އަމާޒަކީ ރަން، ފުރަތަމަ ޓާގެޓަށް ވާސިލުވާން ޓީމު އޮތީ ތައްޔާރަށް

އަމާޒަކީ ރަން، ފުރަތަމަ ޓާގެޓަށް ވާސިލުވާން ޓީމު އޮތީ ތައްޔާރަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ރާއްޖޭގެ ޓީމުގެ އަމާޒަކީ ރަން މެޑަލް ކަމަށާއި، އެކަމަކު، ފުރަތަމަ ބޭނުންވަނީ ފައިނަލްގެ ޖާގަ ކަށަވަރުކުރުން ކަމަށް ގައުމީ އަންހެން ވޮލީބޯލް ޓީމުގެ ކޯޗު ސޮފްވާން އަހުމަދު ބުނެފި އެވެ.

މި އަހަރު ގައުމީ ޓީމާ ހަވާލުވުމަށް ފަހު ސޮފްވާން ވަނީ ކާވާ ޗެލެންޖް މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ޓީމުން ކުޅުމަކީ އޭނާ ކަނޑައަޅާފައިވާ ޓާގެޓް ކަމަށް ބުނެފަ އެވެ.

ގައުމީ ޓީމުން މި ފަހަރުގެ މުބާރާތް ފެށީ މޮޅަކުންނެވެ. ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުންނެވެ.

މި މެޗަށްފަހު "އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ސޮފްވާން ބުނީ، މިއީ ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ދެ މެޗު އަފްގާނިސްތާން މެޗަށް ވުރެ އުނދަގޫވާނެ ކަމަށާއި، އެކަމަކު އެ ދެ މެޗު ކާމިޔާބު ކޮށް ފައިނަލަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސޮފްވާން ގަބޫލުކުރެ އެވެ.

"ފުރަތަމަ ޓާގެޓަކީ ރަން. މި މެޗަށް އައިއިރު, ވެސް އެނގޭ އަފްގާނިސްތާން އަކީ މި މުބާރާތުގައި ހަތަރުވަނަ އަށް ރޭންކް ކުރެވިފަ އޮތް ޓީމުކަން. ކުރިއަށް އޮތް ދެ މެޗު މިއަށްވުރެ އުނދަގޫވާނެ. އެކަމަކު ރަނގަޅު ފައިޓެއް ދީ ފައިނަލަށް ދެވެނޭ ކަމުގެ އުންމީދު އެބައޮތް." ސޮފްވާން ބުންޏެވެ.

ގައުމީ ޓީމުން ރޭގެ މެޗުގައި ކޮންމެ ސެޓެއްގައި ވެސް ގިނަ ބަދަލުތަކެއް ގެނަސްގެން ކުޅުނުއިރު، ސޮފްވާން ބުނީ ގައުމީ ޓީމުގައި ފެންވަރު ރަނގަޅު ބެންޗެއް އޮތުން މިއީ އޭނާ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އެ ގޮތުން، ޒުވާން ކުޅުންތެރިން އަރާ ރަނގަޅު ފައިޓެއް މިހާރު ދޭނެ ކަމަށާއި, އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ރާއްޖޭން ދެ ވަނަ މެޗުގައި މިރޭ ތަޖިކިސްތާނާ ކުޅޭ މެޗު ފަށާނީ 20:30 ގަ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި، ކިރްގިސްތާނާ ބައްދަލުކުރާނީ، މާދަމާރޭ 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox