މަޝްހޫރު ސިމްބޮލިކް ރިކޯޑްސް އާއި ހަބޭސް ބޮޑުބެރު ގްރޫޕާއެކު އުރީދޫގެ ހާއްސަ އިވެންޓެއް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމައިފި އެވެ.
އުރީދޫއިން ބުނީ މި ހާއްސަ އިވެންޓުގައި އެ ދެ ގްރޫޕުގެ ހާއްސަ ހުށަހަޅުންތަކެއް ފެނުމުގެ އިތުރުން ކަސްޓަމަރުންނަށް ތަފާތު ސަޕްރައިޒްތަކެއް އިއުލާން ކުރާނެ ކަމަށެވެ.
އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 08:30 ގައި ކަމަށް އުރީދޫއިން ބުންޏެވެ.
އޭގެ އިތުރުން އުރީދޫއިން ބުނީ އެ އިވެންޓު ޔެސް ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އުރީދޫގެ ފޭސްބުކް ޕޭޖުން ވެސް ވަގުތުން އިވެންޓް ބެލޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން އަންނަނީ ކަސްޓަމަރުންނަށް ޝައުގުވެރި އެކި ހަރަކާތްތައް އަބަދުވެސް ހިންގަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ތަފާތު އެކި ޝޯތަކާއި ރަންތައް އެ ކުންފުނިން ބާއްވާފައިވެ އެވެ.











