ސެމީ ފައިނަލް މެޗު ތަފާތުވާނެ، ތިން ސެޓުން ތަޖިކިސްތާން ބަލިކުރެވޭނެ: ސޮފްވާން

ސެމީ ފައިނަލް މެޗު ތަފާތުވާނެ، ތިން ސެޓުން ތަޖިކިސްތާން ބަލިކުރެވޭނެ: ސޮފްވާން

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި ތަޖިކިސްތާން ތިން ސެޓުން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު (ސޮއްޕެ) ބުނެފި އެވެ.

ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ރޭ ސީދާ ތިން ސެޓުން ބަލިވި ނަމަވެސް އެ މެޗުގައި ރާއްޖޭގެ ފަރާތުން ނިސްބަތުން ބަލާއިރު، ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ.

މި މެޗަށް ފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ސޮފްވާން ބުނީ، މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެ އަށް ސެޓު ނިންމަން ތިން ފުރުސަތު ލިބުނު ކަމަށެވެ. އެކަމަކު، އޭގެ ބޭނުން ނުހިފި އެ ސެޓު ރާއްޖެ އަށް ގެއްލުނީ ކަމަށް ސޮފްވާން ވެސް އެއްބަސްވި އެވެ.

"ފުރަތަމަ ސެޓު ނިންމަން ތިން ފުރުސަތު ލިބުނު އެ ސެޓެގައި ރަނގަޅަށް ކުޅެފަ, ސެޓު ގެއްލުމުން ދެވަނަ ސެޓުގައި ދަށްކޮށް ފެނުނީ. އެކަމަކު އެއީ ވޮލީގައި ވެގެންވާނެ ގޮތެއް ނޫން. ތިންވަނަ ސެޓު ވެސް ރާއްޖެ އިން ރަނގަޅަށް ކުޅުނު. އަޅުގަނޑަށް ފާހަގަވީ މި މެޗުގައި ރާއްޖޭގެ ފަރާތުން ދަށްކޮށް ފެނުނީ ސާވިސް ރިސީވްތައް." ސޮފްވާން ބުންޏެވެ.

ލީގު ބުރުގެ މެޗުގައި ރާއްޖޭން ތަޖިކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. އެ މެޗުގައި ވެސް ރާއްޖެ އަށް ތިން ސެޓުން މޮޅުވެވޭނެ އެވެ. އެކަމަކު، އެއް ސެޓުގައި ޓީމަށް މާ ބޮޑު ބަދަލުތަކެއް ގެނެސްގެން ކުޅެ، ޓީމުގެ ފޯމު އެއް ސެޓުގައި ދަށްވީ އެވެ.

ސޮފްވާން ބުނީ ހުރި މައްސަލަތައް ރަނގަޅުކޮށް ސެމީ ފައިނަލުގައި ތަޖިކިސްތާން ތިން ސެޓުން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެކަމަކު، ލީގު ބުރުގައި ތަޖިކިސްތާނާ ކުޅުނު މެޗުހާ ސެމީ ފައިނަލް މެޗު ފަސޭހަ ނުވާނެ ކަމަށް ސޮފްވާން ގަބޫލުކުރެ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކިރްގިސްތާން އާއި އަފްގާނިސްތާން ކުޅޭނީ މާދަމާ ހަވީރު، 16:15 ގަ އެވެ. އަދި ދެ ވަނަ ސެމީ ފައިނަލުގައި ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރާނީ މާދަމާރޭ 20:30 ގަ އެވެ. އަދި ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެރޭގަ އެވެ. އެ ދުވަހު ހަވީރު ތިން ވަނަ ހޮވާ މެޗު ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox