ކްލަބް މޯލްޑިވްސް އިން ފުޓްސަލް ރެފްރީންނަށް ރިފްރެޝާ ކޯހެއް

Aug 23, 2024, 5:43 AM
ފުޓްސަލް ރެފްރީސް ރީފްރެޝާ ކޯހުގެ ބައިވެރިންނާ އެކު، އިއްޔެ މި ކޯސް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެކި ފަރާތްތައް ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

ފުޓްސަލް ރެފްރީސް ރީފްރެޝާ ކޯހުގެ ބައިވެރިންނާ އެކު، އިއްޔެ މި ކޯސް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެކި ފަރާތްތައް ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

ކްލަބް މޯލްޑިވްސް އިން ރާއްޖޭގެ ފުޓްސަލް ރެފްރީންނަށް ރިފްރެޝާ ކޯހެއް ފަށައިފި އެވެ.

ގިނަ އަދަދެއްގެ ރެފްރީންނާ އެކު، ފެށި މި ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަނީ، އޭއެފްސީ އެލީޓް ފުޓްސަލް ރެފްރީ އިންސްޓްރަކްޓާ، މެލޭޝިއާގެ ބަދްރުލް ހިޝާމް އެވެ.

މި ކޯސް ފެއްޓުމަށް އިއްޔެ ހުޅުމާލޭ، މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލް ރައްޒާގު އިބްރާހިމް އެވެ. މީގެ އިތުރުން، ކްލަބް މޯލްޑިވްސްގެ ވައިސް ޗެއާމަން، އިބްރާހިމް އަޝްރަފް އާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، ރިލްވާން މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.

އިއްޔެ އިން ފެށިގެން، މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ރީފްރެޝާ ކޯހުގައި، ފުޓްސަލްގެ ގަވާއިދުތަކުގެ އެންމެ ފަހުގެ އަޕްޑޭޓާއި، މެޗު ހާލަތްތަކުގައި ރެފްރީން އަމަލުކުރާނެ ގޮތުގެ މުހިންމު މައުލޫމާުތުތައް ހިމެނޭ ސެޝަންތައް ކުރިއަށްގެންދާނެ އެވެ.

ރެފްރީސް ރިފްރެޝާ ކޯހުގެ އިންސްޓްރަކްޓަރު، ބަދްރުލް، ކޯހުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ބޮޑު ފުޓްސަލް މުބާރާތް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އިން މި އަހަރުގެ މުބާރާތްތައް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ގޮތުން، އަންނަ މަހު އެއް ވަނަ ދުވަހު ކުޅޭނީ ކިންގްސް ކަޕް އެވެ. އެއީ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި ރިސޯޓް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޯލި ބީން މެދުގައި ކުޅެން ނިންމާފައިވާ މެޗެކެވެ.

އޭގެ ފަހުން، ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ ފަށާނެ އެވެ. ކްލަބް މޯލްޑިވްސް ކަޕް އޮންނާނީ، ފުރަތަމަ ދެ މުބާރާތް ނިމުމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، ފާއިތުވި ތިން އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ކްލަބް މޯލްޑިވްސް މުބާރާތްތަކުގެ މި ފަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ، "އަދަދު ސްޕޯޓްސް" އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox