ޝަހާގެ ވޮލީ ކެރިއަރު ދިޔައީ ހަރުފަތަކަށް ފަހު ހަރުފަތެއް މައްޗަށް

ޝަހާގެ ވޮލީ ކެރިއަރު ދިޔައީ ހަރުފަތަކަށް ފަހު ހަރުފަތެއް މައްޗަށް

"ރަށުގެ ހިތްފަސޭހަ އެ މާހައުލު ދޫކޮށް، މާލެ ބަދަލުވެ، ހަމައެކަނި ގައުމީ ޓީމަށް ކުޅެން ހުސްވެ، ހުރުން ވެސް އެއީ ވަރަށް ބޮޑު ބުރައެއް" މިއީ ކުރިއަރަމުން އަންނަ، ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ، އައިމިނަތު ޝަހާ ޝާމިން ކެރިއަރު ކުރިއަށްގެންދިއުމާ ބެހޭގޮތުން ދެއްކި އެންމެ މުހިންމު އެއް ވާހަކަ އެވެ.

އދ. ދިއްދޫ އަށް އުފަން، ޝަހާ، އަކީ ވޮލީ އާއިލާ އަށް އާ ނަމެއް ނޫނެވެ. އުމުރުން އެންމެ 16 އަހަރުގައި ވޮލީ ކޯޗުން އަށް ޝަހާގެ ހުނަރު ފެނި މިއީ ވޮލީގައި ރާއްޖޭގެ އުންމީދީ ކުޅުންތެރިއެއް ކަން އެނގުނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، ޝަހާ ވަނީ ގައުމީ ސީނިއާ ވޮލީ ޓީމުގައި ހިމެނިފަ އެވެ. އެހެން ނަމަވެސް މިއީ ދިގު ދަތުރެކެވެ. އެތައް ކަމެއް ގުރުބާން ކުރަން ޖެހުނު ދަތުރެކެވެ.

ކެރިއަރުގެ ފެށުން މަންމައާ ގުޅިފައި

ވޮލީ ކުޅެން ޝަހާ ޝައުގުވެރިވީ، ކުޑައިރު، މަންމަ ވޮލީ ކުޅެން ގޮސް އުޅޭ މަންޒަރު ފެނިގެންނެވެ. އެކަމަކު، އޭރު ޝަހާ އަށް މަންމަމެންނާ އެކު ވޮލީ ކުޅުމަށް ފުރުސަތެއް ނުލިބެ އެވެ. އެހެންވެ، އެންމެ ފުރަތަމަ ޝަހާ ވޮލީ ކުޅެން ފެށީ އެކުގައި ކިޔަވަން އުޅުނު ރަހުމަތްތެރިޔަކާ އެކު, ގަދަ އަވީގައި މެންދުރު ފަހު ވަގުތުގަ އެވެ. ފިނި ޖެހޭ ހަވީރު ވަގުތު ކުޅެން ފުރަތަމަ ލިބުނީ މަދުވަަގުތެއްގަ އެވެ.

"މަންމަ މެން ކުޅެން ދާތަން ފެނިގެން ވޮލީ އަށް ޝައުގުވެރިވީ، އެކަމަކު އޭރު ނުލައްވާނެ ދޯ (ބައިވެރިނުކުރާނެދޯ). ދެން ކްލާސް ކުއްޖަކާ އެކު، މެންދުރު އަވީގައި ދެ މީހުން ވޮލީ ކުޅުނީ ޕާސް ދޯ ކުރާނީ" ޝަހާ ބުންޏެވެ.

ރަށުގެ މާހައުލު ދޫކޮށް ޝަހާ މާލެ ބަދަލުވީ، ވޮލީބޯޅައިން އިތުރަށް ކުރިއަށްދިޔުމުގެ ބޭނުމުގައި އެވެ. ކެރިއަރެއް ބިނާކުރުމުގެ ޝައުގުވެރިކަން ހުރީމަ އެވެ. ގައުމީ ޓީމަށް ކުޅެން ވެސް އުންމީދީ ހުވަފެންތަކެއް ފެންނާތީ އެވެ.

ޝަހާ ވަނީ ކްލަބް ވެމްކޯ ޓީމަށް ވެސް ކުޅެފައި: ވޮލީ ކެރިއަރުގައި ޝަހާ އަށް ވެމްކޯގައި ވެސް ކާމިޔާބު ލިބިފައިވޭ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އަހުމަދިއްޔާ ސްކޫލުން ޝަހާގެ ވިދުން ގަދަވި

މާލެ ބަދަލުވެ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ކިޔަވަން ޝަހާ ވަނީ, ވޮލީއިން ކުރިއަށް ދިޔުމުގެ އަޒުމާވެސް އެކުގަ އެވެ. ކަންވީ ވެސް އެހެންނެވެ. އަހުމަދިއްޔާ އަކީ ޝަހާ އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން ވޮލީ އާއިލާ އަށް ދައްކުވައިދިން ތަނެވެ. އެއީ ޝަހާގެ ވޮލީގެ ކުރިމަގަށް އެޅުނު އެންމެ ފަހި ފިޔަވަޅުވެސް މެ އެވެ.

އަހުމަދިއްޔާގައި ޝަހާ ހޭދަކުރި ދުވަސްވަރު، އޭނާ ވަނީ އެ ސްކޫލާއެކު ތިން ތަށި އުފުލާލާ ސްކޫލަށް އިންޓަ ސްކޫލުގެ ތަށި މިލްކުކޮށްދީފަ އެވެ. އެއީ މާލޭގައި ފޯރީގައި އިންޓަ ސްކޫލް ދިޔަ ދުވަސްވަރު ކަމަށްވާ 2016، 2017 އަދި 2018 ވަނަ އަހަރެވެ.

"އަޅުގަޑު ވޮލީބޯޅައިގެ އަސްލު ފެށުމަކީ އިންޓަ ސްކޫލް ކަމަށް ގަބޫލުކުރަނީ. ދެން ވަރަށް އުފާވޭ ތިން ފަހަރު ކުޅެ, ތިން ތަށި ލިބުނީމަ އަޅުގަނޑުގެ ފެށުމަކީ އެއީ." ޝަހާ ފާހަގަކުރި އެވެ.

ރަށު ސްކޫލުގެ ވަޒީފާގައި ހުއްޓައި، ފަހިވި ފުރުސަތެއްގައި، 2018 ވަނަ އަހަރު ގައުމީ ޓީމުގެ ޕްރެކްޓިހާ ގުޅެން ފުރުސަތު ލިބުނެވެ. ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން، އޭނާގެ މަސައްކަތް ރަނގަޅުވުމާއި އެހެނިހެން ކަންކަމަށް ބަަލައި، ޝަހާ އަށް ޕޮލިސް ކްލަބުން ފުރުސަތު ލިބިގެންދިޔަ އެވެ.

"އުފާވާނެ ދޯ ގައުމީ ޓީމަށް އަރަން ލިބުނީމަ. 2018 ސެޕްޓެމްބަރު އެއީ. މުބާރާތައް ވުރެ، ކޭމްޕަށް އެ އަހަރު ދާން, 12 ތެރޭގައި ހިމެނުނީމަ ވަރަށް އުފާވި، އޭރު އުމުރަކީ 15 އަހަރު." ޝަހާ ބުންޏެވެ.

ގައުމީ ޓީމު ފުރުސަތާއެކު ޝަހާ އެންމެ "ބެސްޓް" ދޭން ނިންމި

ގައުމީ ޓީމަށް އެރުމަކީ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭނެ ފަހުރެކެވެ. މިއީ، ޝަހާ އަށްވެސް ބޮޑު ފަހުރެއް ކަމަށް އޭނާ ދެކެ އެވެ. އެކަމަކު، ޝަހާގެ ވިސްނުން ތަފާތެވެ. ގައުމީ ޓީމަށް އެރުމަކީ ލިބޭ ފަހުރަކަށް ވުރެ ބޮޑަށް ބޮލުގައި އެޅުނު ބޮޑު ޒިންމާ އެއް ކަމަށް ޝަހާ ދެކުނެވެ.

އެހެންވެ، ފުރަތަމަ ދުވަހުން ފެށިގެން ޝަހާ އަޒުމް ކަނޑައެޅީ ގައުމީ ޓީމުގައި ހޭދަކުރާ ކޮންމެ ދުވަހެއް، ކޮންމެ މެޗެއް، އަދި ކޮންމެ ފަރިތަކުރުމަކީ ވެސް އޭނާގެ "ބެސްޓް" ދޭން ޖެހޭ ދުވަހެއް ކަމުގަ އެވެ.

ފޯ ނޭޝަންސް ކަޕްގެ މެޗެއްގެ ތެރެއިން ޝަހާ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

"މެކްސިމަމް އެފޯޓް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޒުމް ކަނޑައެޅިން. އަޅުގަނޑު ފުރަތަމަ ސިކްސްގައި ނުހިމެނުނަސް ޓީމަށް ދޭން ޖެހޭ އެއްބާރުލުން ދޭން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. މިއަދުވެސް ސިކްސްގައި ހިމެނޭ އިރު ވެސް އަޅުގަނޑު މި ބަލަނީ އަޅުގަނޑުގެ ބެސްޓް ދޭން." ޝަހާ ބުންޏެވެ.

ވޮލީގައި ޝަހާ އެންމެ ފުރަތަމަ ދެކުނު ހުވަފެނަކީ ވެސް މިއީ އެވެ. ގައުމީ ސްކޮޑުން ޖާގަ ހޯދުން އެއީ ޕްރޮފެޝަނަލީ ވޮލީ ކުޅެން ފެށި ދުވަހުން ފެށިގެން ޝަހާގެ އަޒުމެވެ.

އެކަމަކު، ގައުމީ ސްކޮޑުގައި ހިމެނުމަށް ޝަހާ ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ރަށުގެ މާހައުލު ދޫކޮށް ވޮލީ ކުޅެން މާލެ ބަދަލުވާން ނިންމީ ވެސް ވޮލީ ކުޅެން ހުރި ލޯތްބެއްގެ ބޮޑު ކަމުންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭ މިހާރު އެވޯޑް ހޯދާ އުންމީދުތަކުގައި ކުލަ ޖައްސަން ފެށި

ޕްރޮފެޝަނަލީ ވޮލީ ކުޅެން ފެށުމަށްފަހު ހޯދަން ބޭނުންވި ކާމިޔާބީތަކުގެ ލިސްޓުގެ އެންމެ ކުރީގައި އެ ވަގުތު ޝަހާގެ އޮތީ މިހާރު އެވޯޑްސްގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދުމެވެ. އެކަން ޝަހާގެ ފުރަތަމަ ސީޒަނުން ވެސް ހާސިލްކުރި އެވެ.

ޕޮލިސް ކުލަބްގައި 2018 ވަނަ އަހަރު ޝަހާ ދެއްކި މޮޅު ކުޅުމާއެކު ޖެހިގެން އައި އަހަރުގެ މިހާރު އެވޯޑްސްގެ އެންމެ އުންމީދީ ވޮލީ ކުޅުންތެރިޔާގެ މަގާމު ޝަހާ އަށް ލިބުނެވެ. އެއީ، ޝަހާ ކުރިއަށްދާން ކޮށުނު އަލި މަގެކެވެ.

ޕޮލިސް ކްލަބްގެ މެޗެއްގެ ތެރެއިން ޝަހާ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އޭގެ ފަހުން މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 އަށް ޝަހާ ނޮމިނޭޓްވުން ވެސް އެއީ ޝަހާ ދެކޭ ގޮތުގައި މިކަމުން ކުރިއަށް ދެވޭނެކަން އެންމެ ސާފުކޮށް، އެނގުނު ދުވަހެކެވެ. ރާއްޖޭގައި ހިމެނޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި އެ އެވޯޑް ހޯދޭނެކަމަށް ޝަހާ މިހާރު ގަބޫލުކުރެ އެވެ. އެކަމަކު، އޭގެ ކުރިން ގައުމަށް ރަން މެޑަލް ހޯދުން އެއީ ޝަހާގެ އެންމެ ބޮޑު އަމާޒެވެ.

ކުރިއަށްދާން އެންމެ ބޮޑު ހިތްވަރެއް ލިބެނީ މަންމަގެ ފަރާތުން

މޮޅު ކުޅުންތެރިޔަކަށް ކުޅުންތެރިޔަކު ވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގަ އެވެ. ޝަހާ ދެކޭ ގޮތުގައި އޭނާގެ ކެރިއަރުގެ މޭސްތިރިޔަކީ އޭނާގެ މަންމަ އެވެ. ދަތިވާ ދަނޑިވަޅުތަކުގަޔާއި ޑީމޯޓިވޭޓްވާ ދަނޑިވަޅުތަކުގައި ވެއްޓި ކޮޅަށް ނަގަނީ އޭނާގެ މަންމަ އެވެ. އަދި އޭނާގެ އުފަލުގައި އެންމެ ފުރަތަމަ ބައިވެރިވާނެ މީހަކީ ވެސް މަންމަ އެވެ.

"މިހާ ހިސާބަށް އަންނަން އަދި މި ކަމުގައި ދެމި ހުންނަން އެންމެ ބޮޑު ހިތްވަރެއް ދިން މީހަކީ މަންމަ. ދެން ފްރެންޑްސް އަދި ފެމެލީ ވެސް ވަރަށް ސަޕޯޓިވް" ޝަހާ ބުންޏެވެ.

މީގެ އިތުރުން ޝަހާގެ ޝުކުރުގެ ލިސްޓުގައި ގިނަ ފަރާތްތަކެއް ހިމެނެ އެވެ. އެގޮތުން ޝަހާއާ އެކު ކުޅުނު ކުޅުންތެރިންގެ އިތުރުން, އޭނާ އަށް މިހާތަނަށް ކޯޗުކަން ކޮށްދިން ކޮންމެ ކޯޗަކަށްވެސް އޭނާގެ ޝުކުރުގެ ލިސްޓުން ޖާގަ ހޯދަ އެވެ.

އަލަށް ވޮލީ އަށް ނުކުންނަ ކުޅުންތެރިންނަށް ޝަހާގެ ނަސޭހަތަކީ ގަދަ އަޒުމާ އެކު ހިތްވަރެއް ކޮށްގެން ކާމިޔާބުވާނެކަން ގަބޫލުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox