރުކުރުން ފަދަ ކަންކަމަކީ ހުއްދަ ކަންކަމެއް ނޫނެވެ.

ދިވެހިންގެ ތެރޭގައި މީހުންނާ އިންނަ އުމުރު މަތިވެއްޖެއެވެ. މީގެ ތިރީހަކަށް އަހަރުކުރިން އުމުރުން ވިހި އަހަރުވާއިރު މީހަކާ ނީނދެ ހުރި މީހަކު ހުރެއްޖެއްޔާ އެއީ ކޮންމެވެސް ހާއްސަ ހާލަތެއްގައި ހުރި މީހެކެވެ. އެކަމަކު މިހާރު މިޒަމާނުގައި އަލަށްވެސް ކާވެންޏެއް ނުކޮށް އުޅޭ ތިރީހާއި ސާޅީހާ ދެމެދު މީހުން ވަރަށް ގިނަވެއްޖެއެވެ.

އެއް ކާވެނިކޮށް ދެން ދުވަހަކު ކާވެންޏެއް ނުކުރާން އަޒުމް ކަނޑައަޅައިގެން ތިބޭ އަންހެނުންނާއި ފިރިހެނުންވެސް މަދެއް ނޫނެވެ. ފުރަތަމަ ކާވެނިން ލިބުނު ކުއްޖާ ނުވަތަ ކުދިންތަކައިގެން އުޅޭ އެކަނިވެރި މައިން ވެސް އެހާ ގިނައެވެ. އެކަނިވެރި ބަފައިންވެސް ވަކި މަދެއް ނޫނެވެ. މީހުންނާ އިނދެގެން ނިކަން ރަނގަޅަށް އުޅޭ މީހުންވެސް އިއްފަތްތެރިކަން ނުހިފެހެއްޓިގެން އުޅެނީ މަދެއްކޮށެއް ނޫނެވެ. މިދެންނެވުނު ކަންކަން މިހެން ހިނގާ ކަމަށްޓަކައި ނުކުންނަމުންދާނެ އިޖުތިމާއީ އެތަކެއް މައްސަލަތަކަކާއި ދީނީ އެތައް ކަމެއް ހިނގަމުން އެބަދެއެވެ.

އަދި މި ނޫންވެސް ސުވާލު އުފައްދާ މީހުން ސުވާލު އުފައްދާ ޖަވާބު ނުލިބޭ އެހެނަސް ޕްރެކްޓިކަލް ސުވާލުތަކެއް އެބަހުއްޓެވެ. ވަޒީފާއަށް ދާ އަންހެން މީހާ އަށް ލިބޭ ލާރިން ދެމަފިރިންގެ ކަންކަން ބެލެހެއްޓުމާއި ދިރިއުޅުމުގެ ހަރަދުތައް އެނޫން ގޮތަކަށް ބެލެހެއްޓެން ނެތުމާއި އެހެނަސް ފިރިންނަށް އޮންނަ ހަރަދުކުރުމުގެ ވާޖިބާއި، މިކަންކަމުގައި އޮތް އިސްލާމީ ހުކުމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ދެމަފިރިންނަށް ލިބޭ އެއްޗަކުން އެކުގައި އުޅެމުން ގޮސް ވަކި ހިސާބަކުން ފިރިހެނަކަށްވީތީ ލިބޭ ދެ އަތްނބަށް އިނުމުގެ ހައްގު ހަމަ ބޭނުންކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. އަލަށް އައި އިޖުތިމާއީ ބަދަލުތަކާ ގުޅިފައިވާ މިކަހަލަ އެތައް ސުވާލެކެވެ. އެންމެންގެ ވާހަކައެއް ނޫނެވެ. ވަރަށް ގިނަ މީހުން އުޅެމުންދާ ގޮތުގެ ވާހަކައެވެ.

އެކަނިވެރި ކޮންމެ މަޔަކަށް އެކަނިވެރި ކޮންމެ ބަފަޔަކަށް ދައުލަތުން އެހީއެއްވުމަކީ ވަގުތީ ހައްލެކެވެ. ވަރި ގިނަ ވަނީ ކިހިނެއްވެގެންތޯއާއި ދާއިމީ ކައިވެނިތަކަކަށް މަގުފަހިކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި ހޯދުމަކީ އެކަމަކު އެޔަށްވުރެ ބުއްދިވެރި ހައްލެކެވެ. ދިވެހިންގެ ބަދަލުވެފައިވާ ދިރިއުޅުމުގެ ހުރި ބޮޑެތި ބަދަލުތަކާއި ގޮންޖެހުންތަކާއެކު މިސްޔާރު ކައިވެންޏަކީ ވެސް އެއް ހައްލުކަމުގައި އަޅުގަނޑަށް ފެނެއެވެ. އެންމެންނަކަށް ނޫނެވެ. ކޮންމެވެސް އެއް ބަޔަކަށެވެ.

ވަރިކައިވެންޏަކީ އޭގެ މައްޗަށް ނުހަނު ގިނަ ނަތީޖާތަކެއް ނުކުންނަ އަދި އެތަކެއް ދަރިފަސްކޮޅާ ހަމައަށް އޭގެ ނަތީޖާ ދެމިގެންދާ ކަމަކަށްވާތީ އެކަމަކީ ޤާނޫނީ ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުން އިންތިޒާމުވެގެން ހިނގަންޖެހޭ ކަމެކެވެ. އެހެންކަމާއެކު ރާއްޖޭގައި ވެސް މިސްޔާރު ކައިވެނި ތައާރަފުކުރާނަމަ އެކަމުގެ މަގަކީ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެކަން ކުރުން ކަމާމެދު ބަހުސެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox