އދ. ދިއްދޫ ކައުސިންގެ ކޮންސަލްޓެންޓް އޮޑިޓަ ޖެނެރަލްގެ އޮޑިޓަށް މަކަރު ހަދައިފި

އދ. ދިއްދޫ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ރައްޔުތުންގެ ބައްދަލުވުމެއް: އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓު ވަނީ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށްފައި -- ފޮޓޯ ދިއްދޫ ކައުންސިލް

އދ. ދިއްދޫ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ރައްޔުތުންގެ ބައްދަލުވުމެއް: އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓު ވަނީ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށްފައި -- ފޮޓޯ ދިއްދޫ ކައުންސިލް

އދ. ދިއްދޫ ކައުންސިލްގެ އައިޓީ އެންޑް ފައިނޭންސަލް ކޮންސާލްޓެންޓް، އެ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށް، އޮޑިޓަށް އޮޅުވާލަން މަަސައްކަތް ކޮށްފައިވާ ކަމަށް، އޮޑިޓަ ޖެނެރަލް އޮފީހުން އިއްޔެ އާންމު ކުރި ދިއްދޫ ކައުންސިލް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އައިޓީ އެންޑް ފައިނޭންސަލް ކޮންސާލްޓެންޓާއި ގުޅޭ އޮޅުވާލުން

ދިއްދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވަޒީފާގެ އެއްބަސްވުމެއް ނެތި ދިއްދޫ ކައުންސިލުން ފައިސާ ދެމުން ގެންގޮސްފައިވާ އައިޓީ އެންޑް ފައިނޭންސަލް ކޮންސާލްޓެންޓަކީ، އެ ކައުންސިލް އިދާރާގެ ސެކެޓްރީ ޖެނެރަލް އާ މަސްލަހަތު ފުށުއަރާ ފަރާތެކެވެ. އަދަދަށް އެގިފައިވާ ގޮތުގައި ދިއްދޫ ކައުންސިލުން އައިޓީ އަދި ފައިނޭންސަލް ކޮންސާލްޓެންޓެއް ވަކި ވަކިން ހޯދުމަށް އިއުލާނު ކުރުމަށްފަހު، އެ ދެ މަގާމަށް ކުރިމަތިލި ހަމައެކަނި ފަރާތަށް، އެންޓިކޮރަޕްޝަން ކޮމިޝަނަންގެ ލަފައާ ހިލާފަށް، އެ ދެ މަގާމު އެއްކޮށްލުމަށްފަހު ވަޒީފާ ދީފައިވަނީ، ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ ފިރިމީހާ އަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އައިޓީ އެންޑް ފައިނޭންސަލް ކޮންސާލްޓެންޓަކަށް ނަގާފައިވާ މީހާ، ވަގުތީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތުގެ އެއްބަސްވުމެއް ނެތި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދިއްދޫ ކައުންސިލުގައި މަސައްކަތް ކުރަމުން ގޮސްފައި ވަނީ މަހަކު 21،000ރ. ގެ އުޖޫރަ އަކަށެވެ. އެއީ އައިޓީ ކޮންސާލްޓެންޓުގެ އަގަށް މަހަކު 12،000ރ. އާއި ފައިނޭންސަލް ކޮންސާލްޓެންޓްގެ އަގަށް މަހަކު 9،000ރ. އެވެ.

Advertisement

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އައިޓީ އެންޑް ފައިނޭންސަލް ކޮންސާލްޓެންޓު ވަނީ ދިއްދޫ ކައުންސިލްގެ 5،500ރ. އަމިއްލަ އެކައުންޓަށް ޖާމާކުރި ކަމަށް އެއްބަސްވެ، އަދި އެ ފައިސާ އަނބުރާ ކައުންސިލްގެ އެކައުންޓަަށް ޖަމާކުރިކަން ދެއްކުމަށް، ބޭންކް އެކައުންޓް ފޯޖުކޮށް، އޮޑިޓަށް ހުށައަޅައިފަ އެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކަން ޔަގީންވެފައިވަނީ، ދިއްދޫ ކައުންސިލްގެ ބޭންކް ސްޓޭޓް މެންޓް އޮޑިޓް އޮފީހުން ބެންކް މެދުވެރިކޮށް ހޯދައި ބެލުމުންނެވެ.

ދިއްދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދިއްދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ސިވިލް ސާވިސްގެ ހުއްދަ ނެތި މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހުކޮޅުން ފެށިގެން މަސައްކަތް ކުރަމުން ދަނީ ރިމޯޓްކޮށް އދ. އަތޮޅު ކައުންސިލް އިދާރާގަ އެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސެކެޓްރީ ޖެނެރަލްގެ ޒިންމާ އަކި ރިމޯޓްކޮށް އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމަކަށް ނުވާއިރު، އޭނާގެ ހާޒިރީގެ ކަންތައް ވެސް ރަނގަޅަށް ބަލަހައްޓައިފައެއް ނުވެ އެވެ.

ސެކެޓްރީ ޖެނެރަލް އާ ގުޅޭ އިތުރު މައްސްލައެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ވަކިފަރާތަކަަށް މަންފާއެއް ލިބޭ ގޮތަށް، ކައުންސިލުން 5،500ރ. އަށް ގެއެއް ކުއްޔަށްހިފައި، އެ ގެ މަހަކު އެއްހާސް ރުފިޔާ އަށް ސެކެޓްރީ ޖެނެރަލް ހުރުމަށް ދީފައިވުމެވެ. މިކަމުގެ ސަބަބުން، 20 މަސް ދުވަހުން 90،000ރ، ކައުންސިލަށް ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ލޯކަލް ކައުންސިލް ތަކުގެ 2022 ވަނަ އަހަރުގެ ޕާފޯމިން އިންޑެކްސް އިން، އދ. އަތޮޅުން ދެވަނަ ރަށު ކައުންސިލަކަށް ދިއްދޫ ކައުންސިލް ހޮވިފައިވެ އެވެ. ނަމަވެސް އެކައުންސިލްގެ އޮޑިޓްގައި މާލީ ބަޔާންތައް ހުށަނޭޅުމުގެ މައްސަލަ އާއި ބިޑު ކޮމެޓީއެއް ނެތުމާއި އިވެލުއޭޓްނުކޮށް މަސައްކަތް ހަވާލުކުރުމާއި ހިސާބު ބެލެހެއްޓުމާއި ފައިސާ އާ ގުޅޭ މައްސަލަތައް ހުރިކަން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox