ހުލާސާކޮށް އިއްޔެ: ސައީދުއަށް ފައްޔާޒުގެ ރައްދެއް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ދިވެހި ގައުމުގެ މާލީ ހާލަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވަރުގަދަ ރައްދެއް ދެއްވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސައީދު ކުރެއްވި ޕޯސްޓު ރީޕޯސްޓު ކުރައްވައި މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އޭނާ ވެސް އެދޭ ކަމަށެވެ. ނަމަވެސް, އެކަން ކުރުމުގެ ގާބިލުކަމެއް އަދި ތަސައްވުރެއް ވެސް ސައިދޫ އާއި ސަރުކާރުގެ ފަރާތުން ވެސް ނުފެންނަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ރައްޔިތުން ވެރިކަން ހަވާލު ކުރީ ތިޔަ ވިދާޅުވާ "އެމްޑީޕީން އަޑި އަޅުވައިލި އިގުތިސާދު" ހަމައަކަށް އަޅުވާނެ ކަމަށް ކެމްޕޭނު ތެރޭގައި ވީ ވައުދާއި ދެއްކި ވާހަކަތައް ގަބޫލު ކޮށްގެން، އެއްވެސް ހާލެއްގައި ވެރިކަމަށް ނުވަ މަސް ފާއިތުވެގެން ދާއިރު ކުރީ ސަރުކާރު ކުށްވެރިމ ކުރުމުގައި، އަދި، ފަސް އަހަރުގެ ދައުރު ނިމިގެން ދާއިރުގައި ވެސް އެ ވާހަކަ ދެއްކުމުގައި ތިބޭކަށް ރައްޔިތުން ނޭދޭ. ރައްޔިތުން ބޭނުން ވަނީ ހައްލު،" ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މިހާރު ސަރުކާރުން އަމަލު ކުރަމުން ދާގޮތަށް ބަދަލެއް ނުގެނެސްފި ނަމަ، ކުރިއަށް އޮތް ތަނުގައި މި ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ވެސް އަތް ލާނެ ކަމަށާއި އަދި، ފައިސާ ވެސް ޗާޕު ކުރަންޖެހޭ ފަދަ ހާލަތަކަށް ގޮސްދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"މި ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ވެސް ބޭނުން ކުރާނެ، ތިޔަ ވިދާޅުވާ "ފައިސާ ޗާޕު" ކުރުމާ ހަމައަށް ވެސް ނުގޮސްފިއްޔާ ވަރަށް ރަނގަޅު، މިއީ ކުދި އަދި ވަގުތީ ހައްލު، އަޅުގަނޑު ތިޔަ ބޭފުޅުންނަށް އިލްތިމާސްކުރަން މިކަންކަން ކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށް މުޅި ގައުމުގެ އިގުތިސާދު ސަލާމަތް ކޮށްދެއްވުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މި ހާލަތަށް ވައްޓައިލީ އެމްޑީޕީން ކަމަށް ބުނެ ސައީދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވުމާ ގުޅިގެން އެކަން ކުށްވެރި ކުރައްވައި މިރޭ އިރާކޮޅު ފައްޔާޒު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވެފައި ވަނީ 100 އަހަރާ ނުބައްދަލު ދަރަނި ނަގައި އަޑި ނޭނގޭ ފުންމިނަށް އިގުތިސާދު ވައްޓައިލި ފަސް އަހަރުގެ މިނިސްޓަރަކު އެގޮތަށް ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

"މުޅި ނިޒާމު އެފުށް މި ފުށަށް ޖަހައި ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން، ވަކި މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ މުހިންމު،" ސައީދު ވިދާޅުވެފައިވެ އެވެ.

ސައީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގައުމުގެ އިގުތިސާދު ހަމަ މަގަަށް އެޅުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނީ ވެސް ހާހުން ނަގާފައި ތިބި ސިޔާސީ މުވައްޒަފުންނަށް ދައުލަތުން ކުރާ ބޭކާރު ހަރަދު މަދު ކޮށްގެން ކަމަށެވެ.

މި ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދު ބެލެހެއްޓުމާ ހަވާލުވެ ތިއްބެވީ މި ދެ ބޭފުޅުންނެވެ. 2013 ގައި ޔާމީންގެ ސަރުކާރުގައި ވެސް ސައީދު ހުންނެވީ އިކޮނޮމިކް މިނިސްޓަރަކަށެވެ. ޖެހިގެން އައި އެމްޑީޕީ ސަރުކާރުގައި ފައްޔާޒު އެ ދާއިރާ ބެލެހެއްޓެވިއިރު ޕީއެންސީގެ ސަރުކާރާއެކު އަނެއްކާ އެ މަގާމަށް ވަޑައިގެންނެވީ ސައީދު އެވެ.

އެ ދެ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު މި ކުރެވުނީ ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން ވަކި ކުރުމަށްފަހު، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން އެ ބޭންކުގެ ބޯޑުން ނިންމާފައި ވަނިކޮށެވެ.

ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، އެމްއެމްއޭގެ ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ނަމަވެސް ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ އެއްވެސް މުވައްޒަފަކު މިހައިތަނަށް އަދި ވަތްކެއް ނުކުރެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox