މެޑްރިޑް (ސެޕްޓެމްބަރު 26) - ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އިނގިރޭސި ޕްރިމިއާ ލީގު ކުލަބް ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު މުރިލޯ އަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބްރެޒިލްގެ ޑިފެންޑަރު މުރިލޯ އަންނަނީ ނޮޓިންހަމްއާ އެކު، މޮޅު ކުޅުމެއް ދައްކަމުންނެވެ. މުރިލޯ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ރެއާލްގެ އިތުރުން ބާސެލޯނާ އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކުން ވެސް އަންނަނީ މުރިލޯ ހޯދަން މަސައްކަތް ކުރަމުންނެވެ.
ނޮޓިންހަމް އިން ވަނީ މުރިލޯ ވިއްކާނަމަ އެ ކުލަބުން އޭނާ ވިއްކާނީ 11 މިލިއަން ޔޫރޯ އަށް ކަމަށް ބުނެފަ އެވެ. އެ އަގުގައި އޭނާ ކްލަބް ދޫކޮށްލައިފިނަމަ އެއީ، އެ ޓީމުން އެންމެ އަގުބޮޑުކޮށް ވިއްކާލާނެ ޑިފެންޑަރެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން މުރިލޯ ހޯދަން ބޭނުންވަނީ އެ ކުލަބުން ފަށާފައިވާ ދުރު ރާސްތާ ޕްލޭންގެ ދަށުންނެވެ. މީގެ ކުރިން މި ޕްލޭންގެ ދަށުން ތުރުކީގެ މިޑްފިލްޑަރު އާރްދާ ގުލާ އާއި ބްރެޒިލްގެ ފޯވާޑް އެންޑްރިކްގެ ސޮއި ވެސް ރެއާލުން ވަނީ ހޯދައިފަ އެވެ.
ރެއާލުން އަންނަނީ މުރިލޯގެ އިތުރުން އާސެނަލްގެ ވިލިއަމް ސަލީބާގެ ސޮއި ހޯދަން ވެސް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، ރެއާލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ސޯޓްލިސްޓް ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ސަލީބާ ހިމެނެ އެވެ.












