ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް: އަފްގާނިސްތާން ބަލިކޮށް ރާއްޖެ އަށް ފުރިހަމަ ފެށުމެއް

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް: އަފްގާނިސްތާން ބަލިކޮށް ރާއްޖެ އަށް ފުރިހަމަ ފެށުމެއް

ރާއްޖޭގައި މިއަދު ފެށި ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން، އަފްގާނިސްތާން ބަލިކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އަފްގާނިސްތާން، ތަޖިކިސްތާން އަދި ކިރްގިސްތާން ބައިވެރިވި އެވެ. މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި، ތަޖިކިސްތާންގެ މައްޗަށް ކިރްގިސްތާން އިން ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ރާއްޖޭން ކުޅުނު މެޗުގެ ސެޓުތައް ދިޔައީ, 19-25, 25-12 އަދި 25-11 އިންނެވެ.

މިރޭގެ މެޗުގެ ތެރެއިން ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

މިރޭގެ މެޗުގެ ފުރަތަމަ ސެޓުގައި އަފްގާނިސްތާނުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. މި ސެޓު ފަށައިގެން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ނަމަވެސް, ސެޓުގެ މެދުތެރެއިން ބެންޗުން އެރި މާޔާ މުހައްމަދު ސޮލާހްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މާޔާގެ އިތުރުން, މި ސެޓުގައި ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އަދި އާމިނަތު ޝަހާ ޝާމިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ޖެހިގެން އަދި ދެ ސެޓުގައި ވެސް އަފްގާނިސްތާން ފެނިގެންދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ނަގާ ރާއްޖެއިން ވަނީ މި ދެ ސެޓު ފަސޭހަކަމާ އެކު 25-12 އަދި 25-11 އިން ކާމިޔާބުކޮށްފަ އެވެ.

މި މުބާރާތުގެ ދެ ވަނަ މެޗުގައި މާދަމާރޭ ރާއްޖެއިން ނުކުންނާނީ ތަޖިކިސްތާންއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ރާއްޖެއިން ނުކުންނާނީ ކިރްގިސްތާން އާ ދެކޮޅަށެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ކުރިއަށްދިޔައިރު، ޝަރަފްވެރިކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ. އަރިހުގައި، ކާވާ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ، މި އަހަރު ރާއްޖޭގައި ހޯސްޓްކުރާ އިންޓަނޭޝަނަލް ވޮލީބޯޅަ ދެ ވަނަ މުބާރާތެވެ. މީގެ ކުރިން، ރާއްޖޭގައި ވަނީ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތް ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox