ޗާޕުކޮށްފައި ހުރި ފައިސާ މަދުކުރަން މި އަހަރުގެ ތެރޭގައި އޯޕަން މާކެޓު އޮޕަރޭޝަންސް ފަށަނީ

އެމްއެމްއޭގެ އިދާރާއަށް މީހަކު ވަންނަނީ: ދަރަނި ދެއްކޭނެ ކަމުގެ ފުރިހަަމަ ޔަގީންކަން މަރުކަޒީ ބޭންކުން ދިން -- ފޮޓޯ:

އެމްއެމްއޭގެ އިދާރާއަށް މީހަކު ވަންނަނީ: ދަރަނި ދެއްކޭނެ ކަމުގެ ފުރިހަަމަ ޔަގީންކަން މަރުކަޒީ ބޭންކުން ދިން -- ފޮޓޯ:

ކުރީ ސަރުކާރުގައި ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކޮށް، ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން މި އަހަރުގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންސް ފަށައި އެ ފައިސާ މޮޕްއަޕް ކުރާނެ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން މިހެން ބުނީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ-2" އަށް ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. މޫޑީސްއިން ރޭޓިން ދަށްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކިން ނިޒާމުގައި ހުރި "އެކްސެސް ލިކުއިޑިޓީ" ގެ މައްސަލަ ފާހަގަކޮށްފައިވެ އެވެ.

މަރުކަޒީ ބޭންކުގެ ބަޔާނުގައި ބުނި ގޮތުގައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގަ އެވެ.

Advertisement

މި ގޮތަށް އިތުރަށް ހުރި ފައިސާގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، އޯޕަން މާކެޓް އޮޕަރޭޝަންސް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ނަމަވެސް މިކަން ކުރާނެ ވަކި ތާރީހެއް ބަޔާންކޮށްފައި ނެތެވެ.

އެމްއެމްއޭގެ ބަޔާނުން އިތުރު ކަމެއްގެ ގޮތުގައި ފާހަގަވީ މި އަހަރުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބައެއް ހުޅުވޭނެ ކަމަށް ބުނެފައިވާ ބުނުމެވެ. މިއާ އެކީ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އޭގެ އިތުރުން ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވު ވެސް މަތިވާނެ ކަމަށް އެމްއެމްއޭގެ ބަޔާނުގައިވެ އެވެ. އެންމެ ފަހުން އެ އިދާރާއިން ނެރުނު ރިޕޯޓުގައި ވަނީ، މިދިޔަ މަސް ނިމުނު އިރު ޖުމްލަ ރިޒާވު 444 މިލިއަން ޑޮލަރަށް އިތުރުވެ، ބޭނުންކުރެވޭ ރިޒާވުގައި 61.22 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

އެމްއެމްއޭ އިން ބުނީ މި އަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވެގެންދާނެ ކަމަށެވެ.

ހަމަ އެހެންމެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް މި މަހުގެ ތެރޭގައި އެ ބަދަލުތައް ވެސް އިއުލާން ކުރާނެ ކަމަށެވެ.

މޫޑީސްގެ ޑައުންގްރޭޑުގައި ދިން ރޭޓިންއިން ރާއްޖޭގެ ބޮންޑުތައް މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ. މިކަމާ ގުޅުވައި އެމްއެމްއޭއިން ބުނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި އެ ޕޭމަންޓާއި ރާއްޖޭން ދައްކަން ޖެހޭ އެހެން ދަރަނިތައް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްއެމްއޭ އިން ދީފައިވެ އެވެ.

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ ކުރިން ފިޗު ރޭޓިންއިން ވެސް ވަނީ ރާއްޖޭގެ ސޮވެރިން ކްރެޑިޓު ރޭޓިން ދަށްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox