އަލަވޭސް އަތުން ރެއާލަށް އުނދަގޫ މޮޅެއް

Sep 25, 2024, 1:25 AM
އަލަވޭސް އަތުން ރެއާލަށް އުނދަގޫ މޮޅެއް

މެޑްރިޑް (ސެޕްޓެމްބަރު 25) - ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ އަލަވޭސް އަތުން ޗެމްޕިއަން ރެއާލް މެޑްރިޑުން 3-2 ގެ ނަތީޖާ އަކުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު ރެއާލަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލޫކަސް ވަޒްކޭޒް އެވެ. މި ގޯލަށް ފަހު ވެސް ރެއާލުން ވަނީ އަލްވޭސް ކޮޅަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ގޮތުން، މެޗުގެ 23 ވަނަ މިނެޓުގައި ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެ ގޯލު އެމްބާޕޭ ޖެހިއިރު, އޮފްސައިޑްގައި ހުރި ކަމަށް ނިންމައިފަ އެވެ.

ރެއާލުން ލީޑު ފުޅާކުރީ މެޗުގެ 40 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ގޯލުންނެވެ. އެމްބާޕޭ، މި ގޯލު ޖެހީ އަލްވޭސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ރެއާލްގެ ތިން ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ރޮޑްރީގޯ އެވެ. މިއީ، އަލަވޭސްގެ އޭރިއާ ތެރެއަށް މުޅިން ހުހަށް ވަދެ ގޯލުގެ ކައިރިކަނަށް ބޯޅަ ފޮނުވާލައިގެން ރޮޑްރީގޯ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ރެއާލްގެ ޒުވާން ތަރި އެންރިކް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އޭގެ ފަސް މިނެޓު ފަހުން އަލަވޭސްގެ އަބްޑޭ ރެވިޗް ރެއާލްގެ އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 85 ވަނަ މިނެޓުގައި އަލްވޭސްގެ ޕްރޮޓޮސޯނީ ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. މިއީ އޭރިއާ ބޭރުން އެނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އަދި އޭގެ މިނެޓެއް ފަހުން އަލްވޭސްގެ ކިކީ ގާސިއާ މުޅިން ހުސްކޮށް ރެއާލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.

މެޗުގެ ފަހު ކޮޅުގައި ރެއާލުން ޕްރެޝަރުގައި ކުޅެން ޖެހުނުއިރު، އެ ޓީމުން ރަނގަޅަށް ޑިފެންސްކޮށް ލީޑު ހިފެހެއްޓި އެވެ.

ރެއާލް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެ 18 ޕޮއިންޓް ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox