ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ: މަރުކަޒީ ބޭންކުން އޮތީ މިކަން ވެދާނެ ކަމުގެ އިންޒާރު ފިނޭންސަށް ދީފައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާ: މަރުކަޒީ ބޭންކުން އޮތީ މިކަން ވެދާނެ ކަމުގެ އިންޒާރު ފިނޭންސަށް ދީފައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މި މަހުގެ ތެރޭގައި ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމުގެ އިންޒާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައި ވަނިކޮށް، ބޭނުން ކުރެވޭ ޑޮލަރު ރިޒާވު މިއަދު އެއްކޮށް ހުސްވެއްޖެ އެވެ.

މިއީ ދިވެހި ތާރީހުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު މައިނަހަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ނުލިބުނު ނަމަވެސް މިއަދުގެ ވަގުތެއްގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ބާކީ ފައިސާ ކޮޅު އެއްކޮށް ބޭނުންކޮށްފައިވާ "އަދަދު" އަށް މައުލޫމާތު ލިބިފައިވެ އެވެ.

އިތުބާރު ހިފޭ ތަފާތު ދެ މަސްދަރަކުން "އަދަދު" އަށް ކަށަވަރުކޮށްދިން ގޮތުގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވު މި ވަގުތު ހުރީ މައިނަހުގަ އެވެ.

ދައުލަތުގެ މާލީ ހިސާބުތައް އެނގޭ މަސްދަރަކުން ބުނީ، މިއަދަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރުގެ ތެޔޮ ބިލަކަށް އޮތް ކަމަށާއި، އެ ބިލް ދައްކައިފި ނަމަ ރިޒާވް ހުސްވެ، މައިނަސްވާނެ ކަމަށެވެ.

"މައިނަސް ވެއްޖެ ނަމަ، މިއަދު ރިޒާވް މައިނަސް އެވީ 25 މިލިއަން ޑޮލަރުގެ ތެޔޮ ބިލް ދެއްކުން. އެ ނުދައްކައި ލަހެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ބޭނުން ކުރެވޭ ޑޮލަރު ރިޒާވަކީ ލޯނުތައް އަދާކުރުމަށާއި ޒަރޫރީ އިމްޕޯޓުތަކަށް ހަރަދުކުރަން ސަރުކާރުން ރައްކާކުރާ ފައިސާ އެވެ. މި ރިޒާވުގައި ހުންނަނީ މީރާއަށް ލިބޭ ޑޮލަރު އާމްދަނީ އާއި ދައުލަތަށް ލިބޭ ހިލޭ އެހީ އާއި ބަޖެޓު ސަޕޯޓަށް ލިބޭ ފައިސާ އެވެ.

ރިޒާވުން ހަރަދުކުރާ ކަންކަމުގެ ތެރޭގައި ކުރިން ފާހަގަކުރި ކަންކަމުގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ހަރަދުތަކަށް ބޭނުންވާ ފައިސާ އާއި ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް ވިއްކާ ޑޮލަރުތައް ވެސް ހިމެނެ އެވެ. ބޭންކުތަކަށާއި ސަރުކާރު ކުންފުނިތަކަށް ވެސް ޑޮލަރު ދޫކުރަނީ މި ރިޒާވުންނެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރެވެ.

ރިޒާވު ހުސްވާ މައްސަލައިގައި "އަދަދު" އާ ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރުން ބުނި ގޮތުގައި ރިޒާވު ހުސްވުމުން ދެން އޮންނާނެ ގޮތަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ ބޭނުންކުރުމެވެ.

މިހެން ނަމަވެސް ސަރުކާރާއި އެމްއެމްއޭން ވެސް ބުނަނީ އެ ހާލަތަކަށް ނުދާ ކަމަށެވެ. މި މައްސަލައިގައި އެހެން ނޫސްތަކާ ވާހަކަ ދައްކަމުން ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭން ވެސް ބުނީ އެ ހާލަތަކަށް ނުވެސް ދާނެ ކަމަށާއި މަސް ނިމުމުގެ ކުރިން ރިޒާވު ހަމައަކަށް އަޅުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox