ބޭނުންކުރެވޭ ރިޒާވު މައްޗަށް، މިހާރު 61 މިލިއަން ޑޮލަރު އެބަހުރި

އެމްއެމްއޭގެ މައި އިދާރާއަށް މީހަކު ވަންނަ މަންޒަރު: ދައުލަތުގެ ރިޒާވުގެ ތަފާސްހިސާބުތައް ބަލަހައްޓަނީ އެމްއެމްއޭއިން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެމްއެމްއޭގެ މައި އިދާރާއަށް މީހަކު ވަންނަ މަންޒަރު: ދައުލަތުގެ ރިޒާވުގެ ތަފާސްހިސާބުތައް ބަލަހައްޓަނީ އެމްއެމްއޭއިން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މިދިޔަ މަހުގެ ތެރޭގައި ރިޒާވުގެ ހާލަތު އިންތިހާއަށް ދަށްވުމަށް ފަހު، މަސް ނިމުނުއިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި 61 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބު ޕޯޓަލްގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވުގައި 443 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 28 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އަދި ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދު 18 މިލިއަން ޑޮލަރު އިތުރެވެ.

ރިޒާވުގެ ހާލަތު ރަނގަޅުވެފައިވާއިރު، މިދިޔަ މަހުގެ އެއް ހިސާބެއްގައި ރިޒާވު އެއްކޮށް ހުސްވީ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ދިނެވެ. ސަރުކާރުން މި ހަބަރުތައް ދޮގުކުރުމަށް ފަހު ބުނީ، ރިޒާވު އެ ވަރަށް ނުވެއްޓޭ ކަމަށާއި މަސް ނިމެންވާއިރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.

Advertisement

ބޭނުންކުރެވޭ ރިޒާވުގައި މި ވަގުތު ހުރި އަދަދަކީ ރާއްޖޭގެ ޒަރޫރީ އިމްޕޯޓުތަކަށް މަހަކަށް ބޭނުންކުރެވޭ ވަރުގެ ފައިސާ އެވެ.

ރިޒާވުގައި ހުރި ފައިސާގެ އަދަދު އިތުރުވެފައި މިވަނީ ވޭތުވި އަހަރުތަކުގައި ނުވެއްޓޭ ވަރަށް ރިޒާވުގެ ހާލަތު ދަށަށް ދިޔުމަށް ފަހުގަ އެވެ. އެމްއެމްއޭއިން ކުރިން ބުނެފައިވަނީ ރިޒާވު ރަނގަޅު ކުރުމަށް ރިޒާވު ބޭންކު އޮފް އިންޑިއާއާއެކީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި، ގްރީން ބޮންޑެއް ވިއްކާނެ ކަމަށެވެ.

މިކަންކަން ފަހިވުމުން މިހާރަށް ވުރެ ވެސް ރިޒާވުގެ ހާލަތު ރަނގަޅު ކުރެވޭނެ އެވެ. އަދި ސަރުކާރުން މި އަހަރުގެ ތެރޭގައި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމުން އެއަށް ވުރެ ވެސް ރިޒާވުގެ ހާލަތު މަތި ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox