ސޮފްވާން އަށް އޮތް ހިތްހަމަޖެހުމަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ކުރިއެރުން ލިބުން

ސޮފްވާން އަށް އޮތް ހިތްހަމަޖެހުމަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ކުރިއެރުން ލިބުން

ރާއްޖޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ދިވެހި ޗެލެންޖް ކަޕްގައި ގައުމީ އަންހެން ވޮލީޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި, މި މުބާރާތުން ފެނިގެންދިޔައީ އަންހެން ގައުމީ ވޮލީބޯޅަ ޓީމަށް އައިސްފައިވާ ކުރިއެރުން ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު (ސޮއްޕެ) ބުނެފި އެވެ.

ރޭ ކުޅުނު ފައިނަލުގައި ރާއްޖޭގެ މައްޗަށް ކިރްގިސްތާން އިން ކުރިހޯދީ 3-2 ސެޓުންނެވެ. މީގެ ކުރިން، 2019 ވަނަ އަހަރު ވެސް މި މުބާރާތުގެ ފައިނަލުގައި ރާއްޖެ ކުޅުނެވެ. އެ ފަހަރުގެ ފައިނަލުން ރާއްޖެ ބަލިވީ ނޭޕާލް އަތުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ފޯ ނޭޝަންސް ކަޕުގެ ފައިނަލުގައި ވެސް ރާއްޖެ ކުޅެނެވެ.

ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޮފްވާން ބުނީ، ގައުމީ ޓީމާ ހަވާލުވެ، ލިބުނު ދެ މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. ހާއްސަކޮށް، މިދިޔަ މަހު ނޭޕާލުގައި ކުރިއަށްދިޔަ މުބާރާތައް ފަހު ރާއްޖެ އައިސް ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅު ކުރަން ލިބުނު 20 ދުވަހުގެ ތެރޭގައި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ސޮފްވާން ފާހަގަކުރި އެވެ.

ސޮފްވާން ބުނީ، ގައުމީ ޓީމުން ލީގު ބުރުގައި ކުޅުނު މެޗުން ސީދާ ތިން ސެޓުން ބަލިވި، ނަމަވެސް ފައިނަލުގައި ފަސް ސެޓު ކުޅެގެން ބަލިވީ ރަނގަޅަށް ކުޅުމަށް ފަހުގައި ކަމަށެވެ. އެކަމަކު، ފަހު ސެޓުގައި ދިމާވި ކަންކަމުގެ ސަބަބުން މެޗު ގެއްލުނީ ކަމަށް ސޮފްވާން ވަނީ ފާހަގަކޮށްފަ އެވެ.

ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި ސޮފްވާން ފާހަގަކުރީ، ގައުމީ ޓީމަށް އައިސްފައިވާ ކުރިއެރުމެވެ. އެ ގޮތުން، ކުޅުންތެރިންގެ ފިޓްނަސް އަށް ބެލިކަމުގައިވިޔަސް، ބޮޑުތަނުން ޓީމުގެ ކުރިއެރުން ފެންނާނެ ކަމަށް ސޮފްވާން ފާހަގަކުރި އެވެ.

"ގައުމީ ޓީމަށް އައިސްފައި މިއޮތް ކުރިއެރުން މިހާރު ފެންނާނެ. ފަސް ސެޓު ކުޅެގެން އަޅުގަނޑުމެން ބަލި މިވީ, އެކަމަކު މި ކުދިން އަށް މިކަހަލަ ގިނަ މުބާރާތް ކުޅެން ފުރުސަތު ލިބޭނަމަ, އިތުރަށް ރަނގަޅު ވާނެ." ސޮފްވާން ބުންޏެވެ.

ސެންޓްރަލް އޭޝިއާ ސަރަހައްދުގެ އަންހެން ވޮލީބޯޅައިގެ ރޭންކިންގައި މި މުބާރާތުގައި ރާއްޖޭން ނެރުނު ނަތީޖާތަކަށް ފަހު ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ވަނީ ކުރިއެރުން ލިބިފަ އެެވެ. އެ ގޮތުން، ރާއްޖެ މި ވަގުތު އޮތީ، ނޭޕާލާ އެކު، ފަސް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox