އުރީދޫގެ 18 ވަނަ އުމްރާ ދަތުރު ލިބުނީ އަމްސަދު ނަޖްމީއަށް

އުރީދޫއިން ދޭ އުމްރާ ދަތުރު ލިބުނު އަމްސަދު ނަޖުމީގެ ފަރާތުން އިގްބާލް އަލީ (ކ) އިނާމާ ހަވާލުވުން -- ފޮޓޯ: އުރީދޫ

އުރީދޫއިން ދޭ އުމްރާ ދަތުރު ލިބުނު އަމްސަދު ނަޖުމީގެ ފަރާތުން އިގްބާލް އަލީ (ކ) އިނާމާ ހަވާލުވުން -- ފޮޓޯ: އުރީދޫ

އުރީދޫއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ލިވް އަންލިމިޓެޑް ކެމްޕެއިން ދަށުން އުމްރާ ދަތުރު ލިބޭ 18 ވަނަ ނަސީބުވެރިޔަކަށް ސ. ހިތަދޫ، އަމްސަދު ނަޖުމީ ހޮވިފައިވާކަން އުރީދޫއިން ހާމަކޮށްފި އެވެ. 

އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި އަމްސަދުއަށް ލިބުނު އުމްރާ ދަތުރާ އޭނާގެ ފަރާތުން ހަވާލުވީ އިގްބާލް އަލީ އެވެ. 

މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާއިރު، ގްރޭންޑް ޕްރައިޒްގެ ގޮތުގައި 20 ވަނަ ނަސީބުވެރިއަކަށް ހޮވޭފަރާތަށް ދެ މީހަކަށް ހައްޖުދަތުރެއް ލިބޭނެ އެވެ.

 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު، އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ. 

20 އަހަރުގެ ކުޑަމުއްދަތުގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox