ގޯއްޗާއި ފްލެޓު ހަވާލުކުރުން ލަސްވާތީ އަނެއްކާ ވެސް މުޒާހަރާއަށް ނުކުމެއްޖެ

ގޯއްޗާއި ފުލެޓު ދިނުން އަވަސް ކުރުމަށް ގޮވާލާ މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގޯއްޗާއި ފުލެޓު ދިނުން އަވަސް ކުރުމަށް ގޮވާލާ މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާލެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދިން ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދިން ފްލެޓުތައް ހަވާލުކުރުން ލަސްވާ ކަމަށްބުނެ އެތަންތަން ލިބުނު މީހުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.

ރާޅުގަނޑު ސަރަހައްދަށް އެއްވެ މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ގޯއްޗާއި ފުލެޓު ލިބުނު އެއްވެސް މީހަކު ބާކީ ނުކޮށް، އެ އެންމެންނަށް ވެސް ގޯއްޗާއި ފްލެޓު ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް އެކަން ކުރެއްވުމަށެވެ. އަދި ގޯތި ދިނުމަށް ހިއްކަން ފަށާފައިވާ ސަރަހައްދުތައް އަވަހަށް ހިއްކާ ނިންމުމަށް ވެސް އެމީހުން ދަނީ ގޮވާލަމުންނެވެ.

ގޯއްޗާއި ފުލެޓު ލިބުނު މީހުން މުޒާހަރާއަށް ނުކުމެފައި މިވަނީ، ގޯތިތައް އަތުލުމަށް މަޖިލިސް މެންބަރުން ކުރާ މަސައްކަތް ހުއްޓުވުމަށް މުޒާހަރާއަށް ނުކުތުމަށް ގުޅީފަޅު އެސޯސިއޭޝަނުން ގޮވާލިތާ ތިން ދުވަސް ފަހުންނެވެ.

ގުޅީފަޅު އެސޯސިއޭޝަނުން އެގޮތަށް ގޮވާލީ، އޮގަސްޓު 19، ގައި އޮތް މަޖިލީހުގެ ޖަލްސާގައި ފަޅުން ގޯތި ދޭ ގާނޫނެއް ނެތް ކަމަށާއި އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފަޅުން ދީފައިވާ ގޯތިތައް އަތުލަން ޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވައިލުމާ ގުޅިގެންނެވެ. އޭނާއަކީ ސަރުކާރަށް ތާއީދުކުރާ އެމްޑީއޭގެ ނައިބު ރައީސް އެވެ.

ގޯއްޗާއި ފުލެޓު ދިނުން އަވަސް ކުރުމަށް ގޮވާލާ މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ގޯއްޗާއި ފުލެޓު ދިނުން އަވަސް ކުރުމަށް ގޮވާލާ މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގޯއްޗާއި ފުލެޓު ދިނުން އަވަސް ކުރުމަށް ގޮވާލާ މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މީގެ އިތުރުން ވެސް، ފަޅުން ގޯތި ދިން ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑާޝިޕްގެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް އެކި ތަންތަނުގައި ވިދާޅުވަމުންނެވެ. މާލެ ސަރަހައްދުން ގޯތި ދޫކުރި ގޮތަކީ މި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.

ނަމަވެސް، މި ސަރުކާރުން ވެސް ހުޅުމާލެ ހިއްކާފައި އޮތް ސަރަހައްދުން ދީފައިހުރި ގޯތިތައް ހަވާލުކުރި އެވެ. ހަވާލުކުރުން ލަސްވަނީ ހިއްކާ ނުނިމި ހުރި، ހުޅުމާލެ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅު އަދި ގިރާވަރުފަޅުން ދިން ގޯތި ތަކެވެ. އެތަންތަން ހިއްކުމުގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓުތައް ލިބުނު މީހުންގެ ލިސްޓެއް އެކުލަވާލި ނަމަވެސް، އެ ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ އެ މައްސަލަ ބަލަމުންނެވެ. ނަމަވެސް އެކަންކަން ނިންމުމަށްފަހު އޮކްޓޯބަރު ފްލެޓުތައް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިފަހުން ވަނީ ބުނެފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox