އުރީދޫއިން ވޯލްޑް ކަޕަށް "ފުޓުބޯޅަ ފޯރި" ނަމުގައި ކެމްޕެއިނެއް ފަށައިފި

އުރީދޫ އިން ފުޓުބޯލަ ފޯރި ކެމްޕެއިން ފެށުން

އުރީދޫ އިން ފުޓުބޯލަ ފޯރި ކެމްޕެއިން ފެށުން

އުރީދޫ މޯލްޑިވްސްއިން ވޯލްޑް ކަޕަށް "ފުޓުބޯޅަ ފޯރި" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

އުރީދޫއިން ބުނީ މިއީ އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކެމްޕެއިނެއް ކަމަށެވެ.

ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ފުޓުބޯޅަ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބެލުމަށާއި ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ. 

Advertisement

ފުރިހަމަ ވޯލްޑް ކަޕް ތަޖުރިބާއަކަށް އެމްޓީވީ "Weare26" ޕެކް:

10 ޖޫން އިން 20 ޖުލައި 2026 ގެ ނިޔަލަށް، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275ރ. އަށް ހާއްސަ މީޑިއާނެޓް ޕެކެއް އެކްޓިވޭޓް ކުރެވޭނެއެވެ. އޭގެ ތެރޭގައި 3 ޖީބީ ރެގިއުލާ ޑޭޓާ އާއި ވޯލްޑް ކަޕް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަން ހިމެނެ އެވެ. 

މި ޕެކޭޖުގައި ހިމެނޭ ޑޭޓާ އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭއިރު، މީޑިއާނެޓް ސަބްސްކްރިޕްޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް މުބާރާތުގެ ފޯރިގަދަ މެޗުތައް ބަލައިލެވޭނެ އެވެ.

އުރީދޫ އެޕްގެ "ހޮޅުއަށި" މެދުވެރިކޮށް މި ޕެކަށް ސަބްސްކްރައިބް ކުރެވޭއިރު، މި ޚިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން އުނިކުރެވޭނެ އެވެ.

ހިލޭ ސުޕަރނެޓް އަޕްގްރޭޑް:

މި ކެމްޕޭނުގެ ދަށުން، ޖޫން 10، އިން ޖުލައި 31، ގެ ނިޔަލަށް، ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް ހިލޭ އަޕްގްރޭޑް ކުރެވޭނެގޮތަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.

މި އޮފާ ބޭނުންކުރާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހު، މިހާރު ދައްކާ އަގުގައި މާ ހަލުވި ބްރޯޑްބޭންޑް ސްޕީޑެއް ލިބިގެންދާނެ އެވެ. ޕްރޮމޯޝަނަލް މުއްދަތަށްފަހު، ތިންވަނަ މަސް ނިމުމުގެ ކުރިން ޕެކޭޖް ޑައުންގްރޭޑް ނުކުރާނަމަ، އަޕްގްރޭޑް ކުރި ޕެކޭޖުގެ އަސްލު އަގު ހިނގަން ފަށާނެ އެވެ.

މި އޮފާ ހާއްސަ ކުރެވިފައިވަނީ އަންލިމިޓެޑް ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށެވެ. އަދި މި އޮފާ ސުޕަރނެޓް ލަކީ ޑްރޯ ޕްރޮމޯޝަނާ އެއްކޮށެއް ބޭނުން ނުކުރެވޭނެ އެވެ.

ސުޕަނެޓާއެކު 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުސަތު:

ޖޫން 10، އިން ޖުލައި 31، ގެ ނިޔަލަށް އާ ސުޕަނެޓް އަންލިމިޓެޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށާއި، އަންލިމިޓެޑް ޕެކޭޖަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރިޔާ އިޢުލާން ކުރާނީ ޕްރޮމޯޝަން މުއްދަތު ހަމަވުމުންނެވެ.

ލުއި ފަސޭހަ އިންސްޓޯލްމަންޓް އުސޫލުން އާ ޓީވީއެއް ގެއަށް:

މެޗުތައް ބަލައިލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އުރީދޫއިން ވަނީ ރެޑްވޭވްއާ ގުޅިގެން، ޝަރުތު ހަމަވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށް 12 މަސްދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ހައިސެންސް ޓީވީ ގަނެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ކަސްޓަމަރުންނަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް މެދުވެރިކޮށް މި ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ. އަދި ޝަރުތު ހަމަވޭތޯ ވަގުތުން ބަލައިދެވޭނެ އެވެ.

ފާއިތުވި ހަ މަސްދުވަހު ފައިސާ ދެއްކުމުގެ ރަނގަޅު ރެކޯޑެއް އޮތް މިހާރުގެ އަންލިމިޓެޑް ކަސްޓަމަރުންނަށާއި، ޑައިރެކްޓް ޑެބިޓް އެކްޓިވޭޓްކުރާ އާ އަންލިމިޓެޑް ކަސްޓަމަރުންނަށް މި ފުރުސަތު ލިބޭނެ އެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ބޭނުންކުރެވޭނެ ވައުޗަރެއް ލިބޭނެ އެވެ.

599ރ. އާއި 700ރ. އާ ދެމެދުގެ ސުޕަނެޓް ޕްލޭންތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް 55 އިންޗީގެ ހައިސެންސް ޓީވީ ލިބޭއިރު، 800ރ. އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ތަފާތު އެކި ސައިޒުތަކުގެ ޓީވީތައް ލިބޭނެ އެވެ. މި އޮފާ ކުރިއަށްދާނީ ސްޓޮކް ހުސްވަންދެނެވެ.

"ފުޓުބޯޅަ ފޯރި" ކެމްޕޭނާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެމުންނެވެ.

"ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބިގެންދާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox